ދަމުނަމާދަށް ރައްކައުތެރިވުމުން ކުރާނެ ފައިދާތައް ވަރަށް ގިނަ-

ކިޔުމަށް ހޭދަވާނީ 6މ 26ސ
ދަމުނަމާދަށް ރައްކައުތެރިވުމުން ކުރާނެ ފައިދާތައް ވަރަށް ގިނަ-

ޢާއިޝަތު ރަފާޙް ޢަލީ

 

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.  

«عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأَبُ الصَّالِحِينَ قَبْلَكُمْ وَقُرْبَةٌ إِلَى اللَّهِ تعالى وَمَنْهَاةٌ عَنْ الْإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ لِلدَّاءِ عَنْ الْجَسَدِ »

މާނައީ : "ތިޔަބައިމީހުން ރޭއަޅުކަންކުރާށެވެ. ފަހެ ހަމަކަށަވަރުން އެއީ ތިޔަބައިމީހުންގެ ކުރިން އުޅުއްވި ޞާލިޙުންގެ ގޮތެވެ. އަދި ﷲގެ ޙަޟުރަތަށް ވެވޭ ކުއްތަން ވުމެކެވެ. އަދި ހުތުރު ކަންތައްތަކާ ދުރުހެލިކުރުވާ ކަމެކެވެ. އަދި ފާފަތަކުގެ ކައްފާރާއެކެވެ. ހަށިގަނޑަށް ދިމާވާ ބަލިތައް ދުރުކޮށްދޭ ކަމެކެވެ." 

ދަމުނަމާދަކީ ވަރަށް ޘަވާބުހުރި ޢަމަލެކެވެ. ދެރަކްޢަތުން ދެރަކްޢަތުން ސަލާމް ދެމުންކުރާ ނަމާދެކެވެ.  

ﷲ ތަޢާލާ ޛާރިޔާތު ސޫރަތުގެ 15 ވަނަ އާޔަތުން 18 ވަނަ އާޔަތައް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَعُيُونٍ ﴿١٥﴾‏ ءَاخِذِينَ مَآ ءَاتَىٰهُمْ رَبُّهُمْ إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُحْسِنِينَ ﴿١٦﴾‏كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ ﴿١٧﴾‏ وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿١٨﴾‏

މާނައީ: "ހަމަކަށަވަރުން، تقوى ވެރިންވަނީ، ސުވަރުގެތަކާއި، ފެންއާރުތަކުގެ نعمة ގައެވެ. (15) އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ދެއްވި ثواب ލިބިލިބިއެވެ. ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ إحسان ތެރިން ކަމުގައެވެ. (16) އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. (17) އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި دعاء ކުރެތެވެ. (18)" 

ދަމުނަމާދުގެ ވަގުތަކީ ދުޢާ އިޖާބަ ކުރައްވާ ވަގުތެކެވެ. އެހެންކަމުން އެގަޑީގައި ބޭނުންވާ ކަންކަމަށް ދުޢާ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ފާފަ ފުއްސަވާތޯ ދުޢާ ކުރަން ވާނެއެވެ. 

އެގޮތުން ދަމުނަމާދުގައި ކުރެވިދާނެ ބައެއް ދުޢާތައް މިލިޔުމުގައި ހިމަނާލާނަމެވެ. 

·      اللَّهُمَّ إِنَّكَ عَفُوٌّ كَرِيمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّي 

·      رَبَّنَآ ءَاتِنَا فِى ٱلدُّنْيَا حَسَنَةً وَفِى ٱلْـَٔاخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ  

·      رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا 

·      رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً إِنَّكَ أَنتَ ٱلْوَهَّابُ  

·      رَّبَّنَآ إِنَّنَا سَمِعْنَا مُنَادِيًا يُنَادِى لِلْإِيمَٰنِ أَنْ ءَامِنُوا۟ بِرَبِّكُمْ فَـَٔامَنَّا رَبَّنَا فَٱغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّـَٔاتِنَا وَتَوَفَّنَا مَعَ ٱلْأَبْرَارِ

 

މިއަދު އޮންލައިން