محمد بن الفضل ވިދާޅުވިއެވެ.
"އިސްލާމްދީން ނެތިދާނީ ހަތަރު ބައަކާ ހުރެއެވެ. އެއީ، ދަންނަ ކަންތަކަށް ޢަމަލުނުކުރާ މީހުންނާއި، ނުދަންނަ ކަންތަކަށް ޢަމަލުކުރާ މީހުންނާއި، ނުދަންނަ ކަންތައް ދަސްނުކުރާ މީހުންނާއި، މީސްތަކުންނަށް ޢިލްމު އުނގެނުން މަނާކުރާމީހުންނެވެ."
ކަންކަންކުރަން އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތް އެނގެއެވެ. އަދި ބަޔާންވެގެންވާކަންވެސް އެނގެއެވެ. ނަމަވެސް ޢަމަލުކުރެވޭ ހެއްޔެވެ؟ އެންމެ ކުޑަމިނުން ނަމާދުކުރެވޭހެއްޔެވެ؟ އަނބިދަރިންނަށާއި ޢާއިލާއަށް ހެޔޮކޮށް ހިތޭހެއްޔެވެ؟
ހަމައެއާއިއެކު އިސްލާމް ދީން އުނގެނެން މަސައްކަތްކުރަނީވެސް މަދުމީހެކެވެ. އެކަމަކު ތިމާއަށް ަކންކަމުގެ ޙަޤީޤަތް ނުއެނގުނަސް މީހުން ބުނާ ކަންކަން ކުރެއެވެ. އެފަދަ ކަންކަމުގެ ސަބަބުން ގިނަބައަކު ދަނީ ފާފަވެރިވަމުންނެވެ.
މިއަދު އަޅުގަނޑުމެންގެ ތެރޭގައި ތަފާތު މައްސަލަތައް އިތުރުވަމުން މިދަނީ މި 4 ބާވަތުގެ މީހުންނާއި ހުރެއެވެ. ކޮންމެ މުސްލިމަކުވެސް ގަދައަޅައި މަސައްކަތްކުރަންވީ މިއިން ބައެއްގައި ނުހިމެނުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން