ގުގުރިއާ ޣައިބަށް އީމާންވުމާބެހޭ ގޮތުން އެނެގެންޖެހޭ ވަރަށް މުހިންމު ބައެއް ޙަޤީޤަތްތައް-: ޝައިޚް މުޙައްމަދު އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 11މ 6ސ
ގުގުރިއާ ޣައިބަށް އީމާންވުމާބެހޭ ގޮތުން އެނެގެންޖެހޭ ވަރަށް މުހިންމު ބައެއް ޙަޤީޤަތްތައް-: ޝައިޚް މުޙައްމަދު އިބްރާހީމް

ސުވާލު: ގުގުރިއަކީ މަޚްލޫޤެއް ކަމަށްވޭ، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުން ތަސްބީޙަ ކިޔާކަމަށް ޤުރުއާނުގައިވޭ ރަޢުދް ސޫރަތުގައި. އެހެންވީމަ ވިދުމާ ގުޅިގެން އަންނަ އަޑަކީ ގުގުރީގެ އަޑުތޯ؟ ދެ ވިލާގަނޑު ޖެހިގެން އަންނަ އަޑުތޯ؟

ޖަވާބު: އާދެ ކީރިތި ޤުރުއާނުގައި އެ އޮތީ -- " ގުގުރިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދު ކުރުމާއިއެކުގަ އެކަލާންގެއަށް ތަސްބީޙަ ދަންނަވައެވެ." --- " އަދި މަލާއިކަތްބޭކަލުންވެސް އެކަލާންގެއަށް ބިރުފުޅުންތިބެ އެކަލާންގެއަށް ތަސްބީޙަ ދަންނަވަތެވެ." 

މިހާރު ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވާ ދެން ތިބީ ހުސް މަޚްލޫޤުން. އިންސާނުން ކުރާ ޢަމަލުތަކާއި، އިންސާނުންނަށް މިއަންނަ ސިފަތަކާ، އިންސާނުންނަށް އަންނަ ބަދަލުތަކާއި، އިންސާނުންކުރާ ޢަމަލުތަކާއި، އެ ހުރިހާ އެއްޗެއްވެސް އެއީ މަޚްލޫޤޫން. އެއޮތީ ޤުރުއާނުގައި ﷲ އަންގަވާފަ -- "އެކަލާންގެއެއީ ތިޔަބައިމީހުންވެސް ހެއްދެވި ރަސްކަލާންގެއޭ، އަދި ތިޔަބައިމީހުންގެ ޢަމަލުތައްވެސް ހެއްދެވި ރަސްކަލާންގެއޭ." އެހެންމަ ޢަމަލުތައްވެސް އެއީ މަޚްލޫޤެއް. އެހެންމަ ގުގުރިވެސް އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފިއުލުފުޅެއްގެ ނަތީޖާ އެއީ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާންގެ މަލާއިކަތް ބޭކަލުންނަށް އެ ގުގުރިއާ ބެހޭ މަލާއިކަތް ބޭކަލުންނަށް، އެއީ މީކާއީލް، ބައެއް ރިވާޢަތްތަކުގަ މީކާޢީލްއޭ އައިސްފަ އޮތީ! އަސްލު ބައެއް ޢިލްމުވެރިން ވިދާޅުވޭ ސާބިތެއް ނޫނޭ ގުގުރިޖެއްސެވުމާ ބެހޭ، މިހާރު އެ މަލާއިކާތާއަށް މި އޮންނަނީ އަލިފާނުގެ ހަންމުށި ދެއްވާފަ. އެ ހަންމުށިތަކުން ވިލާގަނޑު ލާއްވަމުން ލާއްވަމުން މި ގެންދަވަނީ ﷲ އިރާދަ ކުރެއްވި ހިސާބަކަށް ވާރޭ ވެއްސަވަން. އެ ވިލާގަނޑު ލާއްވަވަން ވިލާގަނޑުގަ ޖައްސަވާ އަޑު މި އިވެނީ. އެ ވިލާގަނޑުގަ ޖައްސަވާ އިރުގަ ނުކުންނަ އަލި އެއީ ވިދުން. އެހެންމަ އެ އަޑު ފުރަތަމަ އަންނާނީ. އަޑު އަންނާނީ ފުރަތަމަ، އެކަމަކު އަޑު އަހަރެމެންނާ ހަމައަށް މި ފޯރަނީ ފަހުން. ވިދުން މި އަންނަނީ ފުރަތަމަ. އެއީ އަލި އެންމެ ބާރަށް ދަތުރު ކުރާއެއްޗެއްކަމަށް ވާތީވެ، އަލިތާ އެންމެ ފުރަތަމަ އަންނާނީ އެހެންވީމާ. އެކަމަކު އަލި އަސްލު މި އަންނަނީ ގުގުރިއަށްފަހު. ގުގުރިއަށްފަހު އަސްލު އަންނާނީ ވިދުން. އެކަމަކު އަލި މީ އެންމެ ބާރަށް ދަތުރުކުރާ އެތިކަމުގަ ވާތީވެ، އަޑަށްވުރެ ބާރަށް އޭތި އެބައާދޭ. އެހެންވީމަ ވިދުން އެއަންނަނީ މާ ކުރިއަށް އަޑަށްވުރެ. އެ އަޑަކީ އެއީ އެ މަލާޢިކަތާ ވިލާގަނޑުގަ ހަންމުށިން ޖެއްސެވީމާ އެ އަންނަ އަޑު އެއީ. އެހެންމަ އެ އަޑަކީ އެއީ ﷲ ގެ މަޚްލޫޤެއް އެއީ. ހުރިހާ މަޚްލޫޤުން ﷲ އަށް ތަސްބީޙަ އެބަ ދަންނަވާ. 

--- " އެއްވެސް އެއްޗެއް އުޑުތަކާއި ބިމުގަ ނުވޭ ﷲ އަށް ތަސްބީޙާ ނުދަންނަވާ. އެކަމަކު ތިޔަބައިމީހުންނަށް އެތަކެތި ތަސްބީހާ ކިޔާގޮތެއް ނޭންގޭނެ." ތިޔަބައިމީހުންނަކަށް ނޭންގޭނެ އެތަކެތި ތަސްބީހާ ކިޔާގޮތެއް. ހުރިހާ އެއްޗެއް ތަސްބީހާ ދަންނަވާ ﷲ އަށް. ﷲ ގެ ހުރިހާ މަޚްލޫޤޫން. އެހެންމަ ގުގުރިވެސް ﷲ އަށް ތަސްބީޙަ ދަންނަވާ. އެއީ އަޅުގަނޑުމެން ހައިރާންވާންޖެހޭ މައްސަލައެއް ނޫން އެއީކީ. ﷲ ގެ މަޚްލޫޤެއް އެއީ، ﷲ އިރާދަކުރެއްވި ކަމެއް އެތަކެތި ކުރާނެ. އަދި އަޅުގަނޑުމެން މަރުވުމަށްފަހުގަ އަދި މާގިނަ ކަންތައްތައް އަޅުގަނޑުމެންނަށް ފެންނާނެ. އަޅުގަނޑުމެންނަށް މިހާރު ނުފެންނަ އެތައް ކަމެއް. ބިންގަނޑުވެސް އެބައާދޭ ފިއްތާލަން. ބިންގަނޑުވެސް އެހެރަ އަންނަނީ ޖެހެމުން ފިތެމުން. އެކަންތައްވެސް އެބަވޭ، ފެންނާނެ އެމަންޒަރު މަރުވީމަ.

އެހެންމަ އަޅުގަނޑުމެންނަށް ނުފެންނަ ބައިވަރު ކަންތައްތައް އެބަހިނގޭ. އެހެންމަ އެކަންތައްތައް މުސްލިމުންގެ ހައިސިއްޔަތުން  ޣައިބަށް ޢީމާންވުމުގެ ގޮތުން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ކަންތައްތައް އެހުންނަނީ. 

·  ދެން މު ސުވާލުގަ އަސްލު ބޮޑަށް ފަހަތުގަ މީނދީ ސައިންސުގެ އަނެކަތިން މި ސުވާލު ގެނެއްސަ މީނީ. ދެން އަސްލު ޙަޤީގަތުގައި މިކަހަލަ މައުލޫތަކުގައި ވާހަކަ ދައްކާއިރުގައި އަޅުގަނޑުމެން ސައިންސުގެ ބައެއް ކަންކަންއެބަހުރޭ މިގޮތަށް ހުންނަ ބައެއް ކަންކަމާއި މިސާލަކަށް ފުށުއަރާވެސް އިނގޭތޯ. އެހެންމަ ސައިންސުގެ ދުނިޔޭގަ ހިނގާ ކަންތައްތަކާއި ﷲ ތަޢާލާގެ ކާއިނާތުގަ ހިންގަވާ ކަންތައްތަކާއި މީ ތަފާތުތަކެއް އަޅުގަނޑުމެންނަށް ހުންނަކަމެއްކަމަށްވެސް ބައެއް ބޭފުޅުން ވިދާޅުވޭ. އެ މިންގަނޑުން އެކަހަލަ މައްސަލަތައް ނުބެލޭނެކަމަށް. އެގޮތަށް ބަލަންވެއްޖެކަމަށް ވެއްޖެއްޔާ މިސާލަކާށް ވަރަށް ގިނަ ދަލީލުތައް ދީނުގެ އަޅުގަނޑުމެން ނަހީކުރަންޖެހޭނެ އެހިސާބުން ވާހަކައަކީ، ސައިންސުގެ ސީދާ އަޅުގަނޑުމެންނަށް ފެންނަ އެއްޗެއް، އެއީ އަޅުގަނޑުމެންނަށް ނުފެންނަ ދުނިޔެ. ޣައިބުގެ ބައިވަރު ކަންތައްތަކެއް އެބަހުރި އަޅުގަނޑުމެންނަށް އެކަންތައްތައް ނޭންގެ. 

މިސާލަކަށް އިރު ސަޖިދަޖަހާ ވާހަކަ ދެއްތޯ އެ ޢަރުޝުގެ ދަށަށް ކޮންމެ ދުވަހަކު އޮއްސިފަ. އިރު އޮއްސޭއިރުގަ އަނެއްފަރާތަށް އަނެއްކާ އިރު އެބައަރާ ސައިންސުގެ ގޮތުން ބަލާ ކަމަށް ވެއްޖެއްޔާ.  

ނަރަކަ އެތެރެއަށް ނޭވާލީމަ ފިނި މޫސުން އަންނައައުން. ބޭރަށް ނޭވާ ލީމަ ހޫނު މޫސުން އަންނަ ވާހަކަ.

އެކަހަލަ ކަންތައްތަކުގަ ކިހިނެއްތޯ، އަސްލު މިޒަމާނުގަ އަޅުގަނޑުމެން ގިނަ ފަހަރަށް ޢަޤީދާ އަށްވުރެ ކުރިން އަޅުގަނޑުމެންނަށް ބޮޑަށް ދުނިޔަވީގޮތުން ސައިންސާ އެއްޗެހި މި ދަސްކުރަނީ. ދެން އަޤީދާ އޭގެ ފަހުގަ ގިނަފަހަރަށް މި އެނގެނީ. އެނގުނީމަ މި ވާގޮތަކީ، ބައެއް ކުދިންނަށް މިކަހަލަ ކަންކަން ވަރަށް އުނދަގޫވަނީ ވިސްނައިގަންނަން. ދެން ޙަޤީގަތުގަ މި ސައިންސުގެ ހޯދުންތަކުން ނުފެންނަ ގިނަ ކަންތައްތަކެއް ކާއިނާތުގަ ހިނދުކޮޅެއްގެތެރޭގަވެސް އެބަ ހިނގާތާ. މިސާލަކަށް ބަލާއިރުގަ ވަރަށް މީހުން ޝައްކު އުފައްދާކަމެއް މީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަރުޝްކޮޅު ހުސްވުމުގެ މައްސަލަ  އިނގޭތޯ. އެއީ ރޭގަނޑުގެ ފަހުބައިގަ، އެހެންވެއްޖެ ކަމަށްވެއްޖެއްޔާ ކޮންމެ ސަރަޙައްދަކަށްވެސް އަބަދުވެސް ދުނިޔޭގެ ކޮންމެވެސް ހިސާބަކަށް އޮންނާނީ ފަހުބައި އައިއްސަ ނޫންހެއްޔޭ. އެހެންވެއްޖެއްޔާ އަބަދުވެސް ހުސްވާނެ ނޫންހޭ؟ މީ އެއްކަލަ ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރާ މީހުން މުސްލިމުންނަށް އަސްލު ޙަޤީގަތުގައި ޢަޤީދާގައި ޝައްކު އުފެއްދުމަށްޓަކާ ބޭނުންކުރާ ބައެއް ކަހަލަ ވާހަކަތައް މީ. 

އާދެ މިހާރު ހުރިހާ ކަމަކީ އެއީ ސިކުނޑިން އަޅުގަނޑުމެންނަށް ހާސިލް ކުރެވޭނެ ކަންތައްތަކެއް ނޫން އެއީކީއެއް ދީނުގެ. އަޅުގަނޑުމެން މުސްލިމުންނަށްވެގެން މިތިބީ ހުރިހާ ކަމެއް ބުއްދީގެ ޒަރިއްޔާއަކުން ނޫނޭ ޙަސިލްކޮށްފަ މިވަނީ. މިހާރު ޢަލީގެފާނުވެސް ވިދާޅުވަނީ --- ޢަލީގެފާނު ވިދާޅުވަނީ ދީނީ ކަންތައްތައް ބުއްދިން ޙަސިލް ކުރެވޭ އެއްޗެއްކަމުގަ ވީނަމަ، ހުއްފުގެ ދަށުގަ ފެން ފުހުން މާ އަޢުލާކަން ބޮޑުވެގެން ވީހޭ މަތީގަ ފެން ފުހުމަށްވުރެން. ހަޑިވާނީ ދަށެއްނު، އެކަމު މަތީގެ ފެންފުހެން އަންގަވާފަ މިއޮތީ. ދަށް ހަޑިވާނީ. ހަމަ އެފަދައިން ވުޟޫކުރަން މިއޮތީ އަންގަވާފަ. ވުޟޫ ގެއްލެނީ މި އެހެން ތަނަކުން އެއްޗެއް ނިކުތީމަ. އެތަނެއް ނޫން ދޮންނާކަށް މިއޮތީ އަންގަވާފައެއް. އެހެން ގުނަވަންތަކެއް މި ދޮންނަނީ. ބުއްދިއަކުން ނުވިސްނޭނެ އެ އެއްޗިއްސެއް. އެހެންވީމާ ބައެއް ކަންތައްތަކެއް އަޅުގަނޑުމެންނަކަށް ބުއްދިއަކުން ނުވިސްނޭނެ. އަނެއްބައި ކަންތައްތައް ދެން އިންސާނުންނަށް ﷲ ދެއްވަފައިވާ ޢިލްމުގެ ޒަރިއްޔާއިން އެމީހުން އެ ހޯދީމާ ބައެއް ކަންތައްތައް ދިމާވެސްވޭ. އަދި ބައެއް ކަންތައްތައް މިހާރު ޣައިބަށް، ހުރިހާ ކަމެއް އެމީހުން ކުރާ ދިރާސާތަކުން ހޯދޭ ކަމުގައި ވަންޏާ ދެން އެމީހުން ޢީމާން ނުވާން އެތިބެނީ ކީއްވެ. ހުރިހާކަމެއް އެމީހުންގެ ބުއްދީން ޙާޞިލްވާ އެއްޗެއްކަމުގައި ވެއްޖެއްޔާ ޣައިބު އެއީ ކޯއްޗެއް ދެން. ޣައިބަށް ޢީމާންވުން ލައްވާފަ މިއޮތީ ކީއްވެގެން. 

އެހެންވީމާ ހުރިހާ ކަމެއް ދިރާސާއަކުން ނޭންގޭނެ. ހުރިހާއެއްޗެއް ނޭންގޭނެ. އަޅުގަނޑުމެން މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ ބައެއް އެބައާދޭ ދީނުގެ، އެއީ ޣައިބުގެ ބައި. ޣައިބަށް ޢީމާން ވުމުގެ ބައި. އެބައި އަޅުގަނޑުމެން ޢީމާން ނުވެ ޢީމާންކަމެއް އަޅުގަނޑުމެންނަށް ފުރިހަމައެއް ނުވާނެ. އެހެންވީމާ އެކަންތައްތައް އަޅުގަނޑުމެން މުސްލިމުންނަށް ވީތީވެ އަޅުގަނޑުމެން ޤަބޫލު ކުރަންޖެހެނީ. އެ އަޅުގަނޑުމެން  މުސްލިމުންނަށް ވީމަ އަޅުގަނޑުމެން ބުނަންޖެހެނީ (އަރަބި) " އަހަރެމެން އަޑު އަހައިފީމޭ، ކިޔަމަން ގަންފީމެވެ." މިހާރު އެއީ މުސްލިމުންނަށް އޮތް އެއްޗަކީ. ﷲ ޚަބަރެއް ދެއްވައިފިއްޔާ އޭތި އަހަރެމެން ޤަބޫލުކުރަންޖެހޭނީ ކޮންމެގޮތެއްވިޔަސް މުސްލިމެއްގެ ހައިސިއްޔަތުން. އެ އަޅުގަނޑުމެން ނުޖެހޭ ސައިންސީ ދިރާސާއަކަށް ބަލާކަށް ނުޖެހޭ އަޅުގަނޑުމެންނެއް، އެ ދިމާވޭތޯ ދިމާ ނުވޭތޯއެއް. އޭގެ ހިކުމަތެއް އޮތްތޯވެސް ބަލާކަށް ނުޖެހޭ. ދެން ހިކުމަތެއް ބަޔާން ކޮށްދެއްވާފަ އޮވެއްޖެއްޔާ މައްސަލައެއް ނެތް  އެޔަކާ ބެހޭގޮތުން ވާހަކަދައްކަން މައްސަލައެއް ނެތް. އެކަމަކު ދެން ހިކުމަތެއް ބަޔާން ކޮށްދެއްވާފަ ނުވާކަމެއްގަ ކޮންމެހެން ހިކުމަތް ހޯދާކަށްވެސް ނުޖެހޭ އަޅުގަނޑުމެންނަކަށް. އަދި އެކަމުގެ މައްޗަކަށް ހިސާބެއް ނުބެއްލެވޭނެ އަޅުގަނޑުމެންނެއް. އެހެންމަ އަޅުގަނޑުމެންނަށް ހިސާބު ބެއްލެވޭނީ އަޅުގަނޑުމެންނަށް ތަކުލީފު ޖައްސަވާފައިވާ މިންވަރަކުން. 

އެ ޣައިބުގެ ކަންތައްތައް މިހާރު ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ކަންތައްތަކެއް، ﷲ ސުބުޙާނަހޫ ވަތޢާލާގެ އެއްވެސް ކަމެއް އަޅުގަނޑުމެންގެ ކަންތައްތަކުގެ މައްޗަކަށް ޤިޔާޞް އެއް ނުކުރެވޭނެ. އެއީ ޚާލިޤު، މީ މަޚުލޫޤުން މީ. އެހެންމަ އެކަލާންގެ، މިސާލަކަށް ކުރިން ތި ދެންނެވިފަދައިން  ޢަރުޝު އުސްވާ މައްސަލަ. އެއީ ޚާލިޤު އެއީ. މިހާރު އަހަރެމެން ތަނަކަށް ގޮސްފިއްޔަ އެ ތަނެއް، މިހާރު މި ގޮނޑީގަ އިނދެފަ އަޅުގަނޑު ތެދުވެގެން އަޅުގަނޑު އެހެން ތަނަކަށް ގޮއްސިއްޔާ މި ގޮނޑި ހުސްވެފަ އިންނާނީ. އެއީ އަޅުގަނޑުގެ ހުރި ސިފައަކީ، އަޅުގަނޑުގެ ލައްވާފަ ހުރި ސިފައެކޭ އެއީ. އެއީ ޚާލިޤު އެއީ، އެކަލާންގެ މަލާއިކަތް ބޭކަލުންނަށްވެސް ދެއްވާފަ އެބަވޭ އަޅުގަނޑުމެންނަށް ނުވިސްނޭ ކަންތައްތަކުގެ ބާރު. މިސާލަކަށް މަލަކުލް މައުތު، އެއްވަގުތެއްގައި ކިތައް ތަނުން ކިތައް މީހުންގެ މަރު ހިއްޕަވާނެ، އެއްވަގުތެއްގައި؟ މިހާރު މިސާލަކަށް އަޅުގަނޑުމެންގެ ޢަމަލުތައް، އެ މަލަކުލް މައުތުގެ އެ ޢަމަލުތައް އަޅުގަނޑުމެންގެ ޢަމަލުތަކުގެ މައްޗަށް ޤިޔާޞް ކޮށްފިކަމުގައި ވެއްޖެއްޔާ އެއްތަނަކު ހުރެވޭނީ އެއްވަގުތެއްގައި. ދެތަނަކު ތިންތަނަކު ނުހުރެވޭނެ. އިންސާނަކަށް ނުހުރެވޭނެ ހަމަ ގައިމުވެސް. އިންސާނަކަށް ނުހުރެވޭނެ އެއްވަގުތެއްގައި ތިންހަތަރު ތަނަކު. އެއީ އަޅުގަނޑުމެންގެ ކަންތައް އެއީ، މިހާރު މަލާއިކަތް ބޭކަލުންނަށްވެސް ﷲ އެބަރު ދެއްވާފަ އޮތް އިރުގަ އެއީ އަދި އެ މަލާއިކަތްބޭކަލުންގެވެސް ޚާލިޤު. އެފަރާތުގެ ޒާތުފުޅާ ބެހޭގޮތުން އެފަރާތުން ދެއްވާފައިއެވާ ޚަބަރު އަޅުގަނޑުމެން ކޮންމެހެން ޤިޔާޞް ކުރާކަށް ނުޖެހޭ އަޅުގަނޑުމެންގެ ޢަމަލުތަކުގެ މައްޗަކަށް، އެއްގޮތަކަށްވެސް. މިހާރު އެކަލާންގެ ދެއްވާފައިވާ ޚަބަރު އެއީ ތެދު ޚަބަރު، އެއީ އެކަލާންގެ ދެނެވޮޑިގެންވާނީ އެންމެ ރަނގަޅަށް.

މިހާރު އިރު ކޮންމެ ދުވަހަކުވެސް ޢަރުޝުގެ ދަށަށް ސަޖިދަކުރާ ވާހަކަ. އަނެއްކާ އެ ހުއްދައަށް އެދެނީ އަނެއް ދުވަހު އެރުމުގެ ހުއްދައަށް. ހުއްދަ ދެއްވީމަ އެއަރަނީ، އެއީ ހަމަ ތެދެއް. އެކަން ހަމަ އެގޮތަށް އެވާނީ. އެ އަހަރެމެންނަކަށް ކޮނަމެހެން އެނގޭކަށް ނުޖެހޭ ވަޤުތުތައް، ކިހާ ވަޤުތެއް ދާނެހެއްޔޭ އަނެއްކާ އެކަމަށް، އަނެއްކާ އަރަން. އެ އެއްޗިހިތައް އަޅުގަނޑުމެން ވިސްނާކަށް ނުޖެހޭ. މިހާރު ލައިލަތުލް ޤަދްރި ވިލޭރޭވެސް، އެއް ރެއެއް އެއީ، އެކަމަކު ކިތައް ތަނަށް އެރޭ އަންނާނެ؟ ކިތައްތަނަށް އަންނާނެ އެރޭ. އެހެންވީމާ އެގޮތުންވެސް ތިން ހަތަރުރޭ ދާނެތާ ކޮންމެ ގޮތެއް ވިޔަސް އެ ތަފާތު ރޭތައް ތަފާތުވާ ޤައުމުތަކުގަ. މިސާލަކަށް މިތަނަށް ރޭގަނޑު އޮންނަ ޤައުމުތަކުގަ، އަނެއް ޤައުމުތަކުގަ އެބައޮވޭ ދުވާލު ހެނދުނު. އެތަނުގެ ލައިކަތުލް ޤަދްރި ވިލޭރޭ ކިހިނެއް ހަދާނީ. އެކަމަކު އެއް ރެއެއް އެއީ. އެ އަޅުގަނޑުމެންގެ ނިސްބަތުން އެ އުނިކަން ހުރީ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެއީ އެއްވެސް އުނިކަމެއް ނިސްބަތް ނުވާ ފަރާތް އެއީ. އެހެންމަ އެކަލާންގެ ޒާތުފުޅަށް އެކަލާންގެ ސާބިތު ކުރައްވާފައިވާ އެއްވެސް ކަމެއް، އެ ކަމަކަށް އަޅުގަނޑުމެން ޤިޔާޞް ކުރާކަށް ނުޖެހޭނެ. އޭރަށް މަގުފުރެދިގެން ދާނެ މީހާ، ޝައްކެއްވެސް ނެތް. އެ އެއްޗެއް ނުވެސް ވިސްނޭނެ. 

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޒްރަތުގައި މި ވަޤީތަކީވެސް މީ އަޅުގަނޑުމެންގެ ނިސްބަތުން އަޅުގަނޑުމެން މި ބަލާ ވަގުތާވެސް ތަފާތު، އެހެންވީމާވެސް ބައިވަރު ކަންތައްތައް ބަދަލުވާނެ ނޫންތޯ. މިހާރު އަހަރެމެންގެ ތެރޭގެ 1000 އަހަރު ކަންނޭންގެ ﷲ ގެ ޙަޒްރަތުގައި 1 ދުވަސް ކަންނޭންގެ، 1 އަހަރު ކަންނޭންގެ އެއީ. އެހެންމަ ވަގުތުވެސް ތަފާތު. އެ އެއްޗެއްސާ ބޯގާނަން ހަދައިގެން މީހާގެ ބޯގޮވުން ނޫން ކަމެއް  ނުވާނެ. އަޅުގަނޑުމެންނަށް ވިސްނުން ދެއްވާފަ ހުރި މިންވަރަކުން ވިސްނާނީ. ޢިލްމު ދެއްވާފަ ހުރި ވަރަކުން މަސެއްކަތް ކުރާނީ. އެއަށް ތަބާވާނީވެސް އަޅުގަނޑުމެން.

 

- ޝައިޚް މުޙައްމަދު އިބްރާހީމް

 

 

މިއަދު އޮންލައިން