ސިޙުރު ވަޤުތުންވެސް ޖެހިދާނެ! އެތައް އަހަރެއް ފަހުންވެސް ޖެހިދާނެ! އޮތީ ޛިކުރުތައް ކިޔައި ރައްކާތެރިވެގެން ތިބުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ސިޙުރު ވަޤުތުންވެސް ޖެހިދާނެ! އެތައް އަހަރެއް ފަހުންވެސް ޖެހިދާނެ! އޮތީ ޛިކުރުތައް ކިޔައި ރައްކާތެރިވެގެން ތިބުން!

ޒުވާން ޢުމުރުގައި ލޯބިވެރިޔާ ޙާޞިލުކުރަން ހަދާސިޙުރުގެ އަސަރު ނުކޮށް އެތައް އަހަރެއްވެފައި އޭނާގެ ޢުމުރުގެ ފަހުކޮޅު އުނދަގޫތައް އެބަކުރިމަތިވެއެވެ. އަދި އެމީހަކު ދެކެ ލޯބިވުމުގެ ބަދަލުގައި ނަފްސާނީ އުނދަގޫތައްވެސް އެބަކުރިމަތިވެއެވެ. 

އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއަކަށް އުޅެނީ މިފަދަ ކަމެއް ކުރިމަތިވެގެންނެވެ. އޭނާއަށްވާ ގޮތަކީ ދެވޭ ނުދެވޭ ތަނެއް ނުއެނގި ގެއިން ބޭރުގައި ހިނގެނީއެވެ. އެހެންވެ މިހާރު ގެންދަނީ ރުޤްޔާކުރަމުންނެވެ. އަޅުގަނޑުގެ ސުވާލަކީ އެތައް އަހަރެއް ފަހުންވެސް ސިޙުރުގެ އުނދަގޫކޮށްފާނެތޯއެވެ؟ 

ކިޔުންތެރިޔާ ކުރައްވާފައިވާ ސުވާލުގެ ޖަވާބުގައި ދަންނަވަންއޮތީ: 

ބައެއް ފަހަރު އެގޮތަށް ވެފައިވެސް އެބަހުއްޓެވެ. ލަސްވެފައިވެސް އެބަހުއްޓެވެ. ނަމަވެސް ﷲ ގެ އިޒުނައާލައިގެން މެނުވީ އެއަކުން ގެއްލުމެއްވެސް ފައިދާއެއްވެސް ނުވާނެއެވެ. ވީމާ، އެއިން ރައްކާތެރި ވުމަށްޓަކައި ހެނދުނާއި ހަވީރުގެ ޛިކުރުތަކަށް ފަރުވާތެރި ވާންވާނެއެވެ. މީގެ އިތުރުން ބަރާބަރަށް ނަމާދު ކުރުމާއި، ޙަރާމް ކުރެއްވި އެންމެހާ ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ.  

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން