ކައިވެނިކުރަން އެންމެ ރަނގަޅު ޢުމުރަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކައިވެނިކުރަން އެންމެ ރަނގަޅު ޢުމުރަކީ ކޮބާ؟

ކައިވެނިކުރަން އެންމެ ރަނގަޅު ޢުމުރަކާއި ބެހޭ ގޮތުން ގިނަ ބައަކު ސުވާލުކުރެއެވެ. އަހުރެންގެ ޖަވާބަކީ ކައިވެނިކުރަން އެންމެ ރަނގަޅު ޢުމުރު ކަމަށް ބުނެވޭނެ ޢުމުރެއް ނެތެވެ. 

މިޘާލެއް ބުނެލާނަމެވެ. ޢުމުރުން 20 އަހަރުގައި ކުރާ ކައިވެނި 4 އަހަރުފަހުން އެބަ ރޫޅެއެވެ. ޢުމުރުން 04 އަހަރާއި ގާތްކޮށް ކުރާ ކައިވެނި 2 އަހަރުން އެބަ ރޫޅެއެވެ. އެހެންކަމަށްވާއިރު ކައިވެނިކުރަން އެންމެ ރަނގަޅު ޢުމުރެއް ކަމަށް ބުނެވެން އޮތީ ކޮން ޢުމުރެއް ހެއްޔެވެ؟ 

އަހުރެންގެ ވިސްނުމުގައި ކައިވެނިކުރަން އެންމެ ރަނގަޅު ވަޤުތަކީ ހެޔޮލަފާ ބައިވެރިއަކު ލިބޭ ވަޤުތެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ، ދީނަށް ޢަމަލުކުރާ ބައިވެރިއަކު ލިބޭ ވަޤުތަށްވުރެ ރަނގަޅު ވަޤުތެއް ނެތެވެ. 

މިހެން ބުނުމުން ކުރިމަތިކުރުވާނެ ސުވާލަކީ އެއިރުން ކައިވެނި ނުރޫޅޭނެ ހެއްޔެވެ؟ ޖަވާބަކީ އެއިރުންވެސް ކައިވެނި ރޫޅިދާނެއެވެ. ނަމަވެސް ތިބާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅަށް ޢަމަލުކުރިކަން އޮންނާނެއެވެ. އެއީ ކައިވެނި ރޫޅުނަސް ތިބާ ނިކަމެތި ނުކުރައްވަވާނެ ސަބަބެކެވެ. 

އަހުރެން ބުނާނީ ތިބާގެ ހަށިގަނޑާއި ދިރިއުޅުން ކައިވެނިކުރަން ތައްޔާރުވެފައިވަނިކޮށް ހެޔޮލަފާ މީހަކާއި ކައިވެނިކުރަން ލިބޭ ފުރުޞަތުގެ ބޭނުން ހިފާށެވެ! ހަމަޤައިމުވެސް އެއިރުން ތިބާގެ ޢިއްފަތްތެރިކަން ސަލާމަތްކުރެވޭނެއެވެ. ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާ އަޅަކަށްވެވުމަށްވުރެ މަތިވެރި ނިޢުމަތަކީ ކޮބައިހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން