ޖިންނިފެނުމާއިމެދު އެނގެންޖެހޭ މުހިންމު ބައެއް މަޢްލޫމާތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޖިންނިފެނުމާއިމެދު އެނގެންޖެހޭ މުހިންމު ބައެއް މަޢްލޫމާތު-

އަޅުގަނޑު ދިރިއުޅެނީ ރަށެއްގައެވެ. ފާއިތުވި 2 ހަފްތާގައިވެސް ޖިންނިއެއް ނުވަތަ ކޮންމެވެސް ބާވަތެއްގެ ރޫޙާނީ އެއްޗެއް ގޯތި ތެރެއިން އަޅުގަނޑަށް ވަނީ ފެނިފައެވެ. ޖިންނި ފެންނާނީ ސިޙުރަކުންތޯ؟  

ޖިންނިއަކީވެސް ހަމަ ދުނިޔޭގައި އުޅޭ އެއްޗެކެވެ. ކޮންމެ މީހަކަށްވެސް ފެނިދާނެއެވެ. ސިޙުރަކުން ނޫނަސް ފެނިދާނެއެވެ. އަދި ސިޙުރަކުންވެސް ފެނިދާނެއެވެ. ޔަޤީންކޮށްލައްވަން ބޭނުންފުޅުވާނަމަ އިތުބާރުކުރެވޭ ޝަރުޢީ ރުޤްޔާކުރާ މީހަކު ލައްވައި ރުޤްޔާކޮށްލެއްވުން ރަނގަޅުވާނެއެވެ.  

ތިރީގައިވާ ލިޔުމުން އިތުރު ބައެއް މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ  

އިތުރު ބައެއް މަޢްލޫމާތު:  

ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ޖިންނިއެއް ކޮންމެ ސިފައެއްގައިވެސް ފެނިދާނެ ކަމަށެވެ. އެއީ ސިފަ ބަދަލުކުރުމުގެ ބާރު އެއްޗެއްސަށް ލިބިގެންވާތީއެވެ. ނަމަވެސް ފެނުމަށްފަހު ސިފަ ބަދަލުކުރެވޭނީ ކޮންމެވެސް ތަނަކާއި ނިވާވުމަސްފަހުގައި ކަމަށެވެ.  

ޖިންނިއެއް ފެނުމަކީ އެކަމަށް ބިރުނުގަންނަހައި ހިނދަކު އެއްވެސް މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ބިރުގަތުމުންނެވެ. އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ ނުވަތަ ޝައްކުވީނަމަވެސް ޤުރްއާން ކިޔަވާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަންނަން މަސައްކަތްކުރާށެވެ!  

ޖިންނި އަކީވެސް ހަމަ އަހަރެމެން ފަދައިން އުޅޭ އެއްޗެކެވެ. ވީމާ ﷲ ދައްކަވަން އިރާދަ ކުރައްވަވައިފި އަޅަކަށް ދައްކަވާނެތެވެ. އެންމެ ބޮޑަށް ސަމާލުކަން ދޭންވީ އެއްކަމަކީ މަގުމަތިންދާއިރުވެސް އަތްވީއްލައި އެއްޗެތި ނުއުކުމަށެވެ. އެއްޗެއް އެއްލަން ޖެހިއްޖެ ޙާލަތުގައިވެސް އަދި އެންމެ ކުޑަމިނުން ކުޅެއް ޖަހަން ޖެހުނު ނަމަވެސް އަޢޫޛް ކިޔައި ރައްކައުތެރިކަން ލިބިގަންނާށެވެ.  

އެއްލައިލެވޭ އެއްޗަކުން ޖިންނިއެއްގެ ގައިގައި ޖެހިއްޖެނަމަ ބަދަލުހިފައެވެ. ބޮޑެތި މުޞީބާތްތައް ކުރިމަތިކުރުވައެވެ. ވީމާ ރައްކައުތެރިކަން ލިބިގަންނާށެވެ!

މިއަދު އޮންލައިން