ބައިވެރިޔާއާ ވަކިވާން ބޭނުންވުމުން ތިމާގެ ކުށް ފޮރުވަން ބޭނުންވާތީ ކޯޓަށްނުގޮސް ބައިވެރިޔާއަށް ކޯޓަށްދާން މަޖުބޫރުކުރުވަން އެއްދާން ނުކުރާނަމަ އެމީހަކަށް އެހުރެވެނީ މަތިމައްޗަށް ފާފަކުރުންމަތީގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ބައިވެރިޔާއާ ވަކިވާން ބޭނުންވުމުން ތިމާގެ ކުށް ފޮރުވަން ބޭނުންވާތީ ކޯޓަށްނުގޮސް ބައިވެރިޔާއަށް ކޯޓަށްދާން މަޖުބޫރުކުރުވަން އެއްދާން ނުކުރާނަމަ އެމީހަކަށް އެހުރެވެނީ މަތިމައްޗަށް ފާފަކުރުންމަތީގަ!

ބައެއް މީހުން ކައިވެނިކުރަނީ އަމިއްލަ މަޤްޞަދެއް ޙާޞިލުކުރުމަށެވެ. އެކަންކަން ޙާޞިލުވުމުން އެކުގައި ދިރިއުޅޭކަށް ބޭނުމެއް ނުވެއެވެ. އަދި ކޯޓަށް ގޮސް ވަރިކުރާކަށްވެސް ނުވަތަ ވަރިވާކަށްވެސް ބޭނުމެއް ނުވެއެވެ. އެއީ ކައިވެނި ރޫޅުނީ ތިމާގެ ސަބަބުންކަން އެހެން މީހުންނަށް އަންގަން ބޭނުންނުވާތީއެވެ.  

އެޙާލަތުގައި ކޯޓަށް ގޮސް ކައިވެނި ރޫޅާލުވަން އަނެކާއަށް މަޖުބޫރުކުރުކުރުވުމުގެ ގޮތުން އެއްދާންކުރުން އެބަހުއްޓާލައެވެ. އަނެކަކު ރޮއި އާދޭސްކުރިޔަސް ގުޅުން ހިންގަން ދެކޮޅު ހަދައެވެ. އެއީ ކުރިން މިބުނި ފަދައިން ކޯޓަށް ގޮސް ކައިވެނި ރޫޅުވައިލަން މަޖުބޫރުކުރުވުމުގެ ގޮތުންނެވެ.  

މިފަދައިން ޢަމަލުކުރާ ކޮންމެ މީހަކު ދަންނާށެވެ! އެއީ އަންހެނަކަށްވީނަމަވެސް އަދި ފިރިހެނަކަށްވީނަމަވެސް ވިސްނާށެވެ! އަނެކާގެ ބޭނުންތައް ފުއްދައިދީ އޭނާގެ ޙައްޤު އަދާކުރަންދެން އެހުރެވެނީ އޭނާއަށް އަނިޔާވެރިވުންމަތީއެވެ. މަލާއިކަތުން ގެންދަވާނީ އެކަން އެމީހެއްގެ ފަތުގައި ލިޔުއްވަވަމުންނެވެ. އެކަމަށް ﷲ ތަޢާލާ ދެއްވަވާނެ ޢަޛާބަށް ވިސްނައިލުން ހުއްޓެވެ.  

މީސްތަކުންނޭވެ! އަނިޔާއަކަށްވާނެ ކިތަންމެ ބޮޑުކަމެއްވިޔަސް އަދި ކުޑަ ކަމެއް ވިޔަސް ކޮށްފި މީހަކު އެކަމުގެ ރަހަ ދެކޭނެތެވެ. ގިނަ މީހުންނަށް ދުނިޔޭގައިވެސް އެކަން ދައްކަވަތެވެ. ތަނަވަސް މީހުން ނިކަމެތިކުރައްވަވަތެވެ. މަތީ މަޤާމުތަކުގައި ތިބޭ މީހުންގެ މަޤާމު ގެއްލިގެންދެއެވެ. ބޮޑެތި ބަލިތައް ޖެހެއެވެ. ކޮންމެވެސް ސަބަބެއް މެދުވެރިވެ ނުކުޅެދުންތެރިންނަށް ބަދަލުވެގެންދެއެވެ.  

އެފަދަ ދެރަގޮތެއް މެދުވެރިވުމުގެ ކުރިން ﷲ ތަޢާލާއަށް ބިރުވެތިވާށެވެ. ކިޔމަންތެރިވާށެވެ. އެކުގައި އުޅެން ބޭނުން ނުވާނަމަ އޮތީ ރަނގަޅު ގޮތުގައި ކައިވެނި ރޫޅައިލުމެވެ. އެކަމުގެ ޒިންމާ ހުރިހާ ގޮތަކުންވެސް އުފުލަން ޖެހޭނީ ކައިވެނި ރޫޅައިލަން ބޭނުންވި މީހެކެވެ. އަނެކާއަށް މަޖުބޫރުކުރުވުމެއް ނެތެވެ. ކައިވެނި ރޫޅައިލެވުމާއި ހަމައަށް އަނެކާގެ ޙައްޤުތައް އަދާނުކުރާނަމަ ކުރިން ބުނި ފަދައިން އެމީހަކު އެދަނީ ފާފަވެރިވަމުންނެވެ. މަތިމައްޗަށް ފާފަކުރެވެމުންނެވެ.  

ވީމާ މިއީ ހަމަ ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ބިރުވެތިވާންޖެހޭނެ ކަމެކެވެ. ތިމާ ކުރި ހެޔޮ ޢަމަލުތަކުގެ ޘަވާބު، ތިމާ ރުޅިއައިސް ވަކިވާން ބޭނުންވި ބައިވެރިޔާއަށް ބަދަލުވެގެންދާނެ ވަޤުތައް ވިސްނާށެވެ. އަނިޔާވެރިވާނަމަ އެއީ ބައްދަލުކުރަންޖެހޭނެ ވަޤުތެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން