ތިބާއަށް ދެރަދޭން ދުނިޔޭގެ އެންމެން ތިބާ ވަށައިލިޔަސް، ކިތަންމެ ބޮޑު ހިތްދަތިކަމެއް ކުމަތިވިޔަސް އެހުރިހާ ކަމެއް ހިތުން ފުހެލައި މާޔޫސްކަން ކަނޑުވައިލާނެ 9 އާޔަތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ތިބާއަށް ދެރަދޭން ދުނިޔޭގެ އެންމެން ތިބާ ވަށައިލިޔަސް، ކިތަންމެ ބޮޑު ހިތްދަތިކަމެއް ކުމަތިވިޔަސް އެހުރިހާ ކަމެއް ހިތުން ފުހެލައި މާޔޫސްކަން ކަނޑުވައިލާނެ 9 އާޔަތް!

މުސްލިމުންނަކީ އެމީހުންނަށް ކުރިމަތިވާ ކޮންމެ ކަމަކަށްވެސް ކެތްތެރިވާން މަސައްކަތްކުރާ ބައެކެވެ. ނަމަވެސް ބައެއް ޙާލަތްތަކުގައި މާޔޫސްވެވެއެވެ. އެއީ އިންސާނުންކަމުގައިވީތީއެވެ. އެއީ އެއްވެސް ޙާލެއްގައި އީމާންތެރިކަން ކުޑަކަމުން ނުވަތަ ކެތްތެރިންނަށް ދެއްވަވާނެ މަތިވެރި ނުއެނގޭތީއެއްވެސް ނޫނެވެ. 

އެފަދަ ޙާލަތުގައިވާ މީހުން ކީރިތި ޤުރްއާނުގެ މިއާޔަތްތައް ކިޔައި ވިސްނައިލާށެވެ!  

އުންމީދުން ފުރިގެންވާ 4 އާޔަތް:  

1 އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒުޤް ދެއްވާނެތެވެ. އަދި ﷲ އަށް ވަކީލްކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ." (އައްޠަލަޤް: 3)  

2 "އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކްލީފެއް ނުޖައްސަވައެވެ. ----" (އަލް ބަޤަރާ: 286) 

3 "ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ." (އަލް އިންޝިރާޙް: 5)  

4 "ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން މުއުމިނުން ކަމުގައި ވާނަމައެވެ." އާލް އިމްރާން: 139)  

މާޔޫސްކަން ފިލުވާލަދޭ 5 އާޔަތް:  

1 "--ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް ﷲ އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން ޠޯހިރު ކުރެއްވުމަށާއި، ތިއަބައިމީހުންގެ މައްޗަށް އެކަލާނގެ ނިޢްމަތް ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުކުޅައުމަށްޓަކައެވެ." (އަލް މާއިދާ: 6) 

2 "މީސްތަކުން ތިމަންމެން އީމާންވެއްޖައީމުއޭ ބުނުމުން، އެއުރެން އިމްތިޙާން ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟" (އަލްމާއިދާ: 2) 

3 "އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، އާޚިރަތް ހެޔޮކަން ބޮޑުކަން ކަށަވަރެވެ." (އައްޟުޙާ: 4) (ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވީ އެންމެންނަށްޓަކައިވެސްމެއެވެ.) 

4 "ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އަޅަމެންނަށް ލިޔުއްވާފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، މުއުމިނުން ހަމައެކަނި، ﷲ އަށް ވަކީލް ކުރާހުށިކަމެވެ!" (އައްތައުބާ: 51)  

5 "އަދި އަޅަމެންނަށްޓަކައި މިދުނިޔޭގައިވެސް، އަދި އާޚިރަތުގައިވެސް ހެޔޮގޮތް ލިޔުއްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ޙަޟްރަތަށް އަޅަމެން ރުޖޫޢަވެއްޖައީމުއެވެ. އެކަލާނގެ ވަޙީކުރެއްވެވިއެވެ. ތިމަންރަސްކަލާނގެ ޢަޛާބެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް އެ ޢަޛާބް ކުރިމަތި ކުރައްވަމެވެ. އަދި ތިމަންރަސްކަލާނގެ ރަޙްމަތް ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ. ފަހެ، ތަޤްވާވެރިވެ، ޒަކާތް ދީ އުޅޭމީހުންނަށާއި، ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާންވާ މީހުންނަށް ތިމަންރަސްކަލާނގެ އެ ރަޙްމަތްލިޔުއްވާހުށީމެވެ."

(އަލް އަޢްރާފް: 156) 

އަހަރެމްނެނަށް ވެގެން އުޅޭ ގޮތަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅާއިމެދު ވިސްނޭމިންވަރުކުޑަވަނީއެވެ. އިތުބާރުކުރެވޭ މިންވަރުވެސް ކުޑަވަނީއެވެ. ޤުރްއާނުގައި ހުރި މިފަދަ އާޔަތްތަކަށް ވިސްނާ މީހާ އަބަދުވެސް ހުންނާނީ ހިތްހަމަޖެހިގެން އުފަލުގައެވެ. ދުނިޔޭގެ އެންމެން ތިބާއަށް ދެރަދޭން ވަށައިލިޔަސް ނުވަތަ ކިތަންމެ ބޮޑު ހިތްދަތިކަމެއް ކުމަތިވިޔަސް މެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން