ޙައްޤުގެ މަތީގައި ޘާބިތުވެ ހުރުމަށް ބާރުދޭ ވަސީލަތްތައް-

ކިޔުމަށް ހޭދަވާނީ 3މ 15ސ
ޙައްޤުގެ މަތީގައި ޘާބިތުވެ ހުރުމަށް ބާރުދޭ ވަސީލަތްތައް-

ޢާއިޝަތު ރަފާޙް ޢަލީ

 

ﷲ ސުބްޙަނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް އުޅެންވީ ޙައްޤު މަގު ބަޔާން ކޮށްދެއްވާފައިވެއެވެ. އެމަގަކީ އިސްލާމްދީނެވެ. އިސްލާމްދީނުގަ މަތީގައި ޘަބިތުވެ އެދީނުގެ ކަންކަމަށް ކިޔަމަންތެރިވެ، ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ސުންނަަތައް ތަބަޢަވެ، ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވި ފޮތް ކީރިތި ޤުރްއާނަށް ޢަމަލު ކޮށްފިނަމަ ކާމިޔާބު ވާނެއެވެ. އާޚިރަތުގައި ސުވަރުގެ އެމީހަކަށް ލިބިގެން ދާނެއެވެ. 

އެހެންކަމުން މި ލިޔުމުގައި މިބަޔާން ކޮށްލަނީ ޙައްޤުގެ މަތީގައި ޘާބިތުވެ ހުރުމަށް ބާރުދޭ ބައެއް ވަސީލަތްތަކަށެވެ. 

· ކެތްތެރިކަން: 

ކެތްތެރިކަމަކީ ވަރަަށް މުހިއްމު ސިފައެކެވެ. އަދި މުސްލިމުންގެ ކިބައިގައި ހުންނަން ޖެހޭނެ ސިފައެކެވެ. ﷲ ތަޢާލާ ކެތްތެރީން ދެކެ ލޯބިވެވޮޑިގަންނަވައެވެ. 

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 45 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلْخَٰشِعِينَ ﴿٤٥﴾‏

މާނައީ: "އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.) (45)" 

ކެތްތެރިކަން ބެހިގހެންދާ ތިން ބައެއްވެއެވެ. އެއީ ﷲ ތަޢާލާގެ އަމަރުފުޅުތަކަށް ކިޔަމަންތެރިވުމެވެ.ދެވަނަ ކަމަކަށް ﷲ ތަޢާލާ ނަހީ ކުރެއްވި ކަންކަމުން ދުރުހެލިވުމަށް ކެތްތެރިވުމެވެ.ތިންވަނަ ބަޔަކަސް ޢިލްމުވެރީން ވިދާޅުވަނީ މުޞީބާތްތަކަށް ކެތްތެރިވުމެވެ.

ކެތްތެރީންގެ ޖަޒާއަކީ ސުވަރުގެއެވެ. އަދި ކެތްތެރި އަޅުންނަށް ﷲ ތަޢުރީފްގެ ބަސްފުޅު ވަޙީކުރައްވާފައިވެއެވެ. 

ﷲ ތަޢާލާ ޒުމަރު ސޫރަތުގެ 10 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

قُلْ يَٰعِبَادِ ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ رَبَّكُمْ لِلَّذِينَ أَحْسَنُوا۟ فِى هَٰذِهِ ٱلدُّنْيَا حَسَنَةٌ وَأَرْضُ ٱللَّهِ وَٰسِعَةٌ إِنَّمَا يُوَفَّى ٱلصَّٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍ ﴿١٠﴾‏

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އޭ إيمان ވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! މިދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަމީހުންނަށް ހެޔޮދަރުމަހުށްޓެވެ. އަދި اللَّه ގެ ބިންވަނީ ތަނަވަސްވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ. (10)"

އެހެންކަމުން އަޅުގަނޑުމެން ނަބީބޭކަލުންގެ ފަރާތްޕުޅުން ޢިބްރަތް ލިބިގަނެ މިފަދަ ސިފަތައް އަށަގަންނަވުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މިއަދު އޮންލައިން