ﷲ ތަޢާލާ އަހުރެމެންނަށް އެކިއެކި ތަކްލީފްތައް ކުރިމަތިކުރެއްވެވުމާއިމެދު މިކަންކަން އެނގޭ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ﷲ ތަޢާލާ އަހުރެމެންނަށް އެކިއެކި ތަކްލީފްތައް ކުރިމަތިކުރެއްވެވުމާއިމެދު މިކަންކަން އެނގޭ ހެއްޔެވެ؟

ކިތަންމެ ކުޑަކުޑަ ކަމެއް ކުރިމަތިވިނަމަވެސް ފިކުރު ބޮޑުވެ ހާސްވާ މީހުން މިކަންކަމަށް ވިސްނައިލުން ހުއްޓެވެ. 

ތިބާ ދުވަހަކުވެސް ތަދު އިހްސާސް ނުކުރާނަމަ، އަދި މައްސަލަތައް ތަހައްމަލް ކުރަން ނުޖެހޭނަމަ، ﷲ ތަޢާލާއީ ކަންކަން ފަސޭހަ ކޮށްދެއްވަވާ ފާރާތްކަން ތިބާއަށް އެނގޭނީ ކިހިނަކުންހޭ؟ 

ތިބާ ދުވަހަކުވެސް ކުށެއް ނުކުރާނަމަ، ﷲ ތަޢާލާއީ މަޢާފަދެއްވާ ފަރާތްކަން ތިބާއަށް އެގެނީ ކިހިނަކުންހޭ؟ 

ތިބާ ދުވަހަކުވެސް ވޭން ނާޅާނަމަ، ﷲ ތަޢާލާއީ ލުއިކޮށްދެއްވާ ފަރާތްކަން ތިބާއަށް އެނގެނީ ކިހިނަކުންހޭ؟ 

ތިބާގެ ހަޔާތް އެންމެ ފުރިހަމަ ނަމަ، ތިބާ ﷲ ތައާލާއަށް ބޭނުންވަނީ ކިއްވެގެންހެއްޔެވެ؟ 

ﷲ ތަޢާލާ އަހުރެމެންނަށް ދެއްވަވާ ނިޢުމަތްތަކާއިމެދު އަދި ކުރިމަތިކުރައްވަވާ ތަކްލީފްތަކާއިމެދު ހަމައެކަނި މިކަންކަމަށް ވިސްނައިލިނަމަވެސް ފިކުރު ބޮޑުވުމާއި ހާސްކަން ފިލައިގެންދާނެއެވެ. އިން ޝާ ﷲ 

ހަޤީޤަތަކީ ދުނިޔޭގެ ޙަޔާތުގައި ކުރިމަތިވާ ކޮންމެ ތަކްލީފަކީވެސް ރަޙްމަތެއް ކަމެވެ. އެކަމުން އެމީހަކަށް ފައިދާތަކެއް ކުރާނެ ކަމެވެ. ކެތްތެރިވެވޭނީވެސް ޝުކުރުވެރިވެވޭނީވެސް މިކަންކަން ޤަބޫލުކުރެވޭ މީހަކަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން