ދުނިޔޭގައި އުޅުނު އެންމެން ޤިޔާމަތް ދުވަހު ތިބޭނެއިރު، އަޅުތަކުންގެ ގިނަކަމާއެކު، މާތް ﷲ އެބައިމީހުންގެ ޙިސާބުބައްލަވާނީ ކިހިނެއްތޯއެވެ؟ ސުވާލަށް ޢަލީގެފާނުގެ ޖަވާބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ދުނިޔޭގައި އުޅުނު އެންމެން ޤިޔާމަތް ދުވަހު ތިބޭނެއިރު، އަޅުތަކުންގެ ގިނަކަމާއެކު، މާތް ﷲ އެބައިމީހުންގެ ޙިސާބުބައްލަވާނީ ކިހިނެއްތޯއެވެ؟ ސުވާލަށް ޢަލީގެފާނުގެ ޖަވާބު-

عليّ بن أبي طالب رضي الله عنه އަށް ދެއްނެވުނެވެ. (ދުނިޔޭގައި އުޅުނު އެންމެން ޤިޔާމަތް ދުވަހު މަޙްޝަރުގެ މައިދާނުގައި ތިބޭނެއިރު) އަޅުތަކުންގެ ގިނަކަމާއެކު، މާތް ﷲ އެބައިމީހުންގެ ޙިސާބުބައްލަވާނީ ކިހިނެއްތޯއެވެ؟ ޖަވާބުގައި ވިދާޅުވިއެވެ. "އެބައިމީހުންގެ މެދުގައި ރިޒްޤު ބައްސަވާފަދައިންނެވެ." 

ވިސްނަވާލައްވާށެވެ! ﷲ ތަޢާލާ ރިޒުޤް ދެއްވަވަނީ ހަމައެކަނި އިންސާނުންނަކަށް ނޫނެވެ. ކުދިކުދި ހިނިތަކުން ފެށިގެން އެންމެ ބޮޑެތި ޖަނަވާރުތަކަށް ދިރިތިބެވެނީ ﷲ ތަޢާލާ އެތަކެއްޗަށް ރިޒުޤް ދެއްވަވާތީއެވެ. ބިމުގެ އަޑީގައާއި ކަނޑުގައި އުޅޭ ތަކެއްޗަށްވެސްމެއެވެ. 

ދުނިޔޭގެ ހުރިހާ ޤައުމުތައް ގުޅިގެން ކުރަން އުޅުނަސް އެކަމެއް ނުކުރެވޭނެއެވެ. ނަމަވެސް ﷲ ތަޢާލާ ކޮންމެ ދުވަހަކު އެއްޗެއް ކޮންމެ ތަނެއްގައިވީނަމަވެސް ދިރޭ ހުރިހާ އެއްޗަކަށް އެދުވަހަކަށް އެއެއްޗަކަށް ކަނޑައަޅުއްވަވާފައިވާ ރިޒުޤް ދެއްވަވަތެވެ. 

ޢަލީގެފާނު ވިދާޅުވެފައި އެވަނީ އެފަދަ މަތިވެރިވަންތަކަމާއި ކުޅަދުންވަންތަކަން ލިބިވޮޑިގެންވާ ކަލަކަށް ޤިޔާމަތްދުވަހު މީސްތަކުންގެ ހިސާބު ބައްލަވައިލެއްވެވުން ވާނީ އިންތިހާއަށް ފަސޭހަފުޅު ކަމަކަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން