އެންމެ ފުރަތަމަ ޢަމަލަކީ މީސްތަކުންނަށް މަޢާފްދީ އިސްލާޙްވުން. ކީރިތި ޤުރުއާނުގަ މާތް ﷲ ވަޙީ ކުރައްވަނީ -- " މަޢާފްދީ ސުލްޙަވެ އިސްލާޙް ވެއްޖެ ކަމުގައި ވަނީނަމަ" -- "އެފަދަ ބައެއްގެ ޢަޖުރު ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ."
ދެވަނަ ކަމަކަށް ކީރިތި ޤުރުއާނުގަ މާތް ﷲ ވަޙީ ކުރައްވަނީ -- " ހަމަކަށަވަރުން ކެއްތެރިންނަށް ޖަޒާ ދެއްވުން ވަނީ" -- އެއްވެސް ހިސާބެއް ނެތް ގޮތުގައެވެ. އިމެއް ނެތް ގޮތުގައެވެ."
ތިންވަނަ ކަމަކަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޤުދުސިއްޔަ ޙަދީޘް އެއްގައި ވަޙީ ކުރެއްވެވިކަމަށް --- " އާދަމުގެ ދަރިޔާގެ ކޮންމެ ޢަމަލެއް ވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ." --- " އެ ރޯދަ ވަނީ ތިމަންރަސްކަލާންގެއަށެވެ. އަދި އެ ރޯދައަށް ޖަޒާ ދެއްވާހުށީވެސް ތިމަން ރަސްކަލާންގެއެވެ."
އެހެންކަމުން އަޅުގަނޑުމެން މީސްތަކުންނަށް މަޢާފްދީ ސުލްހަވެރިވާންވީ. އަޅުގަނޑުމެން ކެއްތެރިވާންވީ. އަޅުގަނޑުމެން ރޯދަ ހިފަންވީ. އޭރަށް އިރާދުކުރެއްވިއްޖެއްޔާ ޤިޔާމަތްދުވަހުގައި ހިސާބެއް ނެތް ގޮތުގައި ޖަޒާ ލިބިގެންދާ ބައެއް ކަމުގައި އަޅުގަނޑުމެން ވެގެން ދާނެ.
- ޝައިޚް އާޒިމް ޚާލިދް