ދުޢާ ޢިޖާބަ ކުރައްވަވާ ސަބަބުތަކުގެ ތެރެއިން ގިނަބައަކު އެންމެ ބޮޑަށް އިހްމާލްވާ ކަންތައް-: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދުޢާ ޢިޖާބަ ކުރައްވަވާ ސަބަބުތަކުގެ ތެރެއިން ގިނަބައަކު އެންމެ ބޮޑަށް އިހްމާލްވާ ކަންތައް-: ބިލާލް އައްސަދު

ދުޢާކުރުމުގައި ގިނަ ބައަކު އިހްމާލްވާ ކަމެއް ފާހަގަކޮށްލާނަމެވެ. މިކަންތައް މިފާހަގަކުރަނީ ކީރިތި ޤުރްއާނުގައި 4 ނުވަތަ 5 ރަސޫލްބޭކަލުންނާއިމެދު ވަޙިކުރައްވަވާފައިވާ ބަސްފުޅުތަކުން ދަލީލު ލިބިގަނެގެންނެވެ.  

އެކަމަކީ ކަމެއް ކުރިމަތިވުމުން އެކަމަކުން ސަލާމަތްކޮށްދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރުމުގެ ކުރިން މީހަކަށް ނުވަތަ ބައަކަށް އެކަމުގެ ޝަކުވާކުރެވޭ ކަމެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް ފުރތަމަ ކަމަކަށް އެކަމަކުން ސަލާމަތްކޮށްދެއްވެވުން އެދިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރުމަށެވެ.  

މިހެން ބުނުމުން ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރުމަކީ ޝަކުވާކުރުން ކަމަށް ވިސްނޭ ބައަކު އުޅެފާނެއެވެ. ހަޤީޤަތަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމަކީ ޝަކުވާކުރުން ނޫންކަމެވެ. އެހެނީ ކޮންމެ ކަމެއްވެސް ކުރިމަތިކުރައްވަވަނީ ﷲ ތަޢާލާއެވެ. އަދި އެކަމަކުން ސަލާމަތްކުރެއްވެވުމުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީވެސް ﷲ ތަޢާލާއަށް ކަމުގައިވާ ކަމެވެ.  

މީގެ އިތުރުން ކަންކަމަށް އެދި ދުޢާކުރުމަށާއި ދުޢާކުރުމުން ޢިޖާބަކުރައްވަވާނެކަމަށް ﷲ ތަޢާލާ ވަޙިކުރައްވަވާފައިވާ ކަމެވެ.  

ކަމެއް ކުރިމަތިވުމުން މީހަކަށް ޙާލަތު ބަޔާންކުރަންޖެހިގެން ޙާލަތު ބަޔާންކުރިނަމަވެސް ޝަކުވާޢަކަށްވެދާނެ އެންމެ ޢިބާރާތެއްވެސް ބޭނުން ނުކުރާށެވެ. ބޭނުންކޮށްފިނަމަ އެކަން ވެގެންދާނީ ޝަކުވާކުރިކަމަށެވެ.  

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން