ޢިބްރަތްތެރި ވާހަކަ: ތިބާ ލަނޑުދޭ ކޮންމެ އަންހެނަކު އަޅާނުލާނެ ކަމަށް ހީނުކުރާށެވެ! "ދަތްއަޅަން" ޖެހޭ ތަނުގަ ދަތްއަޅާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ޢިބްރަތްތެރި ވާހަކަ: ތިބާ ލަނޑުދޭ ކޮންމެ އަންހެނަކު އަޅާނުލާނެ ކަމަށް ހީނުކުރާށެވެ! "ދަތްއަޅަން" ޖެހޭ ތަނުގަ ދަތްއަޅާނެ!

ޖަމީގެ ބައްޕައަކީ ވަރަށް ތަނަވަސް މީހެކެވެ. އެހެންކަމާއިއެކުވެސް ދަރިންގެ އަތްމައްޗަށް އެކުދިންގެ ޚަރަދުތަކަށް ފައިސާ ދޫކުރަނީ ވަކި އުޞޫލަކުންނެވެ. އެއްގޮތަކީ އޭނާގެ ގާތުގައި ވަޒީފާއަދާކުރުމުން ދޭ މުސާރައެވެ. އަނެއްގޮތަކީ އެކުއްޖަކު ބޭނުންވާ ތަނެއްގައި ބުރަކޮށް މަސައްކަތްކުރުމުން ލިބޭ މުސާރައިން ދެކޮޅު ނުޖެހޭ ޢަދަދެވެ. ނުވަތަ ދިރިއުޅެން މަދުވާ ބައެވެ. އެއްވެސް މަސައްކަތެއް ނުކުރާނަމަ އެއްވެސް ފައިސާއެއް ނުލިބޭނެއެވެ. 

ޖަމީގެ ފިރިމީހާ މަސައްކަތްކުރަނީ ބައްޕަގެ ކުންފުންޏެއްގައި ވެރިއެއްގެ ގޮތުންނެވެ. އެކުންފުނީގައި ހަޤީޤަތް ނުއެނގޭ ކަމެއް ހިނގައެވެ. އެއީ ސިފަ ރީތި އަންހެންކުއްޖަކު ވަޒިފާއަށް ވަދެއްޖެނަމަ ވަރަށް އަވަހަށް ވަޒީފާއިން ވަކިވާކަމެވެ. އެކަން އެހެން އެވަނީ ކީއްވެގެންކަން އޮންނަނީ ބޮޑު ސިއްރެއްގެ ގޮތުގައެވެ. އެއީ ވަޒީފާއިން ވަކިވާ ކުދިން ކިޔައިނުދޭތީއެވެ. 

މިގޮތަށް މިކަންތައް ވަމުން އަންނަނިކޮށް އެއްފަހަރަކު ވަރަށް ރީތި އަދި ވަރަށް ހުޝިޔާރު އަންހެން ކުއްޖަކު ވަޒީފާއަށް ވަނެވެ. އޭނާ ވަނުމާއިއެކު ވެރިމީހާ އާދައިގެމަތިން އޭނާ އަތުއަޅުވާލަން މަސައްކަތް ފަށައިފިއެވެ. އަގުބޮޑު ހަދިޔާއާއި ފައިސާދެމުން ގޮސް އޭނާ އަތުއަޅުވާލައިފިއެވެ. ގުޅުން އުފައްދައި ކައިވެނިކުރަން ވަޢުދުވެ އެންމެފަހުން ގުޅުން ހިންގަންވެސް ފަށައިފިއެވެ. 

މާގިނަ ދުވަހެއް ނުވެ ބަލިވެ އިނދެއްޖެއެވެ. ކައިވެނިކުރަން އެއްބަސްވީނަމަވެސް ކައިވެންޏެއް ނުކުރިއެވެ. އެހިސާބުން ވެރިމީހާގެ ޙަޤީޤަތް އޭނާއަށް އެނގުމާއިއެކު އޭނާ ނިންމީ އޭނާ ފަޟީޙަތްވާފަދައިން ވެރިމީހާވެސް ފަޟީހަތްކޮށްލާށެވެ. އެހެންވެ ވެރިމީހާގެ އަނބިމީހާ، ޖަމީއަށް ގުޅާފައި ބުނީ ޖަމީގެ ފިރިމީހާ ކުންފުނިން ވަރަށް ބޮޑު ވައްކަމެއް އެބަކުރާ ކަމަށާއި ޖަމީއަށް އެވާހަކަ ކިޔައިދޭން ބޭނުންވާ ކަމަށެވެ. 

ޖަމީ އަވަސްއަވަހަށް ބައްޕައަށް ގުޅައި އެޚަބަރުދީ ބައްޕަމެންވެސް އެރޭ އެގެއަށް ކާން އަންނަން ދައުވަތުދިނެވެ. އަދި އޭނާވެސް ކެއުމަށް ގެނުވިއެވެ. ކައިނިމިގެން އޭނާ ބުނީ: "މީނދަ  ވެރިމީހާ ކުންފުނިން ވައްކަން ކުރެއެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މިވެނި އެވެނި ހަދިޔާ ދީފިކަމަށާއި މިވެނިވަރަކަށް ފައިސާވެސް ދީފިކަމަށެވެ. އެކަންކަމުގެ އަވާގައި ޖެހެވި އޭނާގެ ބަހަށް ހެއްލެވުމުގެ ސަބަބުން އިނީ ބަލިވެ ކަމަށެވެ. މިހާރުވެސް ނޫނީ ވިހެއުމުން ނަމަވެސް ޑީއެންއޭ ހަދައި މިއީ ތެދެއްކަން ޔަޤީންކުރަން އެދޭ ކަމަށެވެ. އަދި އޭނާގެ މަޅީގައި ޖެހެވުނީ އެއީ އޭނާގެ އަމިއްލަ ކުންފުންޏެއް ކަމަށް ބުނެ ދޮގުތައް ހެދުމުން ކަމަށެވެ. އޭނާއަކީވެސް މުވައްޒިފެއްކަން އެނގުނީ މަޅީގައި ޖެހެވި ބަލިވެ އިނުމުންވެސް ކައިވެނިނުކުރުމުން ހޯދި މައުލޫމާތުން ކަމަށެވެ." 

ޖަމީގެ މައިންބަފައިންގެ ކުރިމަތީގައި ޒުވާބުނުކުރަންވެގެން ޖަމީ ފިރިމީހާގެ ގާތުގައި ބުނީ ޑީއެންއޭ ހެދެންދެން އެގެއިން ނުކުތުމަށެވެ. ބައްޕަ ބުނީ އޭނާ އެދައްކާ ވާހަކައިގެ ދޮގުތެދު އެނގެންދެން ވަޒިފާއަށް ނުގޮސް މަޑުކޮށްލުމަށެވެ. ފިރިމީހާއަށް އޭނާގެ އަނބިމީހާވެސް ގެއްލުނީއެވެ. ވަޒިފާވެސް ގެއްލުނީއެވެ. 

މިވާހަކައިގައި އޭނާއަކީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އޭނާގެ ޙަޔާތުގައި ކުރަންޖެހުނު ހިތި ތަޖުރިބާގެ ވާހަކައެވެ. އެކުވެރިޔާވެގެން އޭނާ ޙިމާޔަތްކުރާކަށް ނެތީމެވެ. ނަމަވެސް ބުނެލަން ބޭނުންވަނީ އެގޮތަށް ނިކަމެތި އަނހެންކުދިން މަޅީގައި ޖައްސުވައި ދުނިޔެއަށް ފަޟީޙަތްކުރާ ފިރިހެނުންނަށް އޭނާ ވަރަށް ރަނގަޅު ފިލާވަޅެއް ދީފިކަމަށެވެ. ނިކަމެތިވެގެންދާއިރު ނިކަމެތިކޮށްލި މީހާއަށް އުފަލުގައި ނުއުޅެވޭނެގޮތް ހުރިހާ އަންހެނުންވެސް ނުހަދަންވީ ސަބަބެއް ނެތެއްނޫންތޯއެވެ؟ 

- ސިތާރާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން