ކަންކަން ރަނގަޅަށް ކުރަން ބޭނުންވާނަމަ މަޝްވަރާކުރަން އޮތީ ކޮންބައަކާކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ކަންކަން ރަނގަޅަށް ކުރަން ބޭނުންވާނަމަ މަޝްވަރާކުރަން އޮތީ ކޮންބައަކާކަން އެނގޭތަ؟

ޢުމަރުގެފާނު رضي الله عنه ވިދާޅުވެފައިވެއެވެ. 

( شَاوِرْ فِي أَمْرِكَ مَنْ يَخَافُ اللَّهَ عَزَّ وَجَلَّ )

މާނައީ: " މާތް ﷲއަށް ބިރުވެތިވާ މީހުންނާ ތިބާ ކަންކަމުގައި މަޝްވަރާކުރާށެވެ."

މަޞްދަރު: الآداب الشرعية لابن مفلح الحنبلي 

ކަންކަމުގައި މަޝްވަރާ ހޯދޭ މީހުންގެ ކިބައިގައި ހުރުން ލާޒިމު ބައެއް ސިފަތައް: 

1- ބުއްދިވެރިޔަކު ކަމުގައި ވުމާ އެކު، އޭނާއަކީ އެ މަޝްވަރާކުރެވޭ ކަމެއްގެ ތަޖްރިބާ ހުރި މީހަކު ކަމުގައިވުން.

2- ދީންވެރި ތަޤްވާވެރި މީހަކު ކަމުގައިވުން.

3- ތެދުވެރި މުންޞިޙެއް ކަމުގައިވުން.

4- ފިކުރީ ގޮތުން ރަނގަޅު މީހެއް ކަމުގައިވުން.

5- މަޝްވަރާ ކުރެވޭ ކަމެއްގައި އޭނާގެ މަޞްލަޙަތު ފުށުއަރާ ކަމެއް ނެތުން. 

މަޞްދަރު: الشورى الإسلامية والديمقراطية الغربية، الشيخ صلاح نجيب الدق

 

- ޝައިޚް ޝަފީޢު ޢަބްދުﷲ

 

މިއަދު އޮންލައިން