ގޭގަ މައްސަލަތައް ގިނަވެ ފުނިޖެހޭނަމަ އެއްވާނަކަށް އެންމެން ކުރަން އޮތް ޢަމަލު- ލުއިފަސޭހަވެފަ ކާމިޔާބު ޔަޤީން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ގޭގަ މައްސަލަތައް ގިނަވެ ފުނިޖެހޭނަމަ އެއްވާނަކަށް އެންމެން ކުރަން އޮތް ޢަމަލު- ލުއިފަސޭހަވެފަ ކާމިޔާބު ޔަޤީން! އިން ޝާ ﷲ

ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ތިއަބައިމީހުންގެ ދަރިން 3 ކަމެއްގެ މައްޗަށް ތަރުބިއްޔަތުކުރުމަށެވެ. އެއިގެ ތެރެއިން ފުރަތަމަ ކަމަކީ، ތިއަބައިމީހުންގެ ނަބިއްޔާ ދެކެ ލޯބިވުމާއި، އަދި އެކަލޭގެފާނުގެ އާލްބައިތުން ދެކެ ލޯބިވުމާއި، އަދި ކީރިތި ޤުރްޢާން ކިޔެވުމަށް ތިއަބައިމީހުންގެ ދަރިން ތަރުބިއްޔަތުކުރާށެވެ!

އަދިވެސް ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ތިއަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ޤުރްއާން އުނގެނި އެ ޤުރްއާން އުނގަންނައިދޭ މީހާއެވެ!"

އަދިވެސް ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ތިއަބައިމީހުން ކީރިތި ޤުރްއާން ކިޔަވާށެވެ! އެ ޤުރްއާން ކިޔެވި މީހާއަށް ޝަފާޢަތްތެރިވުމަށް އެ ޤުރްއާން އަންނާނެއެވެ."

ރަމަޟާން މަހުގައާއި ރޯދައަށް ތިބޭ ދުވަސްތަކުގައި ޤުރްއާން ކިޔެވުން ގިނަކުރާށެވެ! ވަގުތު ހުސްކޮށްގެންވެސް އެއީ ކުރަންޖެހޭ ކަމެކެވެ. ސުންނަތް ނަމާދުތަކުގައި މުޞްޙަފް ބަލައިގެންވެސް ކިޔަވާށެވެ! ޤުރްއާނަކީ ހިތްތަކުގެ ނޫރެވެ!

އެގޮތުގައި މަސައްކަތް ކުރެވިއްޖެ ނަމަ އެ ޤުރްއާނުގެ ސަބަބުން މާތް ﷲ އަޅުގަނޑުމެން ޢިއްޒަތްތެރިކުރައްވަވާނެއެވެ. އަދި ޘަވާބާއި ދަރުމަވެސް ދެއްވަވާނެތެވެ! ގޭތެރޭގައި ޤުރްއާން ކިޔަވާނަމަ އަނބިދަރިންނަށްވެސް ބަރަކާތް ލައްވަވާނެތެވެ. އެހެންކަމުން ޤުރްއާން ކިޔެވުމަކީ ހަމައެކަނި ރަމަޟާން މަހުކުރާ ކަމަކަށް ނުހަދައި ރަމަޟާންމަސް ނޫން ދުވަސްތަކުގައިވެސް ޤުރްއާން ކިޔެވުމުގައި ދެމިތިބުމަށް ވަޞިއްޔަތް ކުރަމެވެ! (ރަމަޟާން މަހަކީ އަހަރަކު އަންނަ ހަމަ އެންމެ މަހެކެވެ. އިތުރަށް އޮތް 11 މަސް ދުވަހަކީވެސް ހަމަ ކީރިތި ޤުރްއާނާއި ގުޅުންބަދަހިކުރަންޖެހޭނެ މަސްތަކެވެ. ޤުރްއާނަށް ލޯބިކުރުމަކީވެސް ހަމަ އެއީއެވެ.)

--ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން

 

މިއަދު އޮންލައިން