ކުރިމަތިވީ ކިތަންމެ ބޮޑު ހިތްދަތިކަމެއް ނަމަވެސް ނުތަނަވަސްކަމެއް ނަމަވެސް ބިރުވެރިކަމެއް ނަމަވެސް ސަލާމަތާއި ރައްކައުތެރިކަމަށް އެދިގެން މިދުޢާކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 36ސ
ކުރިމަތިވީ ކިތަންމެ ބޮޑު ހިތްދަތިކަމެއް ނަމަވެސް ނުތަނަވަސްކަމެއް ނަމަވެސް ބިރުވެރިކަމެއް ނަމަވެސް ސަލާމަތާއި ރައްކައުތެރިކަމަށް އެދިގެން މިދުޢާކުރާށެވެ!

ކުރިމަތިވި ކަންތަކުގެ ބޮޑުމިނަށް ބަލައި ކަންބޮޑުނުވާށެވެ! ކުރިމަތިވީ ކިތަންމެ ބޮޑު ހިތްދަތިކަމެއް ނަމަވެސް ނުތަނަވަސްކަމެއް ނަމަވެސް ބިރުވެރިކަމެއް ނަމަވެސް ސަލާމަތާއި ރައްކައުތެރިކަމަށް އެދިގެން މިދުޢާކުރާށެވެ! އަދި އެފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށްޓަކައިވެސް މިދުއާ ކުރަމުން ގެންދާށެވެ! އެއިގެ އިތުރުން މިދުޢާ ކުރާ މީހަކަށް ޘާބިތުކަމާއި ހިތްވަރުވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ  

"‏ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ وَالْعَجْزِ وَالْكَسَلِ وَالْبُخْلِ وَالْجُبْنِ وَغَلَبَةِ الرِّجَالِ 

މާނައީ: "އޭ ހައްދަވާ ބޮޑުކުރެއްވި އިލާހްއެވެ. ހަމަކަށަވަރުން އަޅު މިއެދެނީ، ކަންބޮޑުވުމާއި، ހިތާމައާއި، ނުކުޅެދުންތެރިކަމާއި، ފަރުވާކުޑަކަމާއި، ދަހިވެތިކަމާއި، ފިނޑިކަމާއި އަދި (އެހެން) މީސްތަކުންގެ ނުފޫޒުގެ ދަށަށް ވެއްޓުމުން ރައްކާތެރިކަން ދެއްވުމަށެވެ."

(ދުޢާގެ މާނަ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް) 

މިއީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަބަދުހެން ކުރައްވަވަމުން ގެންދެވި ދުޢާއެކެވެ.  

خْبَرَنَا عَلِيُّ بْنُ الْمُنْذِرِ، عَنِ ابْنِ فُضَيْلٍ، قَالَ حَدَّثَنَا مُحَمَّدُ بْنُ إِسْحَاقَ، عَنِ الْمِنْهَالِ بْنِ عَمْرٍو، عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ لِرَسُولِ اللَّهِ صلى الله عليه وسلم دَعَوَاتٌ لاَ يَدَعُهُنَّ كَانَ يَقُولُ ‏ "‏ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ وَالْعَجْزِ وَالْكَسَلِ وَالْبُخْلِ وَالْجُبْنِ وَغَلَبَةِ الرِّجَالِ 

އަހުރެމެން ކޮންމެ މީހަކީވެސް އެކިވަރުގެ ކަންކަން އަބަދުވެސް ކުރިމަތިވާނެ މީހެކެވެ. ހިތްވަރާއި ޘާބިތުކަން ބޭނުންވާނެއެވެ! އެކަމަކުން ސަލާމަތްވާންވެސް ބޭނުންވާނެއެވެ. ވީމާ މިއީ އަަބދުވެސް ކުރަމުން ގެންދަން ވަރަށް ފައިދާހުރި ދުޢާއެކެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން