ފަތިސް ނަމާދަށް ހޭލެވުނުއިރު އިރު އަރާވަގުތު ޖެހިފައިވާނަމަ ދެން ނަމާދު ކުރާނީ އިރު އެރުމުންތޯ، ނޫނީ ހަމަ ވީހާ އަވަހަކަށް ނަމާދު ކުރާނީތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ފަތިސް ނަމާދަށް ހޭލެވުނުއިރު އިރު އަރާވަގުތު ޖެހިފައިވާނަމަ ދެން ނަމާދު ކުރާނީ އިރު އެރުމުންތޯ، ނޫނީ ހަމަ ވީހާ އަވަހަކަށް ނަމާދު ކުރާނީތޯ؟

ފަތިސް ނަމާދަށް ހޭލެވުނު އިރު އިރު އަރާވަގުތު ޖެހިފައިވާނަމަ ދެން ނަމާދު ކުރާނީ އިރު އެރުމުންތޯ، ނޫނީ ހަމަ ވީހާ އަވަހަކަށް ނަމާދު ކުރާނީތޯ؟  

މި ސުވާލަކީ އެކި ޢިބާރާތުން ކިޔުންތެރިންގެ ފަރާތުން ލިބެމުން އަންނަ ސުވާލެކެވެ. އަދި ޖަވާބު އެނގުން މުހިންމުވެސް ސުވާލެކެވެ.  

ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ  

މި ސުވާލުގެ ޖަވާބު ގުޅިފައިވަނި ނަމާދު ކުރުން ނަޙީ ކުރެވިގެންވާ ވަޤުތުތަކުގައި ނަމާދު ކުރެވިދާނެތޯ މި މައުޟޫގެ މައްޗަށެވެ.  

އެގޮތުން ބަލާއިރުގައި، ލޮބުވެތި އަޚުންނާއި އުޚްތުން 3 ވަޤުތެއް އަދި އެ 3 ވަޤުތު ތަފްޞީލުކޮށްފި ނަމަ 5 ވަޤުތެއްގެ ގޮތުގައި އެބަ ހިމެނޭ ނަމާދު ކުރުން ނަޙީ ކުރެވިގެންވާ ވަޤުތުތަކުގެ ތެރޭގަ. އެގޮތުންބަލާއިރު އެއީ ފަތިސްނަމާދަށްފަހު އިރު އެރުމުގެ ކުރިން އޮންނަ ވަޤުތާއި އަދި އިރު އަރަމުންދާ ވަޤުތު. ދެން އިރު މެދުޖެހޭ ވަޤުތާއި ޢަސުރު ނަމާދަށް ފަހު އިރުއޮއްސުމާ ދެމެދު އޮންނަ ވަޤުތު އަދި އިރު އޮއްސޭ ވަޤުތު. 

މި ވަޤުތުތަކަކީ ނަމާދު ކުރުން ނަޙީ ކުރެވިގެންވާ ވަޤުތު. ނަމަވެސް ނަމާދު ކުރުން ނަޙީ ކުރެވިގެންވާ ވަޤުތުތަކުގައިވެސް ވަކި ކަމަކާ ގުޅިގެން ކުރެވޭ ނަމާދުތައް ކުރުން ހުއްދަވެގެންވޭ. އޭގެ ތެރޭގައި ކޭތަ ހިފައިފިނަމަ ކޭތަ ނަމާދު. މައްޔިތާގެ މައްޗަށް ކުރެވޭ ޖަނާޒާ، ކަށުނަމާދު ނުވަތަ މިސްކިތަށް ވަދެ އިށިއިނުމުގެ ކުރިން ކުރާ ތަޙިއްޔަތުލް މަސްޖިދް. ސަބަބަކާ ލައިގެން ކުރާ ސުންނަތް ނަމާދުތައްވެސް އެ ނަމާދު ކުރުން ނަޙީ ކުރެވިގެންވާ ވަޤުތު ތަކުގައި ކުރެވޭނެ.

އަދި ލޮބުވެތި އަޚުންނާއި އުޚްތުން، ފަރުޟު ނަމާދުތައް ނުކުރެވި ވާނަމަ ނަމާދު ކުރުން ނަޙީ ކުރެވިގެންވާ ވަޤުތުތަކަށް ބެލުމެއް ނެތި އެ ނަމާދުތައް ވީހާ އަވަހަކަށް ކުރުން އެއީ އެމީހާގެ މައްޗަށް އޮތް ގޮތަކީ. އެހެންވީމާ، އިރު އަރަމުންދަނިކޮށް ހޭލެވުނީ، ނުވަތަ އިރު އަރަން ކައިރިވެފައި ވަނިކޮށް ހޭލެވުނު މީހާ ވުޟޫ ކޮށްގެން އަންނައިރު ދެން އެވަޤުތަކީ އިރުއަރާ ވަޤުތު ކަމުގައި ވިޔަސްވެސް އޭނާއަށް އޮތީ ވީހާ އަވަހަކަށްފަތިސް ނަމާދު ކުރުން.

 

މިއަދު އޮންލައިން