ފަރުޟްނަމާދަށްފަހު އަތް އުފުލައި ދުޢާކުރުމާއިބެހޭ ގޮތުން އެނގުން މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ފަރުޟްނަމާދަށްފަހު އަތް އުފުލައި ދުޢާކުރުމާއިބެހޭ ގޮތުން އެނގުން މުހިންމު ބައެއް ކަންކަން-

ފަރުޟް ނަމާދަށްފަހު ޙާލަކުން ފަހަރަކު (ވަރަށް ބޮޑުކަމެއް ކުރިމަތިވެގެން ދުޢާކުރާއިރު) އަތް އުފުލައިގެން ދުޢާ ނުކުރުމަކަށް ނުބުނާނަމެވެ. ނަމަވެސް އެއީ ކޮންމެ ފަރުޟު ނަމާދަކަށްފަހު ދުޢާކުރާއިރު ކުރަން އޮތް ކަމެއް ކަމަކަށް ނުބުނާނަމެވެ.  

ސަބަބަކީ އެއީ ޞަޙާބީބޭކަލުންވެސް އަދި ތާބިޢީ ބޭކަލުންވެސް ކުރެއްވެވި ކަމެއް ނޫނެވެ. ޢަމްދުން ދުޢާކުރުމަށްފަހު މޫނުގައި އަތްފިރުމުން ފަދަ ކަންކަން ކޮށްގެން ނުވާނެއެވެ. އެއީ ބިދުޢައެކެވެ.

މިހެން ބުނުމުން ތިމަންމެންގެ ކާބަފައިން އެކަން ކުރިކަމަށް ބުނެ އެކަންކުރާނަމަ އެއީ އެމީހެއްގެ އަމިއްލަ މައްސަލައެކެވެ. ކަމުގެ ޙަޤީޤަތަކީ މިއީއެވެ.

ދެން އޮތީ ނަމާދުގައި ފަހު އައްތަޙިއްޔާތުގައި ދުޢާކުރުމެވެ. އެއީ އެމީހަކު ކުރަން ބޭނުންވާ ކޮންމެ ދުޢާއެއް ކުރަން އޮތް މަޤާމެކެވެ. ފަރުޟު ނަމާދުތަކުގައި ވަޤުތު ނުލިބޭނަމަ އެކަނިހުރެގެން ކުރާ ނަމާދުތަކުގައި އައްތަޙިއްޔާތުކުރާއިރު އެމީހަކު ބޭނުން ކޮންމެ ކަމަކަށް އެދިގެން ކިތަންމެ ގިނައިންވެސް ކިތަންމެ ދިގުކޮށްވެސް ދުޢާކުރަންވީއެވެ. އެއީ ދުޢާ ޢިޖާބަކުރައްވަވާ މަޤާމެކެވެ.

 -ޝައިޚް ޢާޞިމް އަލްޙަކީމް

ޝައިޚްގެ މިބަސްފުޅާއިމެދު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ: "ކޮންމެ ފަރުޟު ނަމާދަކަށްފަހުގައިވެސް ދުޢާކުރެވިދާނެއެވެ. ނަމަވެސް ދުޢާކުރާނީ އަތްއުފުލައިގެނެއް ނޫނެވެ."

 

 

މިއަދު އޮންލައިން