ގިނަގިނައިން ކުރުން މުހިންމު ދުޢާތަކުގެ ތެރެއިން: ﷲ ގެ މިންވަރުފުޅަށް ރުހުވޭ އަދި ދެއްވަވާ އެއްޗެއްގައި ބަރަކާތް ލެއްވެވުން އެދި ކުރަން ރަނގަޅު ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ގިނަގިނައިން ކުރުން މުހިންމު ދުޢާތަކުގެ ތެރެއިން: ﷲ ގެ މިންވަރުފުޅަށް ރުހުވޭ އަދި ދެއްވަވާ އެއްޗެއްގައި ބަރަކާތް ލެއްވެވުން އެދި ކުރަން ރަނގަޅު ދުޢާއެއް!

އަހަރެމްނެގެ ތެރޭގައި މިހާރަކަށް އައިސް އޮންނަ އެންމެ ބޮޑު އެއް މައްސަލައަކީ ދެއްވަވާ މިންވަރަށް ޝުކުރުނުކުރެވުމެވެ. ދެއްވަވާ މިންވަރަށް ޝުކުރު ނުކުރެވުމަކީ ބަރަކާތް ކެނޑިގެން ހިނގައިދާނެ ކަމެކެވެ. ވީމާ ދެއްވަވާ މިންވަރަށް ޝުކުރުކުރުމާއި ދެއްވެވެވި އެއްޗެއްގައި ބަރަކާތް ލެއްވެވުމަކީ ގުޅިލާމެހިފައިވާ ކަމެކެވެ.  

ކޮންމެ ކަމަކަށް އެދިގެންވެސް އޮތީ ދުޢާކުރުމެވެ. ދުޢާއަކީ އެމީހަކާއި ﷲ ތަޢާލާ އާއި ގުޅުވައިދޭ ވަސީލަތެކެވެ. ވީމާ މިއީ މިބަޔާންކުރި ކަންކަމަށް އެދި ކުރަން ރަނގަޅު ދުޢާއެއްކަމަށް ދެކެމެވެ.  

"اَللَّهُمَّ! رَضِّنِي بِقَضَائِكَ، وَبَارِكْ لِيْ فِيْمَا قُدِّرَ لِيْ، حَتَّى لَا أُحِبَّ تَعْجِيْلَ مَا أخَّرتَ وَلَا تَأْخِيْرَ مَا عَجَّلْتَ"  

މާނައީ: "އޭ އަޅުގެ ވެރި ﷲ! އިބަރަސްކަލާނގެ މިންވަރުފުޅަށް ރުހޭ މީހަކު ކަމުގައި މިއަޅާ ލައްވަވާނދޭވެ! އަދި މިއަޅާއަށް މިންވަރު ކުރެއްވުނު އެއްޗެއްގައި މިއަޅާއަށް ބަރަކާތް ލައްވަވާނދޭވެ! އިބަރަސްކަލާނގެ ފަސްކުރެއްވި އެއްޗެއް އަވަސްވުމަށް، އަދި އަވަސްކުރެއްވި އެއްޗެއް ފަސްވުމަށް މިއަޅާ ލޯބިނުވުމަށް ދާންދެނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން