މައްސަލަ އެބަހުގެ މާނައަށް ބަލައިފިނަމަ ކުރިމަތިވާ ކޮންމެ ކަމަކީވެސް މައްސަލައެއް ކަމުގައި ބެލިދާނެއެވެ. ނަމަވެސް މައްސަލައިގެ ޙަޤީޤީ މާނައަކީ ކަންބޮޑުވާންޖެހޭ، ދެރަވެ ހިތާމަކުރަންޖެހޭ ފަދަ ކަންކަމެވެ. ވީމާ މިބުނަނީ މައްސަލައެއް ކަމަށް ބެލެވޭނެ އެއްވެސް ކަމެއް ކުރިމަތިނުވެ އުޅެން ބޭނުންވާ މީހާއަށް އެކަން ޙާޞިލުކުރެވޭނެ މަގެވެ.
"ފުރަތަމަ ކަމަކަށް ތިބާ އަހުރެންގެ ކިބައިން އެދޭ ކަންތައްތަކާއި ތިބާ ލޯބިކުރާ ކަންކަން އަހުރެންނަށް ބުނެދޭށެވެ! ތިބާއަށް އަހުރެންނަށްވުރެ މާ ރީތި އަނބިންވެސް ލިބިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ މިންވަރު ކުރެއްވެވީ އަހަރެމެން ދެ މީހުން އެކުގައި އުޅުމަށެވެ.
ވީމާ އެކަމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަމެވެ. ނުއުޅެވޭ ވަގުތެއް އަތުވެއްޖެނެވެ. ﷲ ތައާލާގެ ވަހީ ބަސްފުޅުގައިވާ ފަދައިން ޢަމަލުކޮށްދޭށެވެ! " ދެންއޮތީ ހެޔޮގޮތުގައި (އެކަނބަލުންނާ) އިނދެގެން އުޅުމެވެ. ނުވަތަ ހެޔޮކޮށް ހިތުމާއެކު (އެކަނބަލުން) ދޫކޮށްލުމެވެ." (އަލްބަޤަރާ: 229)
100 އިންސައްތަ "ޓެންޝަން ފްރީ" ޒަވާޖީ ހަޔާތެއް 20 އަހަރު ދުވަހު ހޭދަކުރެއްވި ފަނޑިޔާރު ޝައިޚް ޝުރައިޚުގެ ތަޖުރިބާއިން ޢިބްރަތް ޙާޞިލުކުރައްވާށެވެ! އެނގިގެންދަނީ
ކާމިޔާބު ކައިވެނީގެ ފޯމިޔުލާއަށް އަމަލުކޮށްފި ނަމަ މާތް ﷲ ގެ ވާގިފުޅާއިއެކު ކައިވެނީގައި އުފާވެރިކަން ނޫން ދެވަނަ ކަމެއް ނެތެވެ!
ފުރަތަމަ ކަމަކީ ވެސް ހަމަ 2 ރަކްޢަތް ނަމާދެވެ. ތަޤްވާވެރިވެ ދެމަފިރިން ވެސް ރޭއަޅުކަމާއި އެނޫންވެސް އަޅުކަންކުރުން ގިނަ ކުރުމެވެ. 2 ވަނަ ކަމަކީ އެކަކު ނުރުހޭ ކަންކަންއަނެކާއަށް އަނގައި ދިނުމާއި އެކަކު ނުރުހޭ ކަންކަން އަނެކަކު ވެސް ނުކުރުމާއި ދެމީހުންވެސް އެކަކު ރުހި، ލޯބިކުރާ ކަންކަން އަނެކަކު ކުރުމެވެ.
3 ވަނަ ކަމަކަށް ކުރަންޖެހޭ ކަމަކީ މޯބައިލް ފޯނު އަތުން ދޫކޮށްލައި އަނބި މީހާ ފިރިމީހާ އާއިއެކު އަދި ފިރިމިހާ އަނބިމީހާ އާއިއެކު، އަދި ދެމަފިރިންވެސް ދަރިންނާއިއެކު ކޮންމެ ދުވަހަކުވެސް ވަގުތު ހޭދަކުރުމެވެ.
--މައުލޫމާތު: ޝައިޚް އިލްޔާސް ޙުސައިން
ގުޅުންހުރި ވީޑިއޯ: