ޔަޙްޔާ ބިން މުޢާޛް ރަޙިމަހުﷲ ކުރެއްވެވި ދުޢާ!- ކޮންމެ މުސްލިމަކަށްވެސް އެންމެ މުހިންމު އެއް ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ޔަޙްޔާ ބިން މުޢާޛް ރަޙިމަހުﷲ ކުރެއްވެވި ދުޢާ!- ކޮންމެ މުސްލިމަކަށްވެސް އެންމެ މުހިންމު އެއް ދުޢާ-

يحيى بن معاذ رحمه الله ދުޢާދެންނެވިއެވެ!  

"يا ! އިބަރަސްކަލާނގެ ޚަޒާނާގައި އެންމެ ހެޔޮކަމުގައިވާ އީމާންކަން އަޅަމެންގެ ދެންނެވުމަކާނުލައި އަޅަމެންނަށް ދެއްވެވީމުއެވެ. يا ! އަޅަމެންގެ ދެނެވުމާއެކު، އިބަރަސްކަލާނގެ ފުއްސެވުމުން އަޅަމެން މަޙުރޫމުނުކުރައްވާނދޭވެ!" އާމީން 

ދުޢާއަކީ ވަރަށް ކުރު ދުޢާއެކެވެ. އެހެނަސް ކޮންމެ މުސްލިމަކަށްވެސް ވަރަށް މުހިންމު ދުޢާއެކެވެ. އެހެނީ ދުނިޔެއާއި އާޚިރަތުގައިވެސް ސަލާމަތްކަން ލިބުންވަނީ އެމީހެއްގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވެވުމުންނެވެ.  

"އަޅަމެންގެ ދެންނެވުމަކާނުލައި އަޅަމެންނަށް ދެއްވެވީމުއެވެ." ވިދާޅުވެފައިވާ ބަސްފުޅުގެ މާނަ ކަމަށް ބެލެވެނީ ނުވަތަ ސަބަބުކަމަށް ބެލެވެނީ އަހުރެމެން (މުސްލިމުން) ތަރުބިއްޔަތުވަނީ އީމާންކަންމަތީގައި ކަމަށްވުމެވެ. އެއީ ﷲ ތަޢާލާ ދެއްވަވާ ވަރަށް ބޮޑު ނިޢުމަތެކެވެ.  

މައްސަލައަކަށް ވަމުން މިދަނީ އެމަތިވެރި ނިޢުމަތް އަހުރެމެންނަށް ދޫކޮށްލެވޭ ކަމެވެ. މިބުނާ ވާހަކައަކީ ތިމާ މިހުރީ ﷲ ތަޢާލާއަށް އީމާންވެގެން ކަމަށް ދުލުން ބުނިނަމަވެސް ގިނަ ބައަކަށް އެކަން އެމީހުންގެ ޢަމަލުތަކުން ނުދެއްކޭ ކަމެވެ. އެފަދަ މީހުން އާޚިރަތް ދުވަހު ﷲ ތަޢާލާ އާއި ކުރިމަތިލާނީވެސް ކިހިނަކުން ހެއްޔެވެ؟  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން