ނަމާދުގަ ޚުޝޫޢަތްތެރިވުމަށް އެދޭމީހާގެ ކިބައިގަ ހުންނަން ޖެހޭ ސިފަތަކާއި ޢަމަލުކުރަންޖެހޭ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 25ސ
ނަމާދުގަ ޚުޝޫޢަތްތެރިވުމަށް އެދޭމީހާގެ ކިބައިގަ ހުންނަން ޖެހޭ ސިފަތަކާއި ޢަމަލުކުރަންޖެހޭ ކަންކަން-

ނަމާދުކުރުމުގައި އެންމެ މުހިންމު ކަމަކީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން މަސައްކަތްކުރުމެވެ. ﷲ ތަޢާލާ ޤަބޫފުޅުކުރައްވަވާ ފެންވަރުގައި ނަމާދުކުރެވޭނީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކޮށްގެން ކަމަށްވާތީއެވެ. ވީމާ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން މަސައްކަތްކުރުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ. 

ތިރީގައިވާ ލިޔުމުން އެކަމަށް އެހީތެރިވެދޭނެއެވެ. އިން ޝާ ﷲ 

ޚުޝޫޢަތްތެރިކަމަކީ ކޮބައިތޯއެވެ؟ ލުޣަވީގޮތުން (ބަހަވީގޮތުން) ޚުޝޫޢަތްތެރިކަމަކީ މަޑުމޮޅިކަމާއި މަޑުމައިތިރިކަމާއި ހިތް ޚަލާޞްކުރުން ކަމުގައި ބުނެވިދާނެއެވެ. ޝަރުޢީ އިޞްތިލާޙުގައި ވެސް         މި ކަލިމައިގެ މާނަ މި ގޮތަށް ނެގިދާނެއެވެ. ނަމަވެސް ކުޑަ ބަދަލަކާއެކުގައެވެ. އިޞްތިލާޙީ ގޮތުން (ޝަރުޢީ ގޮތުން) ޚުޝޫޢަތްތެރިވުމަކީ، ކުރާ އަޅުކަންތަކުގައި މާތް ﷲ އަށް ހިތް ނިޔަތް ޚަލާޞްކުރުމަށް ފަހު ނިކަމެތިކަމާއި ލޯތްބާއި މަޑުމޮޅިވެރިކަމާއި މަޑުމައިތިރިކަމާ އެކު އެ އަޅުކަމެއް ކުރުމެވެ. 

އަޅުކަން މާތް ގަބޫލުކުރައްވަނީ ދެ ޝަރުޠެއް އަޅުކަމެއްގައި ފުރިހަމަވުމުންނެވެ. އެއީ އެ އަޅުކަމަކީ މާތް އަށް އަދާކުރެވޭ އިޚްލާޞްތެރި އަޅުކަމަކަށް ހެދުމާއި، ޝަރުޢު ކުރައްވައިފައިވާ ގޮތަށް އެ އަޅުކަމެއް އަދާކުރުމެވެ. 

ޚުޝޫޢަތްތެރިވެވޭނީ ވެސް އިޚްލާޞްތެރިމާއެކު ކުރާ އަޅުކަމެއްގައެވެ. އިޚްލާޞްތެރިކަމެއް ނެތިއްޔާ، ޚުޝޫޢަތްތެރިކަމެއް ނުހުންނާނެއެވެ. ބިރުވެރިކަމެއް ނުހުންނާނެއެވެ. އެ އަޅުކަމެއްގައި މާތް މަތިވެރިކުރުމާއި، އެ އިލާހު ދެކެ ލޯބިވުމެއް އެކުލެވިފައެއް ނުވާނެއެވެ. 

ޚުޝޫޢުގެ މަޤާމަކީ ދުލާއި އަތްފަޔާއި ހިތްކަމުގައި ވެސް ބުނެވިދާނެއެވެ. ހިތް ޚުޝޫޢަތްތެރިވެއްޖެއްޔާ، އަތްފަޔާއި ދޫ ޚުޝޫޢަތްތެރިވާނެއެވެ. ނަމާދުގައި އަޅުގަނޑުމެންނަށް އަމުރުކުރެވިގެންވަނީ މި ގުނަވަންތައް ޚުޝޫޢަތްތެރިކުރުމެވެ. ނަމާދުގެ ރޫޙަކީ ވެސް ޚުޝޫޢަތްތެރިވުމެވެ. ބިރުވެތިވުމެވެ. މަޑުމޮޅިވުމެވެ. 

މިއީ މާތް ގެ ނިޢުމަތެކެވެ. އެކަލާނގެ ތައުފީޤުދެއްވާ އަޅަކަށް މެނުވީ ނުލިބޭނެ ދަރަޖައެކެވެ.         މި ދަރަޖަ އަޅަކަށް ލިބޭނީ، ނަމާދުން ބޭރުގައި ވެސް އެ އަޅާ މާތް އަށް ބިރުވެތިވެ ޚުޝޫޢަތްތެރިވާނަމައެވެ. ނަމާދުން ބޭރުގައި ވެސް މާތް ގެ އަމުރުފުޅުތަކާއި ނަހީތަކަށް ޚުޝޫޢަތްތެރިވާނަމައެވެ. އޭރުން އެ އަޅަކަށް ނަމާދުގައި ވެސް ފުރިހަމަ މާނައިގައި ޚުޝޫޢަތްތެރިވެވޭނެއެވެ. އެ ނަމާދުގައި އޭނާއަށް ޚުޝޫޢަތްތެރިކަމުގެ ލައްޒަތާއި ފޮނިކަން އިހުސާސްކުރެވޭނެއެވެ. އޭނާގެ ލޯ ކަރުނައިން ފޭދޭނެއެވެ. ނަމަވެސް ނަމާދުން ބޭރުގައި މުންކަރާތްތަކަށް އަރައިގަންނަ އަޅަކަށް މި ލައްޒަތެއް އިހުސާސެއް ނުކުރެވޭނެއެވެ. އޭނާގެ ގުނަވަންތައް މާތް ގެ ޙަޟްރަތާ ދުރުވެފައިވާ މިންވަރުންނެވެ. އެ ގުނަވަންތައް ނަމާދުގައި ވެސް އޭނާއަށް ތަބައެއް ނުވާނެއެވެ. ޚުޝޫޢަތްތެރި ކުރަން އުނދަގޫ ވާނެއެވެ. 

ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ވާޖިބެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. (( قَدْ أَفْلَحَ الْمُؤْمِنُونَ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ)) (އަލްމުއުމިނޫން 1-2) މާނައީ: " މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެ އުރެންނީ އެއުރެންގެ ނަމާދުގައި ޚުޝޫޢަތްތެރިވެ ތިބޭ މީހުންނެވެ." ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ (ރަޙިމަހު ) އެކަލޭގެފާނުގެ މަޖުމޫޢު ފަތާވާގައި (254/22) މަތީގައި ބަޔާންކުރި އާޔަތް ގެނެސްދެއްވަމުން ވިދާޅުވަނީ "މާތް ގެ މި ބަސްފުޅުން ޚުޝޫޢަތްތެރިވުމުގެ ވުޖޫބިއްޔަތަށް ދަލީލުކޮށްދޭ" ކަމަށެވެ. 

ޚުޝޫޢަތްތެރިކަމަކީ ހިތުގެ ސާފުކަމާއި ގުނަވަންތަކުގެ ތަޤްވާވެރިކަމުގެ ފޮނި މޭވާއެވެ. މި މޭވާ ހާސިލުކުރެވޭނީ، މާތް ރަނގަޅަށް މަޢްރިފާކޮށް ދަންނަން އެނގޭ އަޅަކަށެވެ. އަދި އެކަލާނގެ އަމުރުކުރެއްވި ކަންތައްތައް ދަނެ އެއަށް ޢަމަލުކުރާ އަޅަކަށެވެ. އަދި އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން އެއްކިބާވެގެން ހުންނަ އަޅަކަށެވެ. އަދި ރަސޫލާ صلى الله عليه وسلم އަށް އީމާންވެ، އެކަލޭގެފާނަށް ފުރިހަމަ މާނައިގައި އިއްތިބާޢުވާ މީހަކަށެވެ. ދެން މި ހުރިހައި ކަންތަކާ އިޚްލާޞްތެރިކަން ގުޅުވުމުންނެވެ. ޚުޝޫޢަތްތެރިކަން ފައްކާވެ ތާޒާވަނީ މި ދެންނެވި ކަންތައްތަކުގެ މައްޗަށެވެ. 

- ޝައިޚް ޝަފީޢު ޢަބްދުﷲ

މިއަދު އޮންލައިން