ޙައްޤުގެ މަގުގައި ޘާބިތުވުމަށް ބާރުދޭ ވަސީލަތްތައް- 4

ކިޔުމަށް ހޭދަވާނީ 5މ 31ސ
ޙައްޤުގެ މަގުގައި ޘާބިތުވުމަށް ބާރުދޭ ވަސީލަތްތައް- 4

ޢާއިޝަތު ރަފާޙް ޢަލީ

 

· ތަސްބީޙަކިޔުން 

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. 

وعن سعد بن أبي وقاص رضي الله عنه قال‏:‏ كُنَّا عِنْدَ رَسُولِ اللَّهِ صلى الله عليه وسلم فَقَالَ ‏“‏ أَيَعْجِزُ أَحَدُكُمْ أَنْ يَكْسِبَ كُلَّ يَوْمٍ أَلْفَ حَسَنَةٍ ‏“‏ ‏.‏ فَسَأَلَهُ سَائِلٌ مِنْ جُلَسَائِهِ كَيْفَ يَكْسِبُ أَحَدُنَا أَلْفَ حَسَنَةٍ قَالَ ‏“‏ يُسَبِّحُ مِائَةَ تَسْبِيحَةٍ فَيُكْتَبُ لَهُ أَلْفُ حَسَنَةٍ أَوْ يُحَطُّ عَنْهُ أَلْفُ خَطِيئَةٍ.‏“‏

މާނައީ:ސަޢްދު ބުން އަބީ ވައްޤާޞް رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންބޭކަލުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުގައި ވަނިކޮށް، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”ތިޔަބައިމީހުންގެ ތެރެއިން އެއްވެސް ބޭކަލަކަށް 1000 ހެޔޮކަން ހޯދުމަށް ކުޅަދާނަވެގެން ނުވޭ ހެއްޔެވެ؟“ ދެން އޭގެތެރެއިން އެއް ބޭކަލަކު ސުވާލު ދެންނެވިއެވެ. ”ތިމަންބޭކަލުން 1000 ހެޔޮކަން ހޯދާނީ ކިހިނެއްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”ދުވާލަކު 100 ފަހަރު سبحان الله ކިޔައިފި މީހަކަށް، 1000 ހެޔޮކަން ލިޔުއްވޭ ހުއްޓެވެ. ނުވަތަ 1000 ފާފަފުއްސަވައި ދެއްވާ ހުއްޓެވެ.“

ތަސްބީޙަ ކިޔުމަކީ ވަރަށް ޘަވާބު ހުރި ޢަމަލެކެވެ. އަޅުގަނޑުމެން ގޭތެރޭ މަސައްކަތުގައި އުޅޭއިރު، ނުވަތަ މަގުމަތީގައި އުޅޭއިރުވެސް ތަސްބީޙަ ކިޔުމަކީ އެކަމުގެ ފައިދާ ދިރިއުޅުމުގައިވެސް ކުރާނެ ކަމެކެވެ. 

މީގެ އިތުރުން ދާވޫދުގެފާނު ތަސްބީޙަ ވިދާޅުވާއިރު ފަރުބަދަތަކާއި ދޫނި ސޫފާސޫފިވެސް އެކަލޭގެފާނާ ބައިވެރިވާ ކަމަށް ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައިވެއެވެ. 

އަންބިޔާ ސޫރަތުގެ 79 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

فَفَهَّمْنَٰهَا سُلَيْمَٰنَ وَكُلًّا ءَاتَيْنَا حُكْمًا وَعِلْمًا وَسَخَّرْنَا مَعَ دَاوُۥدَ ٱلْجِبَالَ يُسَبِّحْنَ وَٱلطَّيْرَ وَكُنَّا فَٰعِلِينَ ‎﴿٧٩﴾‏

މާނައީ: "ފަހެ، ތިމަންރަސްކަލާނގެ سليمان ގެފާނަށް އެ حكم ވިސްނައިދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކަށްމެ حكمة އާއި، علم ދެއްވީމެވެ. އަދި داود ގެފާނާއެކުގައި، تسبيح ކިޔާ ތަކެތިކަމުގައި، ފަރުބަދަތަކާއި، ދޫނިތައްލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ (އެ ހުރިހާ ކަމެއް) ކުރެއްވީމެވެ. (79)" 

އަދިވެސް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. 

كَلِمَتَانِ خَفِيفَتَانِ علَى اللِّسَانِ، ثَقِيلَتَانِ في المِيزَانِ، حَبِيبَتَانِ إلى الرَّحْمَنِ: سُبْحَانَ اللهِ وَبِحَمْدِهِ، سُبْحَانَ اللهِ العَظِيمِ.

މާނައީ: ﷲ ގެ ޙަޟްރަތުގައި ދުލަށް ލުއިވެގެންވާ ދެކަލިމައެއް ވެއެވެ. އެ ދެކަލިމަ މީޒާނުގައި ބަރުވެގެންވެއެވެ. ރަޙްމާންވަންތަ ﷲގެ ހަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވެއެވެ. އެ ދެކަލިމައަކީ سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ الْعَظِيمِ»

މިއަދު އޮންލައިން