ބައިވެރިޔާގެ އަގު ވަޒަންނުކުރާނަމަ އެމީހަކާއެކު ދިރިއުޅެން މަސައްކަތްކުރުމުން އިތުރަށް އަނިޔާލިބުން ނޫންކަމެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ބައިވެރިޔާގެ އަގު ވަޒަންނުކުރާނަމަ އެމީހަކާއެކު ދިރިއުޅެން މަސައްކަތްކުރުމުން އިތުރަށް އަނިޔާލިބުން ނޫންކަމެއް ނުވާނެ!

ކައިވެނިކުރުމަށްފަހު ޖެހޭ މައްސަލަތައް ޙައްލުކޮށްގެން އެކުގައި ދިރިއުޅެން ަމސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މައްސަލައެއް ޖެހޭއިރަށް ދެމަފިރިން ވަކިވުމަކީ އެންމެ ފިނޑި މީހުންގެ ކަމެކެވެ. އެއީ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ. 

އެހެންކަމާއިއެކުވެސް ވަކިވުން މަޖުބޫރު ޙާލަތެއް އެބައޮތެވެ. އެއީ ބައިވެރިޔާގެ އަގުވަޒަންނުކުރުމެވެ. ކޮށްދޭ ރަނގަޅު ކަންކަން ޤަބޫލުނުކުރުމެވެ. ބަލައިނުގަތުމެވެ. އެސިފަ ހުރި މީހަކާއިއެކުގައި ދިރިއުޅެން މަސައްކަތްކޮށްފިނަމަ އިތުރަށް އަނިޔާ ލިބުން ނޫންކަމެއް ނުވާނެއެވެ. 

ކައިވެންޏަށްފަހު ކުރަން އެންމެ މުހިންމު އެއްކަމަކީ ބައިވެރިޔާގެ ރަނގަޅުކަން ބަލައިގަނެ ތައްރީފްކުރުމެވެ. ހިތްވަރުދިނުމެވެ. ބައިވެރިޔާއަށް އެހީތެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ. އެކަންކަން ނުކުރެވޭނަމަ ބައިވެރިޔާގެ ރީތިކަމުން އަދި ތަނަވަސްކަމުންވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. މާނައަކީ ދިރިއުޅުމަށް އުފާވެރިކަމެއް ނުލިބޭނެއެވެ. 

ދެން އޮތީ ބައިވެރިޔާގެ ކިބައިގައި ހުންނަ އުނިސިފަތައް ފާހަގަކުރުމެވެ. އެއީ ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް އޭނާ ފޫހިވެ މާޔޫސްވާނެ ގޮތަކަށް ނޫނެވެ. ރިވެތި ގޮތުގައެވެ. މަޖުބޫރުނުކޮށެވެ. ވިސްނައިދީގެންނެވެ. 

މިފަދަ ޒަމާނެއްގައި މަޖުބޫރުކުރުވައިގެން އެއްވެސް ކަމެއް ކާމިޔާބެއް ނުކުރެވޭނެއެވެ. ރުޅި އައުމުން ކައިވެނި ރޫޅާލެވިދާނެއެވެ. ނަމަވެސް އެއީ ކާމިޔާބީއެއް ނޫނެވެ. ކާމިޔާބީއަކަށްވާނީ ޖެހޭ މައްސަލަތައް ޙައްލުކޮށްގެން އެކުގައި ދިރިއުޅެވުމެވެ. 

- ދެމަފިރިންގެ މެދުގަ ޖެހޭ މައްސލަތައް ޙައްލުކޮށްދޭން މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގެ މީހަކު ދައްކާފައިވާ ވާހަކައަކުން  

މިއަދު އޮންލައިން