މިއީ އެންމެ ގިނައިން ހަނދުމަކޮށްދެވޭ އެއްކަންތަކެވެ. ފާފައެއް ކުރެވުމުން ނުވަތަ ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް މާޔޫސްވުމެއް ނެތެވެ. ފުރަތަމަ ސަބަބަކީ އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން އެއްވެސް ފާފައެއް ނުކުރާ މީހަކު ފަދައިން ލައްވަވާ ކަމެވެ. އެއިގެ އިތުރުން އެކަމަށް އެދިގެން މަސައްކަތްކުރުމުން އެމީހަކަށް ކުރެވުނު ފާފަތަކަކީ އެމީހަކަށް ކުރެވުނު ހެޔޮ ޢަމަލުތަކަކަށް ބަދަލުވެސް ކޮށްދެއްވަވަތެވެ.
ވިސްނާށެވެ! އިޚްލާޞްތެރި ތައުބާއަކުން ތައުބާ ނުވާހައި ހިނދަކު ކިތަންމެވަރަކަށް ތާހިރުކޮށް އޮފް އަރުވައި ގިރިޓީކުރި ނަމަވެސް ފާފައެއް ވާނީ ހަމަ ފާފައަކަށެވެ. އެއިގެ އަޞްލަކަށް އެއްވެސް ބަދަލެއް ދުވަހަކުވެސް ނުއަންނާނެއެވެ! އަދި ކީއްހެއްޔެވެ؟ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވެ ކުރާ ކޮންމެ ކަމަކީވެސް ފާފަފައެކެވެ. އެކަމެއްގެ ނިޞްބަތުން އެކަމަކަށް ޖަޒާ ދެއްވަވާނެތެވެ.
ނަމަވެސް މުސްލިމުންނަށް އޮތް ޚަބަރުގެ އުފާވެރިކަން މާބޮޑެވެ! އިޚްލާޞްތެރިކަމާއިއެކު ތައުބާވެ ހެޔޮ ޢަމަލުތައް ކުރުމުގައި ސާބިތުވުމުން އެމީހަކަށް ކުރެވިފައި ހުރި ހުރިހާ ފާފަތަކަކީ އަޅުކަމަށް ﷲ ތަޢާލާ ބަދަލުކޮށްދެއްވަވަތެވެ! ވީމާ ތައުބާވުމަށް އަވަސްވެގަންނާށެވެ!
ކުރިން ފާފަތަކެއް، ނުވަތަ ކިތަންމެ ގިނައިން ފާފަކުރެވިފައިވީނަމަވެސް މާޔޫސް ނުވާށެވެ! އިޚްލާޞްތެރިކަމާއިއެކު ތައުބާވުމާއިއެކު ކުރިން ކުރެވިފައިވާ ހުރިހާ ނުބައި ޢަމަލުތަކެއް އެކުގައި ފުހެވިގެ އެދިއައިއެވެ. ކުރިން ކުރެވުނު ހުރިހާ ފާފަތަކެއް ތިމާއަށް ޘަވާބު ދެއްވަވާނެ ހެޔޮ ޢަމަލުތަކަށް ބަދަލުކޮށްދެއްވަވާނެ އަޅުނަގެތެރޭގައި ހިމެނުމަށް އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާށެވެ! ކާމިޔާބުވާނެއެވެ! އިން ޝާ ﷲ
- މުފްތީ މެންކްގެ ދަރުސަކުން