ބައެއް ފަހަރު އަހަރެމެންނަށް ކުރެވޭ ފާފަތައް ﷲ ތަޢާލާ ފަޟީޙަތްކުރައްވަވަނީ އަހަރެމެންނަށް ރަޙްމަތަކަށެވެ! ލަދުގަނެ ބިރުން ނުފިލާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ބައެއް ފަހަރު އަހަރެމެންނަށް ކުރެވޭ ފާފަތައް ﷲ ތަޢާލާ ފަޟީޙަތްކުރައްވަވަނީ އަހަރެމެންނަށް ރަޙްމަތަކަށެވެ! ލަދުގަނެ ބިރުން ނުފިލާށެވެ!: މުފްތީ މެންކް

އެއްވެސް މީހަކަށް ކުރެވޭ ފާފައެއް ބޭޒާރުވެ ފަޟީޙަތްވުމަކަށް އެކަކުވެސް ނުއެދޭނެއެވެ. ނަމަވެސް ބޭޒާރުވެ ފަޟީޙަތްވެ އެވެ. އެންމެ ފަހަރުންވެސް އަދި އެތައް ފަހަރަކު އެތައް ފާފަތަކެއް ކުރެވޭ ފަހުންވެސް ބޭޒާރުވެ ފަޟީހަތްވެއެވެ. އެޙާލަތުގައި ގިނަ ބައަކު ދެރަވެ މާޔޫސްވެއެވެ. ލަދުން ފިލައެވެ. އެހެންކަމުން އެކަންކަން އެގޮތަށް ހިނގަން މެދުވެރިވާ ސަބަބަށް ކޮންމެވެސް ވަރަކަށް ބަލައިލާނަމެވެ. 

މީސްތަކުންނޭވެ! ތިއަބައިމީހުން ފާފަތައް ކުރަމުން ގެންދިއައިރު ﷲ ތަޢާލާ ވަނީ އެކަން މީސްތަކުންނަށް ވަންހަނާކުރައްވަވައިފައެވެ. ވީމާ ތިބާ ތައުބާވާން މަސައްކަތްކުރާއިރު، ނުވަތަ ތައުބާވުމުން ކުރިން ކުރެވިފައިވާ ފާފަތައް ބޭޒާރުކުރައްވަވައި ފަޟީޙަތްކުރައްވަވާނެ ކަމަށް ހީނުކުރާށެވެ!  

ބައެއް ފަހަރު ﷲ ތަޢާލާ، އަހަރެމެންނަށް ކުރެވޭ ފާފަތައް ފަޟީޙަތްކުރައްވަވަނީ އަހަރެމެންނަށް ރަޙްމަތަކަށެވެ. އެއީ އެކަމުގެ ސަބަބުން ކުރެވެމުން އައި ފާފަކުރުން ހުއްޓައިލުމަށް މަގުފަހިކުރައްވަވައި ދެއްވެވުމަށެވެ.  

މީހަކަށް ކުރެވޭ ފާފައެއް ފިރިމީހާއަށް، އަނބިދަރިންނަށް ނުވަތަ ޢާއިލާގެ ބައަކަށްވެސް އެނގި ހާމަވެދާނެއެވެ. ކަންބޮޑުނުވާށެވެ! އެކަމާއި ބައަކު ދެކެ ރުޅި އައުމުގެ ބަދަލުގައި އެއީ ތިމާއަށް ﷲ މިންވަރުކުރެއްވެވި ނިޢްމަތެއް ކަމުގައި ދެކޭށެވެ! އެހެނީ ﷲ ތައާލާ ތިބާ ދެކެ ލޯބިވެވޮޑިނުގަންނަވާނަމަ އެފާފަކުރުންމަތީގައި ތިބާއަށް ދެމިހުރެވޭނެ ގޮތް މިނަވަރުކުރައްވަވައި ދޫކޮށްލެއްވެވީހެވެ. ނަމަވެސް އެ ފާފަކުރުން ހުއްޓާލަން ޖެހޭނެ ފަދަ ގޮތަކަށް ކަންކަން މިންވަރުކުރެއްވެވުމުން އެނގިގެންދަނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ތިބާއަށް އޮތް މިންވަރެވެ.  

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ޙަޔާތުގެ ބައިވެރިޔާގެ ކިބައިން ނުބައި އަމަލެއް ފެނިއްޖެ ނަމަ އެއީ ދުނިޔެ ނިމޭވަރުގެ ބޮޑުކަމެއް ކަމުގައި ނުދެކޭށެވެ! އެފާފަފައަކީ އެކަމުގެ ސަބަބުން ޢާއިލާއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ނުދާނެވަރުގެ ކަމެއް ކަމުގައިވާނަމަ ބައިވެރިޔާއަށް މާފުކުރާށެވެ! އޭނާ ފަޟީޙަތް ނުކުރާށެވެ! އެހެނީ އެކަން ހާމަވެގެން ދިއުމަކީ އެކަމުގެ ސަބަބުން އޭނާ ތައުބާވެ މާ އުފާވެރި ޙަޔާތެއްގެ ފެށުން ކަމުގައި ވެގެންވެސް ހިނގައިދާނެ ކަމަށްޓަކައެވެ!  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން