ހަށިގަނޑު އެއްކޮށް ސިފަވާގޮތަށް ހުންނަ ޓްރޮފީ ފަދަ އެއްޗެހި ޢާންމުކޮށް ފެންނާނެ ގޮތަށް ގޭގަ ބެހެއްޓުން-: ރަޙްމަތުގެ މަލާއިކަތުން ގެއަށް ވަދެވަޑައިނުގަންނަވާނެ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ހަށިގަނޑު އެއްކޮށް ސިފަވާގޮތަށް ހުންނަ ޓްރޮފީ ފަދަ އެއްޗެހި ޢާންމުކޮށް ފެންނާނެ ގޮތަށް ގޭގަ ބެހެއްޓުން-: ރަޙްމަތުގެ މަލާއިކަތުން ގެއަށް ވަދެވަޑައިނުގަންނަވާނެ ސަބަބެއް!

އިންށާނެއްގެ ސިފަ އެއްކޮށް އެ ސިފަ ވާކަމަށް ވަންޏާ ވާނީ ހަމަ ސޫރައަކަށް. އެހެންވީމާ  އެ ފެންނަގޮތަށް ބަހައްޓައިގެން ނުވާނެ. އެއްކޮށް ސިފަވާ ކަމުގަ ވާނަމަ، އެ ފެންނަ ގޮތަށް ގޭތެރޭގަ ބަހައްޓައިގެން ނުވާނެ. ފެންނަގޮތަށް ގޭތެރޭގަ ބަހައްޓައިފި ކަމުގަ ވެއްޖެއްޔާ ރަޙްމަތުގެ މަލާއިކަތް ބޭކަލުން އެގެއަކަށް ވެދެވަޑައެއް ނުގަންނަވާނެ.  

އެއީ ރަސޫލުﷲ ޞައްލަﷲ ޢަލއިހި ވަސައްލަމަ ޙަދީޘާ ކުރައްވާފައިވަނީ " އެ ގެއެއްގައި ކުއްތާއެއް ވާ ގެއަކަށް އަދި އެ ގެއެއްގައި ސޫރައެއް ބެހެއްޓިފަވާ ގެއަކަށް ރަޙްމަތުގެ މަލާއިކަތް ބޭކަލުން ވެދެވަޑައެއް ނުގަންނަވާނެ ކަމަށް!. އެހެންވީމާ މީހެއެއްގެ ސިފަވާ ޓްރޮފީ ފަދަ އެއްޗެހި އެގޮތަށް ފެންނަގޮތަށް ބަހައްޓައިގެން ނުވާނެ. އޭރުން ރަޙްމަތުން މަހްރޫމް ވެގެން ހިނގައިދާނެ އެ ގެ. ﷲ ގެ ރަޙްމަތާއި ބަރަކާތުން އެ ގެ މަޙްރޫމް ވެގެން ހިނގައިދާނެ. އެއީ ރަޙްމަތުގެ މަލާއިކަތްބޭކަލުން ވެދެވަޑައި ނުގަންނަވަންޏާ އެ ގެއެއް ހަމަ ރަޙްމަތުން ބަރަކާތުން މަހްރޫމްވެގެން ދިއުން އެކަށީގެންވޭ. 

- ޝައިޚް މުޙައްމަދު އިބްރާހީމް

 

މިއަދު އޮންލައިން