ނުބައި އެކުވެރިންގެ ސަބަބުން ފާފަ ކުރެވުނަސް ދެރަވެ ކަރުއެލުވައިނުލާތި! އާދަމްގެފާނު ޢަމަލުކުރެއްވެވި ގޮތަށް ޢަމަލުކުރުމުން ސަލާމަތްވެވޭނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ނުބައި އެކުވެރިންގެ ސަބަބުން ފާފަ ކުރެވުނަސް ދެރަވެ ކަރުއެލުވައިނުލާތި! އާދަމްގެފާނު ޢަމަލުކުރެއްވެވި ގޮތަށް ޢަމަލުކުރުމުން ސަލާމަތްވެވޭނެ! އިން ޝާ ﷲ: މުފްތީ މެންކް

އަހަރެމެންގެ ތެރެއިން ބައެއް މީހުން ކަމަށް ބުނެގެން މިއަދަކު ނުފުދޭނެއެވެ. އެހެންވެ ބުނަން ޖެހެނީ ގިނަ މީހުންނަކީ ފާހިޝް ޢަމަލުތައް ކުރެވޭ މީހުންނެވެ. އަނެއްބައި މީހުންނަކީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ތަކެތި ކައިބޮއި ހެދޭ މީހުންނެވެ. ނުވަތަ އެހެންވެސް ފާފަތައް ކުރެވޭ މީހުންނެވެ.

އެހެނަސް މާޔޫސް ނުވާށެވެ! ﷲ ތަޢާލާ ތިމާގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމުގެ ޔަޤީންކަމާއިއެކު ފާފަ ފުއްސަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާށެވެ!

ނިކަން ވިސްނައިލަބަލާށެވެ! އާދަމްގެފާނަށް ވެސް ވަނީ އެކަލޭގެފާނަށް މަނާކުރެއްވެވުނު އެއްޗެއް ފަރިއްކުޅުއްވެވިފައެވެ. ﷲ ތަޢާލާ މަނާ ކުރެއްވެވި ކޮންމެ އެއްޗަކީ އެމީހަކަށް ޙަރާމް ކުރެއްވެވިގެންވާ އެއްޗެކެވެ. ވީމާ އާދަމްގެފާނަށް އެ ކުރެއްވެވުނީ ވަރަށް ބޮޑު ފާފައެކެވެ. އެހެންކަމާއިއެކުވެސް އެކަން ﷲ ތަޢާލާ ޢަފޫކޮށްދެއްވެވީ ކުރެއްވެވުނު ކުށް ޤަބޫލުފުޅު ކުރައްވަވައި އާދަމްގެފާނުގެ ދެކަނބަލުން ކުރެއްވެވި ރިވެތި ދުޢާގެ ސަބަބުންނެވެ.

"އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސްތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." (އަލްއައްރާފް: 23)

ކޮންމެ އިންސާނަކަށްވެސް ފާފަ ކުރެވެނެއެވެ! އެއީ އެއްވެސް ޝައްކެއް ކުރަން އޮތް ކަމެއް ނޫނެވެ! ހަމަ އެއާއިއެކު ޔަޤީންކުރަންވީ ކަމަކީ ފާފަކުރެވުމުން ތައުބާވެ، ކުރެވުނު ފާފަ ޢާއިމެދު ހިތާމަކޮށް. ފާފަ ފުއްސަވައި ދެއްވެވުން އެދި ދެނެނެވުމުން ފާފަ ފުއްސަވައި ދެއްވަވާނެ ކަމެވެ.

ކޮންމެ ރެއަކުވެސް އަދި ކޮންމެ ދުވަހަކުވެސް ކުރެވޭ ފާތަކަށް ހަމަ ވަގުތުން ތައުބާވަމުން ގެންދާށެވެ! ﷲ ތަޢާލާ ގެންދަވާނީ ފާފަތައް ފުއްސަވައި ދެއްވަވަމުންނެވެ! އިން ޝާ ﷲ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން