ސަމާލުކަންދޭންޖެހޭ ކަމެއް!: ތިމާއަށް ކުރެވޭ ކުށަކުން ލިބޭ ފާފައަށްވުރެ ﷲ ގެ ރަހްމަތުން އުންމީދު ކަނޑާލުމުން ލިބޭ ފާފަ މާބޮޑު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ސަމާލުކަންދޭންޖެހޭ ކަމެއް!: ތިމާއަށް ކުރެވޭ ކުށަކުން ލިބޭ ފާފައަށްވުރެ ﷲ ގެ ރަހްމަތުން އުންމީދު ކަނޑާލުމުން ލިބޭ ފާފަ މާބޮޑު!:  މުފްތީ މެންކް

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފުސްތަކުގެ މައްޗަށް ފާފައިން އިސްރާފް ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިއަބައިމީހުން ﷲ ގެ ރަހްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެއެވެ." (އައްޒުމަރު: 53)

" ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ." ވަޙީ ކުރައްވަވާފައި އޮތުމުން އެނގެނީ އެއްވެސް ފާފައެއް އިސްތިސްނާ ނުކުރައްވަވައި ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާނެ ކަމެވެ.

ހަމައެކަނި ވިސްނައިލަން ޖެހޭ ކަމަކީ މަރުވުމުގެ ކުރިން ތައުބާ ނުވެއްޖެ ނަމަ ނުފުއްސަވާނެ ފާފައަކީ ޝިރުކުރުން ކަމެވެ. ޝަރީކު ކުރާ މީހާ އެކަމަށް ތައުބާ ނުވެ ހުއްޓައި މަރުވެއްޖެ ނަމަ އެކަމުގެ ފާފަ ނުފުއްސެވި ނަމަވެސް އެހެން ފާފަތަކަށް އެކަލާނގެ އިރާދަކުރައްވަވާ އަޅުންނަށް ފާފަ ފުއްސަވައިދެއްވަވާނެތެވެ!

އޮނަސައްތަ އިސްމްފުޅުގައި ހިމެނޭ ﷲ ތަޢާލާގެ ނަންފުޅުތަކަށް ބަލާށެވެ! އެންމެ އޯގާތެރިވަންތަ، އެންމެ ދީލަތިވަންތަ، އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ފަދަ އެންމެހައި ނަންފުޅުތަކަށް އިތުބާރުކުރަންޖެހެއެއެވެ. އެކަން ނުކޮށް އީމާންކަން ފުރިހަމައެއް ނުވާނެއެވެ.

ﷲ ތަޢާލާގެ ރަހްމަތުން އުންމީދު ކަނޑައިލުމަކީ ކުރެވޭނެ އެންމެ ބޮޑު އެއް ފާފައެވެ. ޙަރާމް ކަމަކަށް އަރައިގަތުން ފަދަ ކަމެއް ކުރެވިގެން ކުރެވުނު ފާފައަށްވުރެ މާބޮޑު ފާފައެކެވެ. އެހެނީ މީހަކު މަރުވުމުގެ ކުރިން އިޚްލާޞްތެރިކަމާއިއެކު ތައުބާ ވެއްޖެ ނަމަ ހުރިހާ ފާފަތަކެއް، ޝިރުކުކުރުން ހިމެނޭ ގޮތުން، ފުއްސަވައިދެއްވަވާނެކަން ﷲ ތަޢާލާގެ ވަޙީބަސްފުޅުން އެއޮތީ ފެންނާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން