އަނބިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި ފާރަވެރިވުމާ ވަށައިގެން ބޮޑީގާޑުން ބޭތިއްބުމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އަނބިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި ފާރަވެރިވުމާ ވަށައިގެން ބޮޑީގާޑުން ބޭތިއްބުމެއް ނޫން!

އިސްލާމް ދީނުގައި ބަޔާންކުރައްވަވާފައި އޮތީ އަނބިމީހާގެ ބެލެހެއްޓުންތެރިއަކީ ފިރިމީހާ ކަމަށެވެ. އަނބިމީހާއަށް ބޭނުންވާ ރައްކައުތެރިކަންވެސް ފޯރުކޮށްދޭން ޖެހޭނެކަމަށެވެ. މިތަނުގައި މިބުނެވޭ ރައްކައުތެރިކަމުގެ މާނައަކީ ހަމައެކަނި ފާރަވެރިވުމާއި ވަށައިގެން ބޮޑީގާޑުން ބޭތިއްބުމެއް ނޫނެވެ. 

އަނބިމީހާގެ ޙާލުބަލައި އެހީތެރިވުމާއި ބެލެހެއްޓުމާއި ލިބޭ މިންވަރަކުން އަނބިމީހާގެ ބޭނުންތައް ފުއްދައިދިނުންވެސް ހިމެނެއެވެ. އެހެންކަމުން ހަމައެކަނި ޚަރަދުކުރުމަކުން ނުފުދޭނެއެވެ. ލޯތްބާއި އަޅައިލުންވެސް ދޭންޖެހޭނެއެވެ.   

އެންމެ ރަނގަޅު ފިރިންނަކީ މިކަންކަމަށް ވިސްނައި ޢާއިލާއަށް އަޅާލައި ޢާއިލާގެ ހުރިހާ ކަންކަން ބަލަހއްޓާ މީހެކެވެ. ގޭތެރޭގައި އުފާވެރިކަން ބާއްވަން މަސައްކަތްކުރާ މީހެކެވެ. ޢާއިލާގެ ޒިންމާތައް އުފުލާ މީހެކެވެ. 

އެންމެ ރަނގަޅު ފިރިއަކު ކަމަށް ވެވޭނީ ޢާއިލާއަށް ވަޤުތުދީގެންނެވެ. ޢާއިލާއާއިއެކު ގިނަ ވަޤުތު ހޭދަކޮށްގެންނެވެ. އެމީހެއްގެ ކަންކަން ބަލަހއްޓަން އެންމެ އަޢުލާކަންބޮޑީ އެމީހެކެވެ. ވީމާ ޢާއިލާގެ ހުރިހާ ކަންކަން ބަލަހައްޓަން ނޯކަރުން ބައިތިއްބައި ހުރިހާ ކަމެއް ނޯކަރުންނާ ޙަވާލުކޮސްފައި ޢާއިލާއަށް ނުފެނި މުޅި ދުވަސް ހޭދަކުރުމަކީ ޒިންމާދާރު ފިރިންގެ ގޮތަކަށް ވެގެނެއް ނުވާނެއެވެ. 

ޢާއިލާގެ އުފާވެރިކަން ދެމިއޮންނާނީ މިކަންކަމަށް ސަމާލުކަންދިންވަރަކުންނެވެ. އަނބިދަރިންގެ ލޯބި ލިބެނީވެސް އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން