ރުކޫޢޫގަ އޮންނައިރު ބުރަކަށި ތެދުކުރަންވީ މިންވަރު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ރުކޫޢޫގަ އޮންނައިރު ބުރަކަށި ތެދުކުރަންވީ މިންވަރު-

ރުކޫއުގައި އޮންނައިރު ބުރަކަށިމަތީގައި ފެންބޯތައްޓެއް ބެހެއްޓީމާ ނުވެއްޓޭވަރަށް ސީދާކޮށްފައި ބަހައްޓާށެވެ! މާނައަކީ ވީހާ ބޮޑަށް މައިބަދަ ތެދުކުރާށެވެ! އެއީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ބެހެއްޓެވި މިންވަރުކަން ޢަލީގެފާނުގެ ބަސްފުޅަކުން އެނގެން އޮތުމުންނެވެ.

 

އެކަން ބަޔާންކޮށް ޝައިޚް މުޙައްމަދު މޫސާގެ ދަރުސެއް ވާނީ ދާދިފަހުންވެސް ގެނެސްދެވިފައެވެ. ތަކުރާރުކޮށް މިލީ ބައެއް މީހުން ވަރަށް ބޮޑަށް ބޯ ތިރިކުރާތީ އާއި އަނެއްބައަކު ބޯތެދުކުރާތީ ބައެއް ކިޔުންތެރިން ސުވާލުކުރައްވަމުން ގެންދަވާތީއެވެ.

ސުވާލު:. ހަތަރު ރަކުޢަތުގެ ނަމާދެއް ކުރިއިރު އިތުރަށް ރަކުޢަތެއް ކުރެވޭކަން އެނގުމުން ކިހިނެއްތޯ އެވަގުތު ހަދަންޖެހޭނީ؟ 

ޖަވާބު:. އިތުރު ރަކުޢަތެއްކަން ޔަގީންވާނަމަ ތެދުވެގެން ނުވާނެއެވެ.  އިތުރު ރަކުޢަތް ފުރިހަމަ ކުރިފަހުން އެކަން އެނގިއްޖެނަމަ ސަލާމްދީފައި ކުށުސަޖިދަ ޖަހާނީއެވެ.

--ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް.

 

 

މިއަދު އޮންލައިން