ހަނދުމަކޮށްދިނުމެއް!: ކީރިތި ޤުރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛްކިޔައި ޝައިޠޯނާ ފައިސާލުމަކީ ކުރަން ﷲ އަންގަވާފައިވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ހަނދުމަކޮށްދިނުމެއް!: ކީރިތި ޤުރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛްކިޔައި ޝައިޠޯނާ ފައިސާލުމަކީ ކުރަން ﷲ އަންގަވާފައިވާ ކަމެއް!

އަހަރެމެން ޤުރްއާން ކިޔަވަން އިށީންނަނީ ނުވަތަ ފަށައިގަންނަނީ ވަރަށް ޝައުޤުވެރިކަމާއިއެކުގައެވެ. އެހެނަސް ކިޔަވަން ފަށާއިރަށް ޝައިޠޯނާ، އޭތީގެ ވަސްވާސްތައް ބޮލަށް ވައްދުވަން ފަށައެވެ. ނަމާދުގައި ހުންނައިރު އުނދަގޫކުރާ ފަދައިން އުނދަގޫކުރަން ފަށައެވެ. ނުކުރެވި ހުންނަ ކަންކަން ހަނދާންކޮށްދީ ވިސްނުން އެހެން ކަންކަމަށް ބަދަލުކުރުވައެވެ.  

މިޙާލަތުން ސަލާމަތްވެވޭނެ ގޮތަކާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. އެހެންކަމުން އުންމީދުކުރަނީ ތިރީގައިވާ ލިޔުމުން ޙައްލެއް ލިބިގެންދާނެ ކަމަށެވެ. 

ޤުރުޢާން ކިޔެވުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ޤުރުޢާން ކިޔަވަން ފެށުމުގެ ކުރިން ’’އަޢޫޒް“ ކިޔުމެވެ. ﷲ ސުބްޙަނަހޫ ވަތަޢާލާ ކީރިތި ޤުރުޢާންގައި ވަކީކުރައްވަނީ "ތިޔަބައިމީހުން ގުރުޢާން ކިޔަވަން ފަށާކަމުގައިވަނީނަމަ ﷲ ސުބްޙަނަހޫ ވަތަޢާލާގެ ހަޟްރަތަށް އެދި ދަންނަވާށޭ. ލަޢުނަތް ލެއްވިގެންވާ ޝައިޠަނާގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުމަށް!"  

"ފަހެ، ކަލޭގެފާނު ޤުރްއާން ކިޔަވައި ވިދާޅުވާނަމަ، ފަހެ، ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠޯނާގެ ކިބައިން ދުރުކުރެއްވުންއެދި، ﷲ ގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ!" (އައް ނަޙްލް: 98) 

ސަބަބަކީ ޝައިޠާނާ އަބަދުވެސް މަސައްކަތް ކުރާނީ ﷲގެ އަޅުތަކުން ﷲގެ ފޮތާއި ދުރަށްގެންދިއުމަށެވެ. "އެހެންވީމާ އެޝައިޠާނާގެ ވަސްވާސްތަކުން ތިޔަބައިމީހުންނަށް ސަލާމަތްކަން ދެއްވުން އެދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި ދުޢާކުރާށޭ ޤުރުޢާން ކިޔަވަން ފެށުމުގެ ކުރިން."  

(ބޮޑެތި ގިނަ ދީނީ ޢިލްމުވެރިން ދަރުސްތައް ދެއްވަވާއިރުވެސް ކީރިތި ޤުރްއާނުގެ އާޔަތެއް ނުވަތަ އާޔަތަކުން ބައެއް ވިދާޅުވާ ނަމަވެސް އަޢޫޛް ވިދާޅުވާކަން ފާހަގަކުރެވެއެވެ.) 

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން

 

 

މިއަދު އޮންލައިން