ތިބާއަށްވެސް އެންމެފަސޭހައިން ސުވަރުގެ ވަދެވެން އޮތް ޢަމަލު- ކުރަން ހަމަ ވަރަށް ފަސޭހަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ތިބާއަށްވެސް އެންމެފަސޭހައިން ސުވަރުގެ ވަދެވެން އޮތް ޢަމަލު- ކުރަން ހަމަ ވަރަށް ފަސޭހަ!

އިސްލާމް ދީނުގައި ފަރުޟު ކުރައްވަވާފައިވާ ކަންކަމަށްބަލާއިރު ޒަކާތްދޭން ދޭންޖެހެނީ ތަނަވަސްކަން ހުރިނަމަ އެވެ. ޙައްޖުވާންޖެހެނީވެސް ތަނަވަސްކަމާއި ކުޅަދާނަކަން އެމީހަކަށް ލިބިގެންވާނަމައެވެ. ނަމާދުކުރުމާއި ރޯދަ ހިފުމަކަށް ތަނަވަސްކަން ބޭނުމެއް ނުވެއެވެ.

ތަނަވަސްކަން ނެތުމުން ޒަކާތް ވާޖިބުނުވާތީ ޒަކާތް ނުދެއްކުނަސް އަދި ތަނަވަސްކަން ނެތިގެން ޙައްޖު ނުވެވުނަސް ކަންބޮޑުވާކަށް ނުޖެހެއެވެ. އެމީހަކަށް ސުވަރުގެ ލިބުމަށް އެއްވެސް ހުރަހެއް ނެތަތީއެވެ. ނަމަވެސް އެންމެ ގިނަ ބައަކު ކަންބޮޑުވަނީ ޙައްޖުނުވެވޭތީއެވެ.

ހަމަ ޤައިމުވެސް އެންމެ ގިނަ ބައަކު ސުވަރުގެ ވައްދަވާނެ 2 ޢަމަލުކުރަން އެއްވެސް ތަނަވަސްކަމަކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް އެންމެ ގިނަ ބައަކު އެންމެ ބޮޑަށް އިހްމާލުވަނީ އެ 2 ކަންތަކުގައެވެ.

ގުޅުންހުރި ލިޔުން:

އެންމެ ގިނަ ބައަކު ސުވަރުގެ ވައްދަވާނެ ސަބަބު ކަމުގައި ނުވަތަ ޢަމަލުކަމުގައި ޙަދީޘުން ފެންނަން އޮތީ ސުވަރުގެ ޙާޞިލްކުރަންއެދޭ ހަމަ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ކުރެވޭނެ 2 ކަމެކެވެ.

އަބޫހުރައިރާ ރަޟިޔަﷲ އަންހުގެ ކިބައިން ރިވާވެގެން ވެއެވެ.

ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމް އާ ސުވާލުކުރެވުނެވެ. "މީސްތަކުން އެކަމެއްގެ ސަބަބުން އެންމެ ގިނައިން ސުވަރުގެ ވައްދަވަނީ ކޮންކަމަކާއި ގުޅިގެންތޯއޭ؟"

ޖަވާބުގައި ހަދީޘްކުރެއްވެވިއެވެ. " އެންމެ ގިނައިން މީހުން ސުވަރުގެ ވެއްދެނީ ﷲ އަށް ތަޤުވާވެރިވުމާއި އަދި ރިވެތި އަޚްލާޤް ގެ ސަބަބުންނެވެ!"

ސުވަރުގެވަންތަ ވެރިން ސުވަރުގެ ވަދެވުން އެސިފަތަކެއް އަޅުގަނޑުމެންގެ ކިބައިގައި ހުރެއްޖެކަމުގައިވާނަމަ ﷲ ގެ ރަހުމަތުގެ ގޯތި، ސުވަރުގެ ޙާޞިލްކުރެވޭނެ ވަރަށް ގިނަ ކަންތައްތަކެއް މިދަނީ ހާމަކުރެވެމުންނެވެ.

އެހެންވީމާ މިސިފަތައް ފުރިހަމައަށް އަޅުގަނޑުމެންގެ ކަބައިގާ އަށަގަނެވޭތޯ ގަދައަޅާ މަސައްކަތް ކުރަމާ ހިނގާށެވެ!

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން

 

މިއަދު އޮންލައިން