ހުކުރު ދުވަހާ ގުޅުވައިގެން ޖުމްޢަ މުބާރިކް ކިޔުމުގެ ބަދަލުގަ ހުކުރު ދުވަހު ކުރަން ސުންނަތުން ޘާބިތުވާ ކަމެއްކުރަން ހަނދާންކޮށްދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ހުކުރު ދުވަހާ ގުޅުވައިގެން ޖުމްޢަ މުބާރިކް ކިޔުމުގެ ބަދަލުގަ ހުކުރު ދުވަހު ކުރަން ސުންނަތުން ޘާބިތުވާ ކަމެއްކުރަން ހަނދާންކޮށްދޭށެވެ!

މުސްލިމުން ފާހަގަކުރާ ދުވަސްތަކަކީ 2 ޢީދު ދުވަހެވެ. ޢީދު ދުވަސް އައުމުން މުސްލިމް ބައްދަލުވާ ހިނދު ޢީދު މުބާރިލް ކިޔަމުއެވެ. އެއީ ޢީދު ދުވަހަށްމަރުޙަމާ ކިޔުމަށެވެ. ޢިދު ދުވަހުގެ ހެޔޮ އެދުމާއި ތަހްނިޔާ ކިޔުމަށެވެ. 

ޢީދު ދުވަހަކު ޢީދު މުބާރިކް ކިޔުމުގެ ކުރިންވެސް ފުރަތަމަ ކަމަކަށް މުސްލިމުންގެ ސަލާމް ގޮވަންވާނެއެވެ. އެންމެ ކުޑަމިނުން "އައްސަލާމް ޢަލައިކުމް" ކިޔަންވާނެއެވެ. އެހެނީ އެއީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ. ﷲ ތަޢާލާގެ އެންގެވުމެކެވެ. ޢީދު މުބާރިކް ކިޔުން އޮތީ އެއިގެ ފަހުންނެވެ. 

ދެން އޮތީ ރަމަޟާން މަސް ލައިގަތުމުން ރަމަޟާން މުބާރިކް ނުވަތަ ރަމަޟާން ކަރީމް ކިޔުމެވެ. އެއީ ކުރަން މައްސަލައެއް ކަމެއް ނޫނެވެ. އެހެނީ ރަމަޟާން މަސް ލައިގަތުމުން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޞަޙާބީންނަށް ރަމަޟާންމަހުގެ މަތިވެރިކަމާއި އެމައްސަރުން ޙާޞިލްކުރެވެން އޮތް ދަރުމަ ބަޔާންކޮށްދެއްވެވިއެވެ.

https://islamqa.info/en/answers/12616/can-you-say-ramadan-mubarak-or-ramadan-karim 

ޖުމްޢަ މުބާރިކް ކިޔުމަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް ޞަޙާބީންވެސް އަދި ތާބިޢީ ބޭކަލުންވެސް ކުރެއްވެވި ކަމެއް ނޫނެވެ. ވީމާ އެއީ ޘަވާބުލިބޭނެ އަޅުކަމެއްކަމަށް ބަލައިގެން އެކަންކޮށްފިނަމަ އެކަންވާނީ އަލަށް އުފައްދާ ކަމަކަށެވެ. ބިދުޢަ އަކަށެވެ.

 

ނަމަވެސް ހުކުރު ދުވަސް ކައިރިވުމުން ނުވަތަ ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔެވުން، ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތްކިޔެވުން ގިނަކުރަން، ދުޢާކުރުން ގިނަކުރަން، ހެޔޮޢަމަލުތައް ކުރުން ގިނަކުރުން ފަދަ ކަންކަން ކުރަން މީސްތަކުންނަށް ހަދުމަކޮށްދިނުމަކީ އެކަމުން އެމީހަކަށް ފައިދާކުރާނެ ކަމެކެވެ. 

https://islamqa.info/en/answers/134741/can-we-say-jumuah-mubarakah 

އެހެނީ ހެޔޮކަމެއް ކުރަން ހަނދާންކޮށްދިނުމުން އެއްވެސް މީހަކު އެކަންކޮށްފިނަމަ ހަނދާންކޮށްދިން މީހާއަށްވެސް އެކަމުގެ ޘަވާބު ދެއްވަވާނެތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން