އަންހެނުން ބައިވަރެވެ! ނަމަވެސް މިސިފަތައް ހުރި ޙަޤީޤީ އަންހެނަކު ޙަޔާތަށް ލިބިއްޖެނަމަ ނަމަނަމަ ދޫކޮށްނުލާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އަންހެނުން ބައިވަރެވެ! ނަމަވެސް މިސިފަތައް ހުރި ޙަޤީޤީ އަންހެނަކު ޙަޔާތަށް ލިބިއްޖެނަމަ ނަމަނަމަ ދޫކޮށްނުލާތި!

ޙަޤީގީ އަންހެނުންނަށް ތިބާގެ ފައިސާއާކީ އެއްވެސް އެއްޗެއް ނޫނެވެ. އޭނަ އަގުކުރާނީ ފައިސާއެއް ނޫނެވެ. ލޯތްބެވެ!  

ތެދުވެރި ހިތެއްގެ ވެރި އަންހެނަކު ދުވަހަކުވެސް ފައިސާއަށްޓަކައި ފިރިހެނަކު ބޭނުމެއް ނުވާނެއެވެ. ފެންވަރުގެ ޕާޓީތަކާއި އަގުބޮޑެތި ކާރުތަކަކަށް އޭނާ ފަހަރެއްގައިވެސް ބޭނުމެއް ނުވާނެއެވެ. ބޭރުޤައުމުތަކުގައި ޗުއްޓީ ހޭދަކޮށްލުމާއި، އޭނަ ލާ އަންނައުނުގެ ބްރޭންޑް އޭނައަކަށް މުހިއްމެއް ނުވާނެއެވެ. ތެދުވެރި އަންހެނެއްގެ ހިތް ފަތަހަ ކުރެވޭނެ ހަމައެކަނި ގޮތަކީ ފިރިހެނެއްގެ ތެދުވެރި ލޯތްބެވެ. 

ފިރިހެނެއްގެ ފަރާތުން އޭނާ އުއްމީދު ކުރާ ކަންކަން ފައިސާއަކުން އަގެއް ނުކުރެވޭނެއެވެ. އެ އަގުކުރެވޭނީ އެމީހެއްގެ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި އަދި އޭނާއަށްޓަކައި އޮތް އިޙްތިރާމެއްގެ މައްޗަށެވެ. އަބަދުވެސް އޭނާއަކީ އެންމެ މުހިއްމު މީހާގެ ގޮތުގައި އަގުވަޒަންކޮށްގެންނެވެ.  

ތެދުވެރި ސާދާ އަންހެނަކު ފިރިހެނަކު ހޯދުމުގައި ބަލާނީ އޭނާގެ މޫޑު ރުޅިވެރިކަމުން ހިނިތުންވުމަށް ބަދަލު ކޮށްލަދެވޭ ވަރުގެ މީހެކެވެ. ތިބާގެ އަމިއްލަ ނަފްސު ތިބާއަށް އެނގޭވަރަށް އެނާ އެނގޭވަރުގެ މީހެކެވެ. އޭނާގެ ކިބައިން ކުށެއް ނުފެންނަހައި ހިނދު ދުވަހަކުވެސް އޭނާ އާއިމެދު ޝައްކުކޮށް ސުވާލު ނުއުފައްދައި، އޭނައަށް އިޙްތިރާމް ކުރާނެ މީހެކެވެ.

ވީމާ މިސިފަތައް ހުރި ޙަޤީޤީ އަންހެނަކު ލިބިއްޖެނަމަ ދޫކޮށްލަން ހެޔޮނުވާނެއެވެ. މަސައްކަތްކުރަންވާނީ ޢުމުރަށް އެކުގައި އުޅެވޭތޯއެވެ.

 

- ޝަމްސް

މިއަދު އޮންލައިން