ގެފުޅަށްވާ ސަރަޙައްދަކީ ކޮބާ؟ ކޮން ސަރަޙައްދެއްގައި ނަމާދު ކުރުމުންތޯ ފުރިހަމަ ޢަޖުރު ލިބޭނީ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ގެފުޅަށްވާ ސަރަޙައްދަކީ ކޮބާ؟ ކޮން ސަރަޙައްދެއްގައި ނަމާދު ކުރުމުންތޯ ފުރިހަމަ ޢަޖުރު ލިބޭނީ؟

އާދެ، މިހާރު ޙަދީޘް ގަ މި އިންނަނީ --- "މަސްޖިދުލް ޙަރާމް ގައި ކުރެވޭ ނަމާދެއް، އެނޫން މިސްކިތެއްގަ ކުރެވޭ އެއްލައްކަ ނަމާދާ އެއްވަރެވެ. " މަސްޖިދުލް ޙަރާމް ގަ ކުރެވޭ ކޮންމެ ނަމާދެއް، އެއްލައްކަ ނަމާދުގެ ޘަވާބު އެބަ ލިބޭ. މަސްޖިދުލް ޙަރާމް އޭ މިކިޔަނީ މަސްޖިދުލް ހަރާމަކީ އެ ސަރަޙައްދަށް. އެ މިސްކިތައް ވާ ސަރަޙައްދު. އެ ހަމަ އެންމެންނަށްވެސް އެނގޭނެ. އެތަނަށް ގޮއްސި ކޮންމެ މީހަކަށް އެނގޭނެ އެ ހަރަމްފުޅު، ނަމާދުކުރެވޭ މަސްޖިދު މި ކިޔަނީ މަސްޖިދުލް ހަރާމްއަކި ކޮބައިތޯ. އޭނީ ވަކިން ހަމަ މިސްކިތް އޭނީ ފެންނަން އެނގެން، އެތާކު ގެފުޅެއް ނުހިމެނޭނެ، ގެފުޅަކީ ޤިބުލަ. ގެފުޅަކީ ޤިބުލަ. ގެފުޅެއް ނުއެއްހިމެނޭނެ މަސްޖިދުލް ޙަރާމަކު. މަސްޖިދުލް ޙަރާމް މިކިޔަނީ ނަމާދު ކުރާ މިސްކިތަށް. އެ ގެފުޅު ވަށައިގެން އޭނީ އަޅާފަ. އެ މިސްކިތް ހަމަ ބޮޑުވެގެން ދާވަރަކަށް އެ މިސްކިތް އެ ނަމާދު ހަމަ އެތާނގަ ޝާމިލް ވެގެން ދާނެ. ހަމަ އެ އަޖުރު ލިބިގެން ދާނެ. 

މިހާރު އެ ހަމަ ކޮންމެ ވެރިއަކު އައިސް އެބަ ބޮޑު ކުރޭ އެ މިސްކިތް. ކޮންމެ ވެރިއަކުވެސް އައިސް ބޮޑުކުރޭ އެ މިސްކތް. ހަމަ ބޮޑުކުރިވަރަކަށް އެ ޝާމިލް ވެގެންދާނެ، އެ މިސްކިތައް އޭރުން ވެގެން ދާނީ ހަމަ. ދެން ހަރަމްފުޅު އަދި އެއީ ވަކިތަނެއް އެއީ. މިހާރު މައްކާގެ ހަރަމްފުޅުވެސް އިންނާނެ ވަކިކޮށްފަ، ހަރަމްފުޅަށް ވާ ސަރަޙައްދު. އެތާންގަ ވަކި ހުކުމްތަކެއް މި ހުންނަނީ، އެތާންގަ އެއީ ނަމާދަކުން އެއަޖުރެއް ނުލިބޭނެ. އެތާންގަ މިސާލަކަށް އެ ޙަރަމްފުޅުގެ ތެރޭގަ ހުންނާނެ ބައިވަރު މިސްކިތްތައް. އެއިން މިސްކިތެއްގަ ކޮށްގެންނެއް އެއަޖުރެއް ނުލިބޭނެ. ހަމަ މަސްޖިދުލްޙަރާމްގަ ނަމާދެއް ކޮށްފިއްޔާ އެއްލައްކަ ނަމާދުގެ ޘަވާބު ލިބޭނީ، މަސްޖިދުލްޙަރާމްގެ ތެރޭގަ. އެ މިސްކިތައް އެވާ ސަރަޙައްދުގެ ތެރޭގަ އެ ނަމާދު ކުރީމަ އެއްލައްކަ ނަމާދުގެ ޘަވާބު ލިބޭނީ.

 

- ޝައިޚް މުޙައްމަދު އިބްރާހީމް

 

މިއަދު އޮންލައިން