ވިހައިގެން ތިންމަސްވީ އިރުވެސް ނިފާސްކަމުގެލޭ ފެންނަނަމަ ނަމާދުކުރަން ކަންތައް ކުރަންޖެހޭގޮތެއް ބުނެވިދާނެތޯ؟
ޖަވާބު:. ނިފާސްގެ އެންމެ ދިގުމުއްދަތަކީ 40 (ސާޅީސް) ދުވަހެވެ. އެއަށްވުރެ އިތުރު ވާނަމަ އެއީ އިސްތިޙާޟާއެވެ. މިޙާލަތުގައި ނިފާސް ރަނގަޅުވީކަމަށް ބަލައި ހިނައިގަންނާނީއެވެ. އަދި ކޮންމެނަމާދަކަށް ވުޟޫ އާކޮށްގެން ނަމާދުކުރާނީއެވެ.
- ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް.
މަސައްކަތްކުރަންވީ ޢުޛުރެއް ނުވަތަ ބަހަނާއެއް ދައްކައިގެން ނަމާދުނުކޮށް ހުރުމަކަށް ނޫނެވެ. ދީނުގައި އޮތް ގޮތަށް ޢަމަލުކޮށް ނަމާދުކުރުމަށެވެ. ނަމާދުތަކަށް ރައްކައުތެރިވުމަށެވެ.