ބިރުވެތިވާންޖެހޭ ކަމެއް!: ކޮންމެ މީހަކަށްވެސް އެނގުނު މިންވަރަށް ޢަމަލުކުރި މިންވަރާއިމެދު ސުވާލުކުރައްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ބިރުވެތިވާންޖެހޭ ކަމެއް!: ކޮންމެ މީހަކަށްވެސް އެނގުނު މިންވަރަށް ޢަމަލުކުރި މިންވަރާއިމެދު ސުވާލުކުރައްވަވާނެ!

އަބޫ ދަރުދާ ވިދާޅުވިއެވެ.

"ތިބާ، އުނގެނުމުންނޫނީ ދަންނަމީހަކަށް ނުވަމު. އަދި ޢެނގެނުނު އެއްޗަކަށް ޢަމަލުކުރުމުންނޫނީ އުނގެނުނު މީހަކަށްނުވަމު. އަދި އަހުރެން އެންމެ ބިރުވެތިވަނީ ޙިސާބުބެއްލެވުމަށް ހުށްޓޭހިނދު، "ތިބާއަށް ދެއްވެވި ޢިލްމަށް ޢަމަލުކުރިންހޭ" މިފަދައިން ސުވާލުވެވޭނެތީއެވެ!"

މިއީ ހަމަ ކޮންމެ މުސްލިމަކުވެސް ވިސްނާލަންޖެހިފައިވާ ކަމެކެވެ. ކޮންމެ މީހަކީ އެންމެ ބޮޑު ޢިލްމްވެރިއަކު ކަމުގައި ނުވެދާނެއެވެ. ނަމަވެސް ކޮންމެ މުސްލިމަކަށްވެސް އެނގޭ ކަންތައްތަކެއް ހުންނާނެއެވެ. އެނގޭ މިންވަރެއް އޮންނާނެއެވެ. އެމިންވަރަކުން ޢަމަލުކުރާ މީހަކު ކަމުގައިވާށެވެ!

އަބޫ ދަރުދާ އެވިދާޅުވާ ޙާލަތުގައި ސަލާމަތްކަމާއި އުފާވެރިކަން ލިބޭނީ އެއިރުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން