އަނބިމީހާގެ ބަލިޙާލު ހުންނަ ގޮތުން ޖިމާޢުނުވެވޭނަމަ ލިވާޠުކުރުން ހުއްދަވާނެތޯ؟ އެކުވެރިއަކަށް މިކަމުގަ ބޮޑެތި ސުވާލުތަކެއް އުފެދިގެން އުޅޭތީ އޮޅުންފިލުވާލަން ބޭނުންވަނީ!
ކިޔުންތެރިޔާއަށް ބުނެލަން އޮތީ މިހާރަކަށް އައިސް ބައެއް މީހުންގެ ޢަމަލުތަކާއި ވާހަކަތައް ހުންނަ ގޮތުން ތިއަފަދަ އޮޅުމެއް އަރައިފާނެއެވެ. ސުވާލުކުރެއްވިކަން ވަރަށް ރަނގަޅެވެ.
ކުރެއްވި ސުވާލުގެ ޖަވާބަކީ "ޖިމާޢު ނުވެވޭ ޙާލަތެއް ކުރިމަތިވުމަކީ ލިވާޠުކުރުން ހުއްދަވާ ސަބަބެއް ނޫނެވެ. ލިވާޠުކުރުމަކީ ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަމެކެވެ. ވީމާ ލިވާޠުކުރުން އަބަދުވެސް އޮންނާނީ ޙަރާމްކަމެއްގެ ގޮތުގައެވެ.
- ޖަވާބު: އިސްލާމްކިޔޫއޭ
The Prophet (peace and blessings of Allah be upon him) cursed the one who has intercourse with a woman in her back passage and said: “Cursed be the one who has intercourse with his wife in her back passage.” Narrated by Abu Dawood, 2162; classed as saheeh by Shaykh al-Albaani in Saheeh al-Targheeb, 2432.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! ޙައްލުވެސް އެނގިލައްވާނެއެވެ. އިން ޝާ ﷲ
ފިރިމީހާ އެދޭނަމަ ޖިމާޢުވުން ނޫން ގޮތަކަށް ބޭނުން ފުއްދައިދިނުން ހުއްދަވާނެތޯ؟
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އާއި އަންހެނަކު ކޮށްފައިވާ މިސުވާލަކީ ބައެއް ކިޔުންތެރިންވެސް ކުރައްވާ ސުވާލެކެވެ. މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ ފިރިމީހާ ބޭނުންވާނަމަ އެއީ މައްސަލައެއް ނޫން ކަމަށާއި އެގޮތުން އަނބިމީހާގެ އަނގައިން ނުވަތަ އަތުން ފިރިމީހާގެ ބޭނުން ފުއްދައިދެވިދާނެ ކަމަށެވެ.
ވިސްނާލަން ޖެހޭނެ ކަމެއް އެބައޮތެވެ! އެއީ ފިރިމީހާ އެދުނަސް ލިވާޠު ކުރުމަކީ ޙަރާމް ކަމެއްކަމެވެ. ކައިވެނިކޮށްގެން ތިބެ ނަމަވެސް ލިވާޠުކުރުމަކީ ހަމަ ޙަރާމް ކަމެކެވެ. އަދި އެކަމަށް ބޭނުންކުރަން މިހާރު ގެންގުޅޭ ސެކްސް ޓޯއީ ފަދަ ތަކެތި ބޭނުންކުރުން ވެސް ހުއްދަވެގެނެއް ނުވެއެވެ.
މީގެ އިތުރުން އަނބިމީހާގެ ޞިއްޙީ ޙާލަތު ހުންނަ ގޮތަކުން ޖިމާޢުވެދެވެން ނެތް ޙާލަތުގައި ވެސް މިބުނި އުޞޫލުގެ ތެރެއިން ފިރިމީހާގެ ބޭނުން ފުއްދައިދިނުން ހުއްދައެވެ. އަދި އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ފިރިމީހާ ކެތްތެރިވެ އެކަން ބަލައިގަންނަންވާނެއެވެ. އަނބި މީހާގެ ޞިއްޙަތަށް ގެއްލުމެއް ލިބިދާނެ ގޮތަކަށް ނުވަތަ އެފަދަ ޙާލަތެއްގައި ޖިމާޢުވެގެން ނުވާނެއެވެ.
- މައްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މިފަދަ ވާހަކަތައް ގެނެސްދިނުމުން ނުރުހޭ ބައަކު ވެސް އުޅެއެވެ. ދީނުގައި ހުއްދަކަންކަމާއި ހުއްދަ ގޮތް ޢިލްމުވެރިން ބަޔާންކޮށްދެއްވުމަކީ ހުތުރުވާހަކަ ދެއްކުން ކަމަށް ނުދެކޭށެވެ. އިސްލާމް ދީނަށް ޢަމަލުކުރެވޭނީ ކަންކަން އެނގިގެން ކަމަށްވާތީއެވެ.