އެމީހަކަށް ޔަޤީންނުކުރެވޭ ކަންކަމުގަ ދީނުގެ މަޢުލޫމާތު ނުފަތުރާށެވެ! ސޯޝަލްމީޑިއާގަ ވިޔަސް ނުބައި މަޢުލޫމާތެއް ފެތުރިއްޖެނަމަ ފާފަވެރިވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އެމީހަކަށް ޔަޤީންނުކުރެވޭ ކަންކަމުގަ ދީނުގެ މަޢުލޫމާތު ނުފަތުރާށެވެ! ސޯޝަލްމީޑިއާގަ ވިޔަސް ނުބައި މަޢުލޫމާތެއް ފެތުރިއްޖެނަމަ ފާފަވެރިވާނެ!

މީހަކު ބުނާއިރަށް ދީނުގެ ކަންކަން ޤަބޫލުކޮށް ފަތުރާނަމަ ޞައްޙަ ނޫން މަޢުލޫމާތު ފެތުރުން އޮންނާނީ ދާދިގާތުގައެވެ. ދީނުގެ ކަންކަމުގަ މަޢުލޫމާތު ފަތުރަންވާނީ ޔަޤީންކަން ލިބޭ މަސްދަރުތަކުން މަޢުލޫމާތު ކަށަވަރުކުރުމަށްފަހުގައެވެ. 

ޢަބްދުﷲ އިބްން މަސްޢޫދު (ރޢ) ވިދާޅުވިއެވެ. "ތިމަންނާ ދެއްވި ފަތުވާއަކީ ރަނގަޅު ފަތުވާއެއް ނަމަ އެކަންމިންވަރުކޮށްދެއްވެވީ ﷲ އެވެ. ނުބައި ބަސްފުޅެއް ވިދާޅުވެވިފައިވާ ނަމަ އެއީ ތިމަންނާ އާ ޝައިޠޯނާގެ ކިބައިންނެވެ. އެކަމާ ﷲ އާ އަދި ރަސޫލާ () އާ ވެސް އެއްވެސް ގުޅުމެއް ނެތެވެ!" 

މަތިވެރި ޞަޙާބީ ބޭކަލެއް ކަމުގައިވާ ޢަބްދުﷲ އިބްން މަސްޢޫދު (ރޢ) ގެ މި ބަސްފުޅުން އެނގިގެންދަނީ އެމީހަކު ދިން ފަތުވާއެއްގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެ ކަމެވެ. އަދި ނުބައި ފަތުވާ ދިނުމަށް ޝައިޠޯނާ ބާރުއަޅައި ވާގިވެރިވާނެ ކަމެވެ. އަދި އެފަދަ ކަންކަން ހިނގަނީ ޝައިޠޯނާގެ ސަބަބުން ކަމެވެ. 

ޔަޤީން ކުރެވޭ ހެޔޮބަސްތައް ފަތުރާށެވެ! ނަމަވެސް ތިމާއަށް ޔަޤީން ނުކުރެވޭ ފަތުވާތައް ނުފަތުރާށެވެ! ހެޔޮބަސްތައް ފެތުރުމަކީ މުސްލިމުންގެ މައްޗަށް އޮތް މަތިވެރި ވާޖިބެކެވެ. މަސްއޫލިއްޔަތެކެވެ. އެކަންކުރަން އެދޭމީހާ ކީރިތި ޤުރްއާނާއި ރަސޫލް ()ގެ ޙަދީޘްފުޅުތައް އުނގެނި އަހުލުވެރިވާށެވެ! ޝައިޠޯނާ ދޭ ނުބައި ވަސްވާސްތަކުން ސަލާމަތްވެ ހުރެވޭނީ އެއިރުންނެވެ. 

ސޯޝަލްމީޑިއާގައިވެސް މަޖިލީހެއްގަވިޔަސް ދީނުގެ ކަންކަމުގައި ފަތުވާދޭނަމަ ދޭންޖެހޭނީ އެމީހަކަށް ޔަޤީންކުރެވޭ ކަންކަމުގައެވެ. ހާމަކުރަން ޖެހޭނީ އިތުބާރު ކުރެވޭ ޢިލްމުވެރިންގެ އަރިހުން ޔަޤީންކުރެވޭ ބަސްފުޅުތަކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން