ހުރިހާ ޙާލަތެއްގައިވެސް ﷲ ތަޢާލާ ހަނދުމަކުރުން‍- 6

ކިޔުމަށް ހޭދަވާނީ 2މ 2ސ
ހުރިހާ ޙާލަތެއްގައިވެސް ﷲ ތަޢާލާ ހަނދުމަކުރުން‍- 6

ޢާއިޝަތު ރަފާޙް ޢަލީ

 

· ފާފައެއް ކުރެވުމުން: 

އިންސާނުންނަކީ އަބަދުވެސް ފާފަ ކުރެވޭ ބައެކެވެ. އެނގުމާޢި ނޭނގުމުގެ ތެރޭގައެވެ. ނަމަވެސް ކާމިޔާބު އަދި އުފާވެރިކަން ބޭނުންވާ މީހެއް ނަމަ ފާފައެއް ކުރެވިއްޖެނަމަ ތައުބާވެއެވެ. 

ﷲ ތަޢާލާ ޒުމަރު ސޫރަތުގެ 53 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ ﴿٥٣﴾‏

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. (53)"

އިބްނު މަސްޢޫދު ރަޟިޔަ ﷲ ޢަންހު އެއްދުވަހަކު ވިދާޅުވިއެވެ."ތިޔަބައިމީހުންނަށް އަހުރެންގެ ފާފަތައް އެނގޭނަމަ، ހަމަކަށަވަރުން ތިޔަބައިމީހުން އަހުރެންނަށް ހިލައުކައި ރަޖަމްކުރީހެވެ." 

މިއީ އަޞްހާބް ބޭކަލުން ފާފަތަކަށް ބިރުވެތިވެވަޑައިގަންނަވާ މިންވަރެވެ. ފާފައެއް ކުރެވިދާނެކަމަށް ބިރުވެތިވެވަޑައިގަންނަވައެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެން އެއްވެސް ގޮތަކަށް ބެލުމެއް ނެތި ފާފަތަކަށް އަރައިގަތުމުގައި ދެމިހުރެއެވެ. ނަފްސު އިޞްލާޙް ކުރުމަށް މަސައްކަތެއް ނުކުރެއެވެ.

 

 

މިއަދު އޮންލައިން