ފުރާނަ ދުއްވާލާނެ ކަމުގެ ބިރުދެއްކީމާ ކުފުރުގެ ބަސްބުނެ ޢަމަލުކުރަން މަޖުބޫރުވެގެން އެކަން ކުރުން ހުއްދަ! ނުކުރުމުން މަރާލައިފިނަމަ ވާނީ ޝަހީދަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 41ސ
ފުރާނަ ދުއްވާލާނެ ކަމުގެ ބިރުދެއްކީމާ ކުފުރުގެ ބަސްބުނެ ޢަމަލުކުރަން މަޖުބޫރުވެގެން އެކަން ކުރުން ހުއްދަ! ނުކުރުމުން މަރާލައިފިނަމަ ވާނީ ޝަހީދަކަށް!

އިންޑިއާ މުސްލިމެއް. އޭނަވަނީ ހިންދޫންގެ އަނިޔާވެރިކަން ބޮޑުވެ އޭނަ މަރާލަން އުޅުމުން ބުދަށް ސަޖިދަ ޖަހާ އަދި ގެރީގެ ނަޖިސް ބޭނުން ކޮށްފައެވެ. އެފަދަ ހާލަތެއްގައި އޭނާއަކީ މުސްލިމެއްތޯ؟ އޭނަގެ ހާލަތަކީ ކޮބާއިތޯ އަދި އޭނަ ދެން ކަންތައްތައް ކުރަން ޖެހޭނީ ކިހިނަކުންތޯ؟ އަދި އޭނަ މުސްލިމުން އުޅޭ އެހެން ތަނަކަށް ހިޖުރަ ކުރުން ކިހިނެއްތޯ ވާނީ؟ 

އާދެ، އޭނާއަށް އޮތީ އަސްލު ހިޖުރަ ކުރުން މުސްލިމުން އުޅޭ ސަރަޙައްދަކަށް އެތަން ދޫކޮށްފަ އޭނާ ހިޖުރަ ކުރާނީ. އެއީ އަސްލު އޭނާއަށް އޮތް ގޮތަކީ. ދެން އޭނަ މަޖުބޫރުވެގެން އޭނާއަށް މަރުގެ އިންޒާރު ދީގެން އޭނާ ބުދަށް ސަޖިދަ ކުރުމަކުން އެއަކުން ނެތް މައްސަލައެއް. އަދި އެ ގެރީގެ ނަޖިސް އޭނާ ތިބުނާހެން ބޭނުން ކުރުމަކުން ނެތް އޭނަގެ މައްސަލައެއް. އެއީ ކީރިތި ޤުރުއާނުގަ އަންމާރު ބުން ޔާސިރާ ބެހޭގޮތުން އެބައޮތް އާޔަތް ބާއްވާލައްވާފަ. އެކަލޭގެފާނު، އަބޫޖަހުލުމެން އަނިޔާ ކުރީ އެކަލޭގެފާނުގެ ކުރިފުޅު މަތީގަ އެކަލޭގެފާނުގެ މަންމަ ސުމައްޔާވެސް ޝަޙީދުކޮށްލީ އަބޫ ޖަހުލު. ހަމަ ކަނޑި ކޮށްޕާލާ ޝަޙީދު ކޮށްލައިފި އެކަލޭގެފާނު ކުރިމަތީ، ބައްޕާފުޅުވެސް މަރާލާ ކުރިމަތީގަ ޝަޙީދުކޮށްލީ. 

ދެން އެކަލޭގެފާނަށް މަޖުބޫރުކުރީ އެމީހުން ކުފުރުގެ ބަސް ބުނުމަށް. އެކަލޭގެފާނު ވިދާޅުވީ މަރުން ސަލާމަތްވުމަށް. ދެން އެކަލޭގެފާނު ﷲ ގެ ނަބިއްޔާގެ އަރިހަށް ކީރިތި ކުރައްވަމުން ވަޑައިގަތީ. ވަޑައިގެން ދެންނެވީ ﷲ ގެ ނަބިއްޔާއޭ. މިހެންމިހެން ވެއްޖެއޭ. ތިމަންނަގެ ކުރިމަތީގައޭ ތިމަންނަގެ މަންމަވެސް އެމީހުން އެ މަރާލީ، ބައްޕަވެސް މަރާލީ. ދެން އެކަމަށް މަޖުބޫރުވެގެން، ތިމަންނަވެސް މަރާލާށޭ އޮތީ. ދެން ތިމަންނަ ސަލާމަތްވެވެން އައީ ކުފުރުގެ ބަސް ބުނެފައޭ. އެހެންމަ ތިމަންނަ ކުފުރުގެ ބަސް ބުނެފަ ސަލާމަތްވެގެންނޭ މިއައީ. 

އެކަލޭގެފާނު އެވަގުތު ޙަދީޘްފުޅު ކުރެއްވީ -- "އެވަގުތު ކަލޭގެފާނުގެ ހިތްޕުޅު އޮތީ ކިހިނެއްހެއްޔޭ؟" ދެންނެވި --- " ހަމަ ޢީމާން ކަމުން ފުރިފައޭ އޮތީ، ހަމަޖެހިފައޭ އޮތީ ހަމަ، ތިމަންނަގެ ހިތް ހަމަ ޢީމާން ކަމުން ހަމަޖެހިފައޭ އޮތީ." އެހިނދު އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވި --- " ދެންވެސް އެމީހުން އެގޮތަށް ކަންތައް ކޮށްފިއްޔާމު ތިގޮތަށް ކަންތައް ކުރައްވާށޭ." 

އެކަލޭގެފާނާ ބެހޭގޮތުން ﷲ ޤުރުއާނުގަ އާޔަތްވެސް ބާއްވާލެއްވީ. --- " މަޖުބޫރީ ޙާލަތުގަ، މަޖުބޫރުވެގެން އެކަމަކު ޢީމާން ކަމުގަ ހިތް ހަމަޖެހިފައިވާ ހާލުގަ ކުފުރުގެ ބަސް ބުނުމަކުން އެއީ މައްސަލައެއް ނޫނޭ އެއީ." 

އެހެންމަ ކުފުރުގެ ޢަމަލު ކުރުމަކުންވެސް ނެތް މައްސަލައެއް، މަޖުބޫރުވެގެން. މަރު އެއީ އެންމެ ވަރުގަދަ މަޖުބޫރީ ހާލަތިތާ އެއީ. އެކަމަށް ކެއްކޮށްލުން އެއީ އޭނާއަށް އަޖުރު ބޮޑުވެގެންދާނެ ކަމެއް އެއީ. 

މިސާލަކަށް ޝިރުކުން ސަލާމަތް ވުމަށް އޭނާ ކެއްކުރީ ހަމަ. އޭނާ އެކަން ނުކުރީ، މަރުވެގެން ދިޔައީ އޭނާ.  މިހާރު ބައެއް ހާލަތްތަކުގަ އެބަހުރި ކުރަންޖެހޭ. ކުފުރުގެ ޢަމަލުތައް ކުރުން މަޖުބޫރު، ފުރާނަ ސަލާމަތް ކުރުމަށްޓަކާ. އެކަމު ބައެއް ހާލަތްތަކުގަ މަޖުބޫރެއް ނޫން. އޭނާއަށް އިޚްތިޔާރު އެބައޮތް ކުރުންވެސް ނުކުރުންވެސް، އެއީ މިސާލަކަށް ޝިރުކުގެ ޢަމަލު. އޭނާ މަޖްބޫރު،  އޭނާއަށް މަރުގެ އިންޒާރު އައީ، މަރާލަން މިއޮތީ ނިންމާފަ. އޭނާ މަރުން ސަލާމަތް ވުމަށްޓަކާ އެ ޢަމަލު ކުރެވިދާނެ އޭނާއަށް. އެކަމަކު އޭނާއށް އިޚްތިޔާރު އެބައޮތް ނުކުރުންވެސް، އެ މަރުވެގެން ދިޔުން، ޝަޙީދު ވެގެން ދިޔުން. ޝަޙީދެއްގެ ގޮތުގަ އޭނާ ބެލެވިގެން ދާނީ. އޭނާއަށް އަޖުރު ލިބިގެންދާނެ. އެވަގުތުގައި އޭނާ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެކަން ނުކުރިއަސް މައްސަލައެއް ނެތް. 

އެކަމަކު ބައެއް ހާލަތްތަކުގަ އޭނާ ފުރާނަ ސަލާމަތް ކުރަން ޖެހޭނެ އޭނާ މަޖްބޫރީ ހާލަތްތަކުގަ. ފުރާނަ ސަލާމަތް ކުރީމާ އޭނާއަށް ދެން ކުރެވެން އޮތް ހެޔޮކަންތައްތައްވެސް މާ ގިނަވާނެތާ ފުރާނަ ސަލާމަތް ކޮށްގެން. އެހެންމަ ބައެއް ހާލަތްތަކުގައި އޭނާ ފުރާނަ ސަލާމަތް ކުރުމަށްޓަކާ ކުފުރުގެ ޢަމަލު ކުރަންޖެހޭނެ މަޖުބޫރު ވީމަ. އަދި ބައެއް ހާލަތްތަކުގަ އޭނާއަށް އިޚްތިޔާރު އެބްއޮތް މަރުވެގެން ދިއުންވެސް، އޭނާ ފުރާނަ ދުއްވާލުން. އެއީ މިސާލަކަށް ޝިރުކުގެ ޢަމަލެއް ކުރަން އޭނާއަށް މަޖްބޫރުވީ، މަޖުބޫރުވެއްޖެއްޔާ އޭނާއަށް އެބައޮތް ފުރާނަ ދުއްވާލުމުގެ އިޚްތިޔާރުވެސް. އޭނާ ފުރާނަ އެވަގުތު އޭނަ ދުއްވާލައިފިއްޔާ އޭނަ ޝަޙީދެއްގެ ގޮތުގަ ބެލެވޭނީ. ހަމަ އަޖުރުން ފުރިގެން ދާނެ.

 

- ޝައިޚް މުޙައްމަދު އިބްރާހީމް

 

 

މިއަދު އޮންލައިން