ޝިފާއަށް އެދި ދުޢާކުރަމުން ކޮންމެ ބައްޔެއް ޖެހިފައިވީނަމަވެސް ޒަމްޒަމްފެން ބޯންދީ ގައަށް އަޅާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 26ސ
ޝިފާއަށް އެދި ދުޢާކުރަމުން ކޮންމެ ބައްޔެއް ޖެހިފައިވީނަމަވެސް ޒަމްޒަމްފެން ބޯންދީ ގައަށް އަޅާށެވެ!

ޒަމްޒަމް ފެނަކީ ބޭނުންހައި ވަރަށް ލިބެން އޮތް އެއްޗެއް ނޫނެވެ. ފައިސާ ހުއްޓަސް ގަންނަން ލިބުންވެސް އެހައި އުނދަގުލެވެ. އެހެންކަމާއިއެކުވެސް ލިބޭނަމަ ނުވަތަ އަތުގައި ހުރިނަމަ އެންމެ ފައިޑާ ހުރި ގޮތުގައި ބޭނުންކުރާށެވެ.  

ޒަމްޒަމްފެން ލިބެންފެށީ ޖިންރީލްގެފާނުގެ ފިޔަފުޅުން ބިންމަތީގައި ޖެއްސެވުމުންނެވެ. ރަސޫލް (( ގެ ހިތްޕުޅު އެތައް ފަހަރަކު ޒަމްޒަމްފެނުން ޠޯހިރު ކުރެއްވެވުނެވެ. އަދި ކީއްހެއްޔެވެ؟ ޒަމްޒަމްފެނާއިމެދު ރަސޫލާ ޙަދީޘްފުޅުކުރައްވަވާފައިވަނީ އެފެނަކީ ބިމުގައިވާ އެންމެ ބަރަކާތްތެރި ފެންކަމުގައެވެ. އެއިން ކަރުހިއްކުމާއި ބަނޑުހައިކަންވެސް ފިލާނެކަމަށެވެ. އަދި އެފެނުގައި ޝިފާވާކަމަށެވެ. ބަލިމީހުންނަށް ޒަމްޒަމްފެން ބޯންދިނުމަށާއި ބަލިމީހުންގެ ގައަށް އެޅުމަށްވެސް ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.  

he water of Zamzam is water of great virtue which first sprang forth when Jibreel (peace be upon him) struck (the earth) with his wing (Saheeh al-Bukhaari, 3364). Allaah provided water for Ismaa’eel (peace be upon him) and his mother with it. The heart of the Prophet (peace and blessings of Allaah be upon him) was washed with Zamzam water. Many saheeh ahaadeeth have been narrated concerning its virtues, such as:

The Prophet (peace and blessings of Allaah be upon him) said: “The best water on the face of the earth is the water of Zamzam; it is a kind of food and a healing from sickness.” (Saheeh al-Jaami’, 3302).

It was reported that the Prophet (peace and blessings of Allaah be upon him) drank it, did wudoo’ with it and poured it on his head. He used to carry Zamzam water in small vessels and large containers in order to pour it on the sick and give it to them to drink. (al-Silsilat al-Saheehah, 883).  

ޒަމްޒަމްފެނުން ޝިފާ ލިބޭކަން އަބަދުވެސް ދަނީ ހާމަވަމުންނެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ.  

ބޮސްނިއާއަށް ނިޞްބަތްވާ ނިހާދު ޑޮކްޓަރަށް ދެއްކުމުން ކުރި ޓެސްޓްތަކުން އެނގުނީ އޭނާގެ ފުރަމޭގައި ވަރަށް ބޮޑު ޓިޔުމަރެއް އެބައިން ކަމާއި ވީހައި އަވަހަކަށް ފުރަމޭ ބަދަލު ނުކޮށްފިނަމަ އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމެވެ.

ޑޮކްޓަރުން ދިން މުއްދަތުގައި ޑޯނަރެއް ނުލިބިގެން އެކަން ކުރެވޭނެ ގޮތް ނުވުމުން ނިހާދަށް ހުންނަން ޖެހުނީ ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމުގެ ބިރުވެރިކަމުގައެވެ. އެހެންކަމުން އެ އަހަރު ޙައްޖަށް ދިއުމަށް އޭނާ ނިންމިއެވެ.  

އެކަމާއި ގުޅިގެން ބައްދަލުކުރި އިމާމަކަށް ވާހަކަތައް ކިޔައިދިނުމުން އިމާމް ވިދާޅުވީ ފުރާނައަކީ ﷲ ތަޢާލާ ގެންދަވަން އިރާދަކުރެއްވެވުމުން ގެންދަވާނެ އެއްޗެއް ކަމަށާއި ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑައިނުލުމަށެވެ. އަދި ޒަމްޒަމްފެނަކީ ބަރަކާތްތެރި ފެނެއް ކަމަށާއި ޙައްޖުގައި ގިނަގިނައިން ޒަމްޒަމް ފެން ބުއިމަށެވެ. އަދި ބޯއިރު ބަލިން ޝިފާ ދެއްވެވުން އެދި ދުޢާކުރަމުން ބުއިމަށެވެ.  

ނިހާދަށް ޙައްޖަށް އއާދެވުމާއިއެކު 6 ދުވަސްވަންދެން ކެއުމަކަށްވެސް ފެނަށްވެސް ބޭނުންކުރީ ހަމައެކަނި ޒަމްޒަމް ފެނެވެ. އެހެން އެއްވެސް ފެނެއް ވެސް ކާއެއްޗެއްވެސް ބޭނުމެއް ނުކުރެއެވެ.  

އެނބުރި ބޮސްނިއާއަށް ދެވުމުން ޑޮކްޓަރަށް ދެއްކިއެވެ. ޓެސްތްތައް ހެދުމަށްފަހު ޑޮކްޓަރުންނަށް ވެސް ލިބިގެންދިއައީ ވަރަށް ބޮޑު ޙައިރާން ކަމެކެވެ. އެ ބޮޑު ޓިޔުމަރު ފެންނަން ނެތުމުންނެވެ.

އެއީ މީގެ 17 އަހަރު ކުރިއެވެ.ނިހާދު އަދިވެސް ދުނިޔޭގައި ގަދަވެ ސަލާމަތުން އެބަހުއްޓެވެ.  

މީސްތަކުންނޭވެ! އެއްކަމެއް ޔަޤީންކުރާށެވެ! އެއީ ޒަމްޒަމް ފެނަކަށްވެސް މީހުން ބަލިން ރަނގަޅުކުރުމުގެ ބާރު ލިބިގެން ނުވާކަމާއި ޝިފާ ދެއްވެވުމުގެ ބާރު ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ. ވީމާ ޒަމްޒަމް ފެން ބުއިމުން ޝިފާ ނުލިބުނު ނަމަވެސް އެ ފެން ކުށްވެރިނުކުރާށެވެ! ޔަޤީންކުރަންވީ ޒަމްޒަމް ފެނަކީ ﷲ ތަޢާލާ ޚާއްޞަ ކަރާމާތްތަކެއް ލައްވަވާފައިވާ ފެނެއް ކަމެވެ. 

މިއަދު އޮންލައިން