އެމީހެއްގެ އަތުން ގެއްލުނު ވަރަށްވުރެ މާގިނައިން ދެއްވަވާނެ އެންމެ ޢަމަލެއް އެބައޮތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
އެމީހެއްގެ އަތުން ގެއްލުނު ވަރަށްވުރެ މާގިނައިން ދެއްވަވާނެ އެންމެ ޢަމަލެއް އެބައޮތް!: މުފްތީ މެންކް

އިންސާނުން ކުރިމަތިކުރައްވަވާ އިމްތިޙާނުތަކުގެ ތެރެއިން އެންމެ ބޮޑަށް ހިތަށް އަސަރުކުރުވާނެ ކަމަކީ ނިޢުމަތެއް ދެއްވެވުމަށްފަހު އެނިޢުމަތް އަނބުރާ ގެންދެވުމެވެ. އެގޮތަށް އެކަން މެދުވެރިކުރައްވަވާނެ ކަމާއި އެކަމުގެ ސަބަބުވެސް ޤުރްއާނުން އެނގެން އެބައޮތެވެ.

ލޮބުބެތި އަޚުންނާއި އުޚުތުންނޭވެ! ތިމާއަށް މިންވަރުކުރައްވަވާފައިވާ އެއްވެސް ނިޢްމަތެއް، އަދި ކިތަންމެ ގިނަ ނިޢްމަތްތަކެއް ނަމަވެސް އަނބުރާ ގެންދަވައިފިނަމަ އެކަމަށް ކެތްތރިވާށެވެ! ކެތްތެރިވާ އަޅުންނަށް ﷲ ތަޢާލާ އެކަމުގެ ބަދަލު ދެއްވަވާނީ މާފުރިހަމައަށެވެ. އަނބުރާ ގެންދެވި ނިޢްމަތްތަކަށްވުރެ މާގިނަ ނިޢްމަތްތައް ދެއްވަވާނެތެވެ! އިން ޝާ ﷲ

ކޮންމެ ނިޢްމަތަކީވެސް ﷲ ތައާލާ ދެއްވަވާ ކަމެކެވެ. ނިޢްމަތް ދެއްވެވުމަށްފަހު އަނބުރާ ގެންދެވުމުން އެކަން އެގޮތަށް މެދުވެރިވީ ﷲ ތައާލާ ތިމާ އާއިމެދު ރުހިވޮޑި ނުގަތުމުން ކަމަށް ހީވެސް ނުކުރާށެވެ! އެހެނީ އެގޮތަށް މެދުވެރިކުރައްވަވަނީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށެވެ. އެމީހުންގެ ކެތްތެރިކަމާއި ކިޔަމަންތެރިކަން އިމްތިޙާން ކުރެއްވެވުމަށެވެ.

ޝަކުވާކޮށް ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ ދެއްވެވީވެސް އަދި އަނބުރާ ގެންދެވީވެސް ހަމަ ﷲ ތަޢާލާ ނޫން ހެއްޔެވެ؟

އިންސާނުންގެ ދަހިވެތިކަން ބޮޑުކަމުން ކިތަންމެ ހެޔޮކޮށް ކަންކަންކޮށްދޭ މީހެއްގެ ޙައްޤުތަކުންވެސް ވައްކަންކޮށްފާނެއެވެ. މަކަރާއި ޙީލަތުން އެއްޗެތިތަކެއް އަތުލައިގެންފާނެއެވެ! އަދި ކިތަންމެ ބޮޑު ގެއްލުމެއްވެސް ދީފާނެއެވެ!

ނަމަވެސް ﷲ ތައާލާގެ ޙަޟްރަތުން ކަންކަން މިންވަރުކޮށްދެއްވަވާ ގޮތް މުޅިން ތަފާތެވެ! ކެތްތެރި، އިޚްލާޞްތެރި، ތެދުވެރި އަޅުންނަށް ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުއްވަވައިލަ ދެއްވަވަތެވެ! ދުނިޔޭގައި ނުލިބުނު ނަމަ އާޚިރަތް ދުވަހު ދެއްވަވާނެ ނިޢްމަތްތައް މާގިނަވާނެއެވެ! އިން ޝާ ﷲ

 

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން