ލޯބިވެރިންނަށްޓަކައި ބިޒީވެ މަންމައަށް ޚިދުމަތްކުރުން ފަސްކުރެވުނު އަންހެން ދަރިއަކަށް މުޅި ޢުމުރަށް އެކަމުގެ ހިތްދަތިކަމުގަ އުޅެންޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ލޯބިވެރިންނަށްޓަކައި ބިޒީވެ މަންމައަށް ޚިދުމަތްކުރުން ފަސްކުރެވުނު އަންހެން ދަރިއަކަށް މުޅި ޢުމުރަށް އެކަމުގެ ހިތްދަތިކަމުގަ އުޅެންޖެހުނު ގޮތުގެ ވާހަކަ-

ފުރަތަމަވެސް ބުނެލަން އޮތީ ކިތަންމެ ބިޒީ ނަމަވެސް އެބިޒީކަމުގެ ކުރިއަށް ޢަމަލުކުރުން އިސްކުރަންޖެހޭ 2 ކަމެއް ވެއެވެ. އެއީ ނަމާދުވަޤުތުޖެހުމުން ނަމާދުކުރުމާއި މައިންބަފައިންނަށް ޚިދުމަތް ކުރުމެވެ. 3 ވަނަ ކަމެއްގެ ވާހަކަ ބުނާނަމަ ބުނަންޖެހޭނީ ޢާއިލީ ޒިންމާ އަދާކުރުމުގެ ވާހަކައެވެ.

އެއްވެސް މީހެއްގެ އުމުރެއް ނުއެނގޭނެއެވެ. ނަމަވެސް ކުރިން ދުނިޔެއަށް އައި މީހުން ކުރިން މަރުވެދާނެ ކަމަށް އަބަދުވެސް ވިސްނަން ޖެހޭނެއެވެ. ޚާއްޞަކޮށް މައިންބަފައިންނަށް ޚިދުމަތްކުރާނެ ފުރުޞަތު ނުލިބިދާނެކަމަށް ވިސްނައި އެކަމަށް ސަމާލުކންދޭންޖެހޭނެއެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތައި ލޯބި ދިނުމަކީ ފަހުން ކުރާނެ ކަމެއް ކަމުގައި ބާއްވައިގެން ނުވާނެއެވެ!

"މައިންބަފައިންނަށް ފަހުންވެސް އެހީތެރިވެވިދާނެ! މާދަންވެސް ގުޅައިލެވިދާނެ! ހަފްތާ ބަންދުގަ ޒިޔާރަތްކޮށްލެވިދާނެ!" ފަދަ ވިސްނުންތައް ވިސްނައި ދެނީ ޝައިޠޯނާއެވެ! ޝައިޠޯނާގެ ބޭނުމަކީ މައިންބަފައިންނާއިމެދު އިހްމާލްވެވި އެކަމުގެ ފާފަ އުފުލަން ތިބާއަށް ޖެހުމެވެ! ތިބާއަށް ސުވަރުގެ ލިބެން އޮތް ފުރުޞަތު ވީހައި ހަނިކުރުމެވެ.

މިކިޔައިދެނީ ވަރަށް ޢިބްރަތްތެރި ހާދިސާއެއްގެ ވާހަކައެވެ. ދުނިޔޭގައި ހިނގަމުންދާ މިފަދަ ހާދިސާތަކުން ޢިބްރަތް ޙާޞިލުކުރާށެވެ!

އެއީ 20، 22 އަހަރުގެ ޒުވާން އަހެން ކުއްޖެކެވެ. ލޯބިވެރިއަކު ލިބިގެން އަބަދު ކޮޓަރީގައެވެ. އޭނާއާއި ފޯނުން މުޢާމަލާތުކުރުމުގައެވެ. ވާހަކަ ދެއްކުމާ ޗެޓްކުރުމާ ފޮޓޯ ފޮނުވުމާއި ވީޑިއޯ ކޯލް ކުރުމުގައެވެ.

މުސްކުޅި މަންމަ ކަމަކު ބޭނުންވެގެން ގޮވާލި ނަމަވެސް "ވަރަށް ބިޒީ! މަޑުކޮށްލާ!" ނޫން ދެވަނަ ޖަވާބެއް ނުދީ 3 މަސްދުވަސް ފާއިއތުވެގެން ދިއައެވެ.

އެއް ދުވަހަކު މަންމަގެ މެއަށް ތަދެއް އަރައިގެން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. "ބިޒީ" ކަމުން މަންމަ ގޮވައިގެން އެމްބިޔުލާންސްގައި ވެސް ނުދެވުނެވެ. ގޭގައި މަޑުކޮށްލީއެވެ. ބިޒީކަމުގައި އުޅެނިކޮށް ކުއްލިއަކަށް ލިބުނީ ފޯންކޯލެކެވެ! މަންމަ ދުނިޔެއަށް އަލްވިދާޢުކީއެވެ!

އެހިސާބުން ބިޒީކަން ފިލިއެވެ. ނަމަވެސް މަންމަ މަރުވީ ދިރިއޮއްވައި ބައްދަލުކޮށްލުމުގެ ފުރުޞަތު ވެސް ނުލިބިއެވެ. މަންމަ ދުނިޔެ އެ ދޫކުރީ މަންމައަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ނުދެވޭތާ 3 މަސްދުވަސްވީ ފަހުންނެވެ!

އެއިގެ ފަހުން އެތައް އަހރެއް ފާއިތުވެގެން ދިއައީއެވެ! އެހަދާންތަކެއް ހިތަކުން ނފިލައެވެ. މަންމަގެ ހަނދާންތައް އާވާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ އޮހޮރެއެވެ!

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެ އަންހެން ކުއްޖާއަށް މަންމަ އާއިމެދު އެގޮތަށް ކަންތައް ކުރެވުނީ އެއްވެސް ޙާލެއްގައި މަންމަ ދެކެ ލޯބިނުވާތީއެއް ނޫނެވެ. ފަހުންވެސް މަންމައަށް ޚިދުމަތްކުރެވިދާނެކަމުގެ ވިސްނުން ޝައިޠޯނާ އޭނާގެ ސިކުނޑިއަށް ވެއްދުމުން ޝައިޠޯނާގެ ދަންތުރައިގައި ޖެހެވުނީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން