ބޮޑުވެގެން ތިއުޅޭ ވައިގެ އުނދަގޫތަކުން ސަލާމަތްވާން ކުރެވިދާނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ބޮޑުވެގެން ތިއުޅޭ ވައިގެ އުނދަގޫތަކުން ސަލާމަތްވާން ކުރެވިދާނެ ބައެއް ކަންކަން-

ވައިގެ އުނދަގޫ ހުންނަ މީހުން ކެއުމުގައި ސަމާލުކަންދޭންޖެހޭ އެއްކަމަކީ މަދުފަހަރު ގިނަ ޢަދަދަކަށް ނުކެއުމެވެ. އަދި މަދު އެކޮޅު ގިނަފަހަރު ކެއުމެވެ. އެންމެ ބޮޑު ބޭނުމަކީ ބަނޑުހައިވެގެން ނުހުރުމެވެ. 

ކާއިރު ލަސްލަހުން ކެއުމާއި ގިނަފަހަރު ހަފައިގެން ކެއުމާއި އަދި ކޮންމެ 4 ގަޑިއަކުން ކޮންމެވެސް އެއްޗެއް ކެއުމަކީވެސް ވައިގެ މައްސަލަތައް ޙައްލުކުރަން ކުރެވެން ހުރި ކަންކަމެވެ. ހަމައެއާއިއެކު މަދުންކައިފައި ގިނައިން ދިޔާއެއްޗެތި ބުއިމަކީ ވައިގެ މައްސަލަ އިތުރުވާކަމެކެވެ. ރަނގަޅު ގޮތަކީ ދެބައި އެއްވަރުކުރުމެވެ. 

ދެވަނަ ކަމަކީ ކެއުމަސްފަހު އިރުކޮޅަކު ހިނގައިލުމެވެ. ގިނައިރަކު ނޫނެވެ. 10، 15 ވަރަކަށް މިނިޓް ހިނގާލުމުން ފުދޭނެއެވެ. ބޭނުމަކީ ހަށިގަނޑުގެ މަސްލްތައް ޙަރަކާތްތެރި ކުރުވުމެވެ. 

ފައިބަރ ހުންނަ ތަކެތި ކޮންމެ މީހަކުވެސް ކާންޖެހޭނެއެވެ. ނަމަވެސް ވައިގެ މައްސަލަތައް ހުންނަ މީހުން ފައިބަރ ގިނައިން ލިބޭ ބާވަތްތައް ކާންވާނީ ހަށިގަނޑަށް ބޭނުންވާ ވަރަށެވެ. ވީމާ ޑައިޓީޝަނެއްގެ ކިބައިން އެމީހެއްގެ ހަށިގަނޑަށް ކޮންމެ ދުވަހަކު ފައިބަރ ބޭނުންވާނެ މިންވަރު ދެނެގަނެގެން އެވަރަށް ކައުމަކީވެސް ވައިގެ މައްސަލަތައް ކުޑަވާ ކަމެކެވެ. 

ދިޔާއެއްޗެތި ބޯއިރު ލަސްލަހުން ބޯށެވެ. އަދި ގޭސް ހުންނަ އެއްޗެތި ނުބޯށެވެ. އަދި ހަކުރު އަޅައި ފޮނިކޮށްގެން އުފައްދާފައި ހުންނަ ތައްޔާރީ ބުއިންތައް ބުއިން މަދުކުރާށެވެ! 

މިކަންކަމަކީ ވައިގެ ަމއްސަލަތައް ކުޑަކޮށް ޝިފާ ހޯދަން ކުރެވެންހުރި ކަންކަމެވެ. ވައިގެ ބައްޔަށް ފަރުވާލިބޭނެ ކަންކަމެވެ. 

މަޢުލޫމާތު: ޑރ. އެލްގޯ (ވައިގެ ބަލިތަކަށް ޚާއްޞަ އެމެރިކާގެ ޑޮކްޓަރެއް)

މިއަދު އޮންލައިން