މިއީ ހަމަ ކޮންމެ މީހަކަށްވެސް ދިމާވެދާނެ ޙާލަތެކެވެ. ވީމާ މިޙާލަތުގައި ޢަމަލުކުރަންވާ ގޮތް އެނގުން ވަރަށް މުހިންމެވެ.
މެންދުރު ނަމާދު ނުކޮށް ހުއްޓައި ޢަސުރު ވަޤުތު ކުޑަތަންވާފަހުން އެކަން ހަނދާންވެއްޖެނަމަ ީ ޢަސުރުވަގުތު ކައިރިވެއްޖެކަން އެނގިހުރެ މެންދުރު ކުރަންފަށައިގެން މެންދުރުނަމާދު އެވަގުތުގައި ކުރެވިދާނެތޯ؟ މެންދުރުނަމާދަށް ހުއްޓައި ޢަސުރަށް ގޮވައިފިނަމަ ނަމާދު ކުރިޔަށް ގެންދެވޭނެތޯ؟
ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ އެވަޤުގައިވެސް މެންދުރުނަމާދުކުރެވިދާނެކަމަށެވެ. މެންދުރު ނަމާދަށް ހުއްޓާ ޢަސުރު ނަމާދަށް ގޮވިނަމަވެސް ނަމާދު ފުރިހަމަކޮށް ނިންމާލާނީ ކަމަށެވެ.
(ޢަޞްރަށް ބަންގިގޮވިނަމަވެސް ޢަޞްރު ނަމާދުކުރެވޭނީ މެންދުރުނަމާދުކުރުމަށްފަހުގައެވެ.)
އިތުރު 2 ސުވާލު:
ސުވާލު:. ވުޟޫކުރާއިރު ޤިބުލައަށް ކުރިމަތި ލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ؟
ޖަވާބު:. ލާޒިމު ކަމެއްނޫން.
ސުވާލު:. އަޅުގަނޑު ދަރިފުޅަށް ދަސްކޮށްދިނުމުގެ ބޭނުމުގައި ޤުރުއާން އާއި ޛިކުރުތައް ލިޔެލާފައި ކޮޓަރީގަ ތަތްކުރެވިދާނެތޯ؟
ޖަވާބު:. ރަނގަޅުވާނެ.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް.