އެންމެ މަތިވެރި އިންސާނަކީ ރަސޫލް ޞޢޥ ކަން އިންޞާފަށް ލޯބިކުރާ އެންމެންވެސް ޤަބޫލުކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
އެންމެ މަތިވެރި އިންސާނަކީ ރަސޫލް ޞޢޥ ކަން އިންޞާފަށް ލޯބިކުރާ އެންމެންވެސް ޤަބޫލުކުރޭ!

އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އެންމެ މަތިވެރި އިންސާނާކަމަށް އިންޞާފަށް ލޯބިކުރާ އެންމެންވެސް ޤަބޫލުކުރރެއެވެ. މުސްލިމުން ނޫން ލިޔާ ލިޔުންތަކުންނާއި ބުނާ ބަސްތަކުންވެސް މިކަން އެނގި ޔަޤީންކުރެވެއެވެ.  

މުސްލިމުންގެ ދުސްތޫރަކީ ކީރިތި ޤުރްއާނެވެ. ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ކަންކަމުގެ ފުރިހަމަ ތަފްސީރެއް ލިބޭނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތާއި ސުންނަތާއި ޙަދީޘްފުޅުތަކުގެ އަލީގައެވެ. ފުރިހަމަ ގޮތުގައި އީމާންކަން ހިތުގައި އަށަގަންނާނީވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތާއި ސުންނަތާއި ޙަދީޘްފުޅުތައް އުނގެނި ދަސްކޮށްގެންނެވެ.  

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިވެރިކަން ދެނެގަންނަން ބޭނުންވާނަމަ ﷲ ތަޢާލާ ދެއްކެވި މުޢްޖިޒާތްތައް އެނގި ފިލާވަޅު ލިބިގަންނަންޖެހެއެވެ. ނަމަވެސް މިއަދު އެންމެ ބޮޑު މައްސަލައަކަސް ވެގެން މިއުޅޭ އެއްކަމަކީ އަވަދިނެތި އުޅެންހަދައިގެން މި ބަޔާންކުރި ކަންކަން އުނގެނި ދަސްކުރަން ވަޤުތު ނުދެވޭ ކަމެވެ.  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ވޯލްޑްކަޕް ފުޓްބޯޅަމުބާރާތުގެ ޚަބަރުތަކަށް އެންމެންގެ ސަމާލުކަން ހުއްޓާލެވިފައިވާ މިފަދަ ވަޤުތެއްގައި އަހުރެން ހަނދާން އައުކޮށްލަން ބޭނުންވަނީ މީގެ 2 އަހަރުކުރިން އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު  އަށް ތަޢްރީފްކުރި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަކުޅުންތެރިޔާގެމަތިންނެވެ.  

އެކުޅުންތެރިއަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ސްޓްރައިކަރ ޖޭވިއަރ ހަރނަންޑެޒް ބަލްކަޒަރ (މަޝްހޫރު ނަމުން ނަމަ ޗިޗަރިޓޯ) އެވެ.  އިނގިރޭސި ޕްރީމިއަރ ލީގުގައި ކުޅުނު ފުރަތަމަމެކްސިކޯގެ ކުޅުންތެރިޔާ އެވެ. ޗިޗަރިޓޯއަކީ 2010 ވަނަ ފިފާ ވޯލްޑްކަޕް މުބާރާތާއި އެނޫންވެސް ދުނިޔޭގެ ބައެއް ބޮޑެތި މުބާރާތްތަކުގައި ކުޅެފައިވާ މަޝްހޫރު ކުޅުންތެރިއެކެވެ.

 

ޗިޗަރިޓޯ ބުނެފައިވަނީ "އަހަރެންނަކީމުސްލިމެއް ނޫނެވެ! ނަމަވެސް އަހަރެން ޤަބޫލުކުރާ ގޮތުގައި އެންމެ "ބެސްޓް" އިންސާނަކީ ރަސޫލާ މުޙައްމަދު " ކަމަށެވެ.   

ރަސޫލް ﷺ އަށް އެހެން ދީންތަކުގެ ގިނަ ބައަކު އަންނަނީ އަބަދުވެސް ތަޢްރީފްކުރަމުންނެވެ. އެކަމުން އެނގިގެންދަނީ އިސްލާމްދީނާއި ރަސޫލް ﷺ ގެ ޝަޚްޞިއްޔަތުގެ މަތިވެރިކަމެވެ. ﷲ ތަޢާލާ ރަސޫލް ﷺ ލައްވަވާފައިވަނީ އެންމެމަތިވެރި އިންސާނާ ކަމުގައެވެ.  

އިސްލާމް ދީނަށް ތަބަޢަވުމުން އެކަމުގެ ފައިދާ ކުރާނީ އެމީހަކަށެވެ!  

" އަދި އީމާންވެ، ޞާލިޙް ޢަމަލުތައްކޮށް، އަދި މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވި ފޮތް އެއީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައި ޙައްޤު ބަސްފުޅުކަމަށް އީމާން ވި މީހުން (ދަންނާށެވެ!) އެކަލާނގެ އެއުރެންގެ ކުށްފާފަތައް އެއުރެންގެ ކިބައިން ފުއްސަވައި، އަދި އެކަލާނގެ، އެއުރެންގެ ޙާލް ތައް އިޞްލާޙް ކުރެއްވިއެވެ." (މުޙައްމަދު: 2) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން