ލޯބިވެރިޔާކަމަށްވީނަމަވެސް ބައިވެރިޔާކަމަށްވީނަމަވެސް ތިބާ ބާކީކޮށްލައި ނިކަމެތިކޮށްލައިފިނަމަ ބަދަލުހިފަން ކުރަން އޮތްކަމަކީ ޢޭނާގެ ވާހަކަ ދައްކަމުން ހިނގުމެއް ނޫނެވެ. އެކަންކުރާނަމަ އެނގެނީ އަދިވެސް ތިބާ އޭނާއަށް ސަމާލުކަންދޭ މިންވަރެވެ.
އެންމެ ރަނގަޅު އަދަބަކީ އަޅައިވެސް ނުލައި މަޑުންހުރުމެވެ. ބަދަލު ހިފަންކުރެވޭނެ އެންމެ ފައިދާހުރިކަމަކީ ނިމުނު ކަމަކަށް އަޅައިވެސް ނުލުމެވެ. އެއްވެސް ވަރަކަށް ސަމާލުކަން ނުދިނުމެވެ.
އޭނާ އެހެން މީހަކާއި ގުޅުމަކީ އަދި ތިބާއަށްވުރެ ދަތިޙާލެއްގައި އުޅެންޖެހުމަކީވެސް ތިބާ ބެހެންޖެހޭ ކަމެއް ނޫނެވެ. އެކަންކަން އޭނާއަށް ދޫކޮށްލާށެވެ! އޭނާ އާއިބެހޭ އެއްވެސް ވާހަކައެއް އެއްވެސް މީހެއްގެ ގާތުގައި ނުދައްކާށެވެ! އަދި ސޯޝަލް މީޑިއާގައި ހާމަނުކުރާށެވެ!
އަނިޔާދޭ މީހުންގެ މަތިން ހަނދާން ނައްތާލަން އެންމެ ފަސޭހަވާނެ ގޮތަކީ އޭނާގެ ކިބައިން ލިބުނު އަނިޔާތައްމަތިން ގިނަގިނައިން ހަނދާންކުރުމެވެ. ހަމައެއާއިއެކު ތިމާއަކީ އަގުހުރި ކާމިޔާބު މީހެއްކަމަށް ޔަޤީންކުރާށެވެ! އަނިޔާދިން މީހާއަށްވުރެ މާރަނގަޅު ބައިވެރިއަކު ލިބޭނެކަމާއި މާއުފާވެރި ދިރިއުޅުމެއް އުޅެވޭނެކަންވެސް ޔަޤީންކުރާށެވެ!
އެންމެ މިހިންމީ އަމިއްލަ ނަފްސަށް އިތުބާރުކުރާ މީހަކު ކަމުގައިވުމެވެ.
- ޑރ. ވާސިޔާ / ނަފްސާނީ ޢިލްމުވެރިއެއް